ކޮވިޑް-19: މެމްބަރުން ވިސްނަވަނީ ރާއްޖެ އަނބުރައިލަން: ނަޝީދު

ކޮވިޑް-19އާ އެކު، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދޭނީ ރާއްޖޭގެ އިގްތިސާދީ މިސްރާބު ބަދަލުކޮށްލުމުގެ ލަފައެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ބްރީިފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަށާއި އެހެން ގައުމުތަކަށް ވެސް މިހާރު ކުރިމަތިވެފައި އޮތް ހާލަތުގައި ކުރެވޭނެ އެހެން ކިތަންމެ މަސަައްކަތެއްގެ ވިސްނުން، މަޖިލީހުގެ މެމްބަރުންގެ އެބަހުރި ކަމަށެވެ.

އެފަދަ ބައެއް މަސައްކަތްތައް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާތުން ތައާރަފްކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖް ތެެރެއިން މާލީ އެހީ ދޭންވީ އެފަދަ މަސައްކަތްތައް ކުރުމަށް ކަަމަށާއި ފައިސާ ދޭންވީ މަސައްކަތް ނުކޮށް ގޭގައި ތިބުމަށްް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރުން މަޝްވަރާ އެބަކުރައްވާ، އެބަ ވިސްނަވާ ދިވެހިރާއްޖެ އަނބުރައިލަން. އަޅުގަނޑު ދެކޭ ގޮތުގައި ރީޑައިރެކްޓް އަޅުގަނޑުމެނަށް ކުރެވެން ޖެހޭނެ. އެއީ މަޖިލިސް މެމްބަރުން ލަފައެއް އުފެއްދުމަށް މި [މަސައްކަތް ކުރަމުންދާ ކަމަކީ] ތައްްޔާރުކުރަމުން ގެންދާ ލަފަޔަކީ، ނަޝީދު ވިދާޅުވި އެވެ

ރާއްޖޭގައި މިވަގުތު ކުރެވިދާނެ ބައެއް މަސައްކަތްތަކުގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ މަހުން އުފައްދާ ތަފާތު ބާވަތްތަކާއި ދަނޑުވެރިކަމާއި ފަރުނީޗަރު އުފެއްދުމެވެ.

"އެހެން މަސަައްކަތެއް ކުރުމަށް، އަދި އެއީ ގަހެއް އިންދިޔަސް އަދި ދާންޏެއް އިންދިޔަސް، ދިޔަ ދޮތްވެއް ތެޅިޔަސް، ގޮނޑިއެއް ޖެއްސަސް. އަޅުގަނޑުމެން ދެކެނީ، މަޖިލީހުގެެ އިތްޒަތްތެރި މެމްބަރުން ދެކެނީ ފަރުނީޗަރު އިމްޕޯޓް ކުރުން ހުއްޓާލަންޖެހޭ ކަމަށް،" ނަޝީދު

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެހެން ގައުމުތަކުންނާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް ހުއްޓުމަކަށް އައިސް، ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ނަޝީދު ވިދާޅުވީ އެ ގޮތުން ވަޒީފާ ގެއްލޭ މީހުންނަށް ވެސް ފައިސާ ދޭންވީ އެހެން މަސަައްކަތެއް ކުރުމަށް ކަމަށެވެ.

"އެހެން މަސަައްކަތެއް ކުރުމަށް. އަދި އެއީ ގަހެއް އިންދިޔަސް އަދި ދާންޏެއް އިންދިޔަސް، ދިޔަ ދޮތްވެއް ތެޅިޔަސް، ގޮނޑިއެއް ޖެއްސަސް، އަޅުގަނޑުމެން ދެކެނ، މަޖިލީހުގެެ އިތްޒަތްތެރި މެމްބަރުން ދެކެނީ ފަރުނީޗަރު އިމްޕޯޓް ކުރުން ހުއްޓައިލަން ޖެހޭ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރިސޯޓްތަކުގައި މިހާރު ވެސް ދަނޑުވެރިކަން ކުރެ އެވެ. އެ ތަންތަނަކީ މަހުން އުފައްދާ ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރުން ކަހަލަ އެހެން މަސައްކަތެއް ކުރުމަށް ވެސް ވަރަށް ރަނގަޅު އިންތިޒާމްތަކެއް ހުރި ރަށްތައް ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ގޯސްވެއްޖެ ނަމަ، ރިސޯޓްތައް ބަންދުވެފައި އޮންނާނީ އަހަރެއްހާ ދުވަހަަށް ކަމަށް ބެލެވޭ އިރު އެއީ ރިސޯޓްރަށްތަކުގައި އެހެން މަސައްކަތެއް ކުރެވޭނެ މުއްދަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންގެ ވިސްނުމަކީ އެ ސެޓް، އެ ހަރުމުދާ އެހެން އުފެއްދުމަކަށް ނެރެވެން ޖެހޭނެއޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މަަނިކުފާނު ވިދާޅުވީ އެގޮތުން ކުރެވެން ހުރި މަސަައްކަތްތައް މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކޮށް ބަލާނެ ކަމަށައި ލުއި ލިބޭނީ އެހެން އުފެއްދުމަކަށް ފަށައިގަންނަން މަސަައްކަތް ކުރާ ބަޔަަކަަށް ކަމަށެވެ.