މާލެ: މާޗް 3، 2020- މުޅި ދުނިޔެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގައި ބައިވެރިވި ދެ ފުލުހަކު މާސްކް އަޅައިގެން ތައްޔާރީ ހާލަތުގައި..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
01 އެޕްރީލް 2020 - 20:12
ކޮވިޑް-19އާ ގުޅިގެން ފުލުހުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި ޓާސްކްފޯހުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ކުރިއަށް އޮތް ތަނުގައި ގެންނަން ޖެހޭ ބަދަލުތައް ގެނަސް އެކަން ތަންފީޒުކުރާނީ ވެސް މި ޓާސްކްފޯހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ޓާސްކްފޯސް އެކުލަވާލުމުގެ އިތުރަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންގެ އިދާރާ އަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގް ކުރުމުގެ އުސޫލު އެކުލަވާލައި މިއަދު ޕޮލިސް ކޮމިޝަަނަރު ފުލުހުންނަށް އާންމުކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތުގެ އުސޫ ވެސް މިދިޔަ މަހުގެ 19 ގައި ފުލުހުންނަށް އާންމުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން އަމަލުކުރާނެ ގޮތުގެ އުސޫލު ވެސް ވަނީ އާންމުކޮށްފަ އެވެ.
މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ކޮވިޑް 19އާ ގުޅިގެން ކޮށްފައިވާ އިއުލާންތަކާ ހިލާފުވެފައިވާ ބައެއް މީހުން މިހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ފެށިގެން ރޭގަނޑު އަށެއްގެ ނިޔަލަށް މިހާރު ވަނީ ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. މި ނޫން ގަޑިތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްކޮށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސީ
01 April 2020
ފްރަންޓްލައިނުގަ އުޅުއްވާ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ ބުރަ އަދި ނުރައްކާތެރި މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.
ފީސަބްނަމް
01 April 2020
އެބަ ރަނގަޅުވޭ!
އޯކޭޑޯކީ
01 April 2020
މީ ވަރަށް ރަނގަޅު ކަމެއް. ފްރަންޓް ލައިންގަ އުޅޭ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުން ވަރަށް މުހިންމު. އަދި އެ މުވައްޒަފުންނަށް ބޭނުންވާ އިކުއިޕްމަންޓާ ތަމްރީނުތައް ދީފަ ހުންނަންޖެހޭނީ.