ކާފިއު ވަގުތުގައި ސައިކަލެއްގައި އުޅުނު ބަޔަކު ހުއްޓުވައި، ފުލުހުން ނަސޭހަތްތެރިވަނީ --ފޮޓޯ: ނިޝާން އަލީ މިހާރު
06 އެޕްރީލް 2020 - 11:34
"މި ގޭގައި ބައެއް މީހުން ތިބެނީ އަށެއް ނުޖަހައިގެން. ހަމަ ޖެހީ އެ ނުކުތީ! ހީވާ ކަހަލަ އަށެއްގެ ފަހުން އެ ވައިރަސް ނާރައޭ،" ގަލޮޅުގައި ދިރިއުޅޭ އަންހެނަކު، އޭނާގެ ގޭގެ އެހެން މީހުންގެ އަމަލްތައް ހުރި ގޮތް ކިޔައިދިނެވެ.
އެކަމަކު އެއީ އެގޭގެ އެކަނި ހާލެއް ނޫނެވެ. ވަރަށް ގިނަ ގޭގޭގެ މީހުންގެ އަމަލްތައް ފެންނަނީ އެކަހަލަ ގޮތަކަށެވެ. ކޮރޯނާވައިރަސް ފެތުރުނުނަ ނުދޭން މާލެ ސަރަހައްދުގައި، މި މަހު 2 އިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު ހިންގާއިރު އެތައް ބަޔަކު ތިބެނީ އަށެއް ނުޖަހައިގެންނެވެ. ކާފިއު ގަޑީގެ ކުރިންނާއި ކާފިއު ނިމުމާ އެކު އެތައް ބަޔަކު ބުރު ޖަހަން ނުކުމެ އެވެ.
"ހީވަނީ ހިނި ހޮރަކުން ހިނިތަކެއް ނުކުންނަހެން،" އާންމު ބައެއް މީހުންގެ އަމަލްތައް ހުރި ގޮތް ސިފަކުރަމުން މީހަކު ބުނެލި އެވެ.
Bae dhivehinnah heevaa kahala Corona virus hama bimah faibanee haveeru 5 reygandu 8 dheytherey kamah, ehen gadi gadeega virus eh noolheyneye,,Curfew gadi noon gadi gadeega male’ magumathi heevanee magumathee baazaaruhen, @sinattu @xahidcreator @pokandiman @ahmed_narysh #COVID pic.twitter.com/g4TGN6T8dK
— AhmedRLC (@RLc_Ahmed) April 3, 2020
ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް
އެކަން އެގޮތަށް ސިފަކުރެވޭހާ މިންވަރަށް މަގުތައް އެބަ ތޮއްޖެހެ އެވެ. އަށެއް ޖެހުމާ އެކު ސައިކަލްތަކުގައި އަދި ގްރޫޕް ވެސް ހަދައިގެން މަގުތަކަށް ނުކުމެ އެވެ. ފިހާރަތަކާއި ކާއެއްޗެހި ވިއްކާ ތަންތަން ކައިރިއަށް އެއްވެ އެވެ. ތިން މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން އުޅުން މަނާކުރިޔަސް، ބައެއް ހިސާބުތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ.
"ބައެއް ދިވެހިންނަށް ހީވާ ކަހަލަ ކޮރޯނާ ވައިރަސް ހަމަ ބިމަށް ފައިބަނީ ހަވީރު 5 އިން ރޭގަނޑު 8 އާ ދޭތެރެއޭ. އެހެން ގަޑިގަޑީގައި ވައިރަސް ނޫޅޭނެއޭ. ކާފިއު ގަޑި ނޫން ގަޑިގަޑީގައި މާލޭގެ މަގުމަތި ހީވަނީ މަގުމަތީ ބާޒާރުހެން،" ކާރޫބާރޫ ބޮޑު ވީޑިއޯއަކާ އެކު މީހަކު ކުރި ޓްވީޓެއްގައި ލިއުނެވެ.
Aslu 8 ga curfew nimuneemaves beyrah nikunnaakah nujehey ingey. 🙏❤️
— Zuroo 🎈 (@zuroo) April 2, 2020
ކާފިއުގެ ފަހުން ބޭރަށް ނުނިކުތުމަށް ގޮވާލާ މީހަކު ކުރި ޓްވީޓެއް--
ރޭގަނޑު 8 ގެ ފަހުން ޓޭކްއަވޭއަށް ކެއުން ތައްޔާރުކޮށްދޭ ބައެއް ތަންތަނުގައި ދިގު ކިޔޫތަކެއް އޮވެ އެވެ. އެތަންތަނުން އެއްޗެހި ގަނެގެން ގެއަށް ދަނީކީ ވެސް ނޫނެވެ. އެތަންތަނާ ކިއިރީގައި ތިބެގެން ކައިބޮއެ މަޖާ ކުރާ ގުރޫޕުތައް އުޅެ އެވެ. އަދި ފިނިބުރަށް ދުއްވާ މީހުން ވެސް މަދެއް ނޫނެވެ.
is this staying home? pic.twitter.com/5tDARqduIm
— alifa rachey (@AlifaRachey) April 5, 2020
މާލޭގެ މަގެއްގެ ހާލަތު
ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތައް ބައެއް މީހުން އަޑުނޭހުމަކީ މި ވަގުތު އޮތް ކަންބޮޑުވުމެކެވެ. އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދު ވިދާޅުވީ ކާފިއުގެ ވަގުތުގައި ގޭގައި ތިބެންވީ އެއީ މަޖުބޫރެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބައެއް މީހުންގެ އަމަލްތައް ސިފަކުރައްވަމުން ޑރ. މުރާދު ވިދާޅުވީ އެމީހުން ގޭގައި ތިބެނީ "މަޖުބޫރުވެގެންނޭ" ހީކުރެއްވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"އެއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ، މިއީ އަަޅުގަނޑުމެން އެންމެންގެ ވެސް ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅެއް،" ޑރ. މުރާދު ވިދާޅުވި އެވެ.
"ވީމާ އެކަންތައް އެގޮތުގައި ބަލައިގަނެ، ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން މިކިޔާ ދުރުމިން، އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ނުވަތަ އަމަލުތައް ބެހެއްޓުން. އެއީ ވަރަށް މުހިއްމު ކަމެއް."
Curfew ge vaguthu nimey irah nukumekegen dhuvvainuganey!
The most trusted news source in the Maldives
Mihaaru
ކާފިއު ވަގުތަށް ފަހު މަގުތަކުގައި މީހުން ގިނަވާތީ ކަންބޮޑުވުން ފާޅުކުރުން
އޭނާ ވިދާޅުވި ގޮތުގައި ކާފިއުގެ ވަގުތު ތިން ގަޑިއިރަށް އޮތުމަކީ ވެސް ނަސީބެކެވެ. ނަމަވެސް ކަންތައް ބަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް، އެއަށް ވުރެ ގިނަ އިރަށް ވެސް ކާފިއު ދެމިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
ކާފިއު ވަގުތު ބޭރުގައި އުޅުނު 150 މީހަކަށް އިއްޔެ ފުލުހުން ނަސޭހަތް ދިނެވެ.
ކާފިއު ވަގުތު ނުކުމެ އުޅޭ މީހުން 1،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
07 April 2020
ކިހިނެތް ކެތްކުރާނީ. ގިނަ ގޭގޭގައި އެންމެން ހަމަވެއްޖިއްޔާ ނޭވާވެސް ނުލެވޭނެ. ވައިވައްދަން ހުޅުވޭނެ އިތުރު ދޮރެއް އާނގައެއްވެސް ނުހުންނާނެ. ނޭވާހާސްވެ... އެގޮތް ވުމުގެކުރިން ސަލާމަތްވާން ނިކުމެވެނީ. ސިފައިންވާ އެއޮތީ ބާވަތްބާވަތުގެ މުދާ ގުދަންކުރުމުގެ މިނގަޑުތަކެއް ކަޑައަޅާފައި. ޕަބްލިކް ހެލްތަށްވިޔަސް ހައުސިން އަށްވިޔަސް ނޫނީ އިންފްރާސްޓްރަކްޗާ އަށް ވިޔަސް އާދަމުގެދަރީން (އިންސާނުން) "ގުދަންކުރުމުގެ" މިންގަޑެއް އަދިވެސް ހެދިފައެއްނެތް. ޕްލީސް!
މަސައްކަތުމީހާ
06 April 2020
ސަރުކާރުމުވައްޒަފުންނަށް ވަރަށް ފަސޭހައިން ތިހެން ބުނެވިދާނެ! ގޭގައި މަޑުކުރަން އަންގައިފައިއޮތީ! ބައެއްދުވަސްދުވަހު ގޭގައި ހުރެ މަސައްކަތް ކުރެވޭ! އެއްފަހަރުވެސް ވިސްނާނުލަންތޯ ފިހާރަތަކުގަ މަސައްކަތް ކުރާ މީހުން އުޅޭހާގޮތަކާއިމެދު؟ ގޭގައިގިނަމަސައްކަތެއްނުކުރެވޭ! ސަބަބަކީ ގިނަމީހުންނަކީ ސޭލްސް މަސައްކަތްކުރާމީހުން! މަސައްކަތް ކޮށްގެން ލާރިލިބުނީމަ ކުލި އަދި އަސާސީ ގިނަ ހިދުމަތްތަކަށް ލާރިދެއްކޭނީ! މައްސަލައިގެ ދެކޮޅަށްވިސްނާލަން ބުއްދިވެރި!
ާއަލިބެ
07 April 2020
ސޭލްސްމަނަކަށްވެސް ހުރެވޭނީ ސަލާމަތުން ތިބެގެންދޯ. މިއުޅެނީ ނުރައްކާތެރި ރޯގާއެއް ފެތުރެމުންދާތީ އެރޯގާއިން ރައްކާތެރިވެވޭތޯ. ކިޔާއެއްޗެއް ދައްކާވާހަކައެއް ނޭނގޭދޯ.
އޭނަ
07 April 2020
ބަލަ މަގުމަތީގައި އުޅެނީ ހައްތަހާވެސް ސޭލްސް ގާލުންނާއި ސޭލްސް ބޯއިންއާއި ކޮމިޝަން ބޭސިސްއަށް މަސައްކަތްކުރާ މީހުންތަ. ހަވީރު ގަޑީގައި ފިނިބުރު ޖަހަން ދަނީ އެކަމަށްތަ؟ ފިހާރަޔަށް ނުވަތަ ވަޒީފާތަށްތަ ފިނިބުރު ޖަހާ މީހުން ދަނީ. ގޭގަ އޮވެވޭ މީހުން ރަނގަޅުވާނީ ގޭގައި އޮތިއްޔާ.
ސްމާޓް
06 April 2020
އެންމެންނަކީ ސަރުކާރު މުވައްޒަފުންނެއްނޫން ވަޒީފާޔައްނިކުންނަންޖެހޭ އަމިއްލަމަސައްކތްކުރާމީހުން މަސައްކަތުނިކުންނަންޖެހޭ މިކަންކަންނުކޮޝެއް އުޅެވޭކަޝެއްނެތް ގޭގެކުލި،ކަރަންޓް ބިލް،ފެންބިލް،ފޯންބިލް،އިންތަރނެޓްބިލް، ކުނިބިލް، ކެއުމާއި ބުއިމުގެޚަރަދު މިކަންކަން ފުރިހަމަކުރަން ބޭރަތްނިކުންނަން މަޖުބޫރު ސަރުކާރަކުން އެންމެނައް މިޚަރަދުކޮއްނުދެވޭނެ އަދިއެންމެންނަކީ ކުޅިބަލަން މަގުމައްޗައްނިކުންނަބައެއްވެސްނޫން
ހެޔޮނުވާނެ
06 April 2020
ޢެމްއޭސީއެލް ގެ އެމްޑީ ކާރީ ބުނެބަލާ މުވައްޒަފުން އޮފީހަށް ނުނެރޭށޭ. ޚަމެއް ދިމާވާނީ ބުނެފައެއްނޫނޭ. ޢަދި ހުޅުލޭހޮޓާ ގަ މީހުން ބާތިއްބާއިރު.
ފިލިޕީންސްގެ ރައީސް
06 April 2020
ޕެޓްރޯލު ވިއްކުން ހުއްޓާލަ ބަލަ!! މާތިރިވަނެ ޕެޓްރޯލް ހުސްވާ އިރަށް! އޭރަކުން ބޫން ބޫން ލާފަ ދުއްވާނެ އެތިގަނޑެއް ނޯންނާނެ! ދިވެހިންގެ ދެފަޔަކީ އަރާ އުޅޭ ސަވާރީ! ހިނގާފަ އުޅޭނީ މަގުތަކުގަ ބަންގާޅީން! - ފިލިޕީންސްގެ ރައީސް.
ގުންޑޮޅި
06 April 2020
24 ގަޑިއިރު ކާފިއު ހިންގާލަބަލަ ދެތިން ދުވަހު. ޙުރި އުނދަގޫ އިހްސާސްވާނެ. އެނގޭ އެއްޗަކީ ބަލި ފެތުރިއްޖެއްޔާ ދެން އޮންނާނީ އެގޮތް، 24 ގަޑިއިރުގެ ކާފިއު މުއްދަތެއް ނެތި. ޢެ ނޫން ގޮތަކަށް ބަލި ފެތުރުން މައިތިރިއެއް ނުކުރެވޭނެ.
ޜިމްޝާ
06 April 2020
ގޭގަ ވެސް ދެ މަފިރިންނަށް ވެސް ޕުރައިވެސީ ނޯވޭ ގޭގައި މީހުން ގިނަކަ މުން.
ސާބަހޭ
07 April 2020
ބޭރުގަދޯ ޕްރައިވަސީ އޮތީ މީހުން މަދުކަމުން؟
ވަޒީރެއާލާ
06 April 2020
" ބައެއްދިވެހިންނަށް ހީވާކަހަލަ ކޮރޯނާ ވައިރަސް ހަމަބިމަށް ފައިބަނީ ހަވީރު5ން ރޭގަނޑު8އާ ދޭތެރެއޭ" ސާއިލްގެ މިލިޔުންކޮޅާ މެދު ބުނަންއޮތީ ދިވެހިންނަށް މިގޮތަށް ހީވެގެން އަމިއްލައަށް ގޭބަންދުގައި ތިބެނީއެއްނޫނޭ. މިގަޑިއަކީ ސާއިލް ތިބުނާ ކޮރޯނާ ވައިރަސް ހަމަބިމަށްފައިބާ ގަޑި ކަމަށް އެޗްޕީއޭ އަށް ކަށަވަރު ވާތީ އެތަނުން އަންގައިގެން އެގަޑީގައި ގެއިން ނުނިކުމެ ތިބެނީއޭ. ކޮންމެ ގަޑިއެއްގައި ބަންދު ކުރިއަސް ބަންދު ކެނޑުނީމާ ގިނަމީހުން ގެއިން ނުކުންނާނެ.
ާއަލިބެ
07 April 2020
24 ގަޑިއިރަށް ހެދީމަ އަލާކެނޑިފަ ހުންނާނީ. ބަލަ އަހަރެމެންނަށްވުރެ މާބޮޑަތިޤައުމުތަކުގަވެސް މި ރޯގާ މައިތިރިކުރުމަށް އެކުރާ މަސައްކަތާ އުޅެމުންދާގޮތް ދެކެ އަޑުއަހާބަލަ. މީހުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ތާއަބަދު ކިޔައިދެމުންދާއިރު ގަމާރުން ދައްކާކަހަލަ ވާހަކަނުދައްކާހުރިއްޔާ ކީއްވާނީ.
ހަބޭސް222
06 April 2020
މަގުމަތީގައި އުޅެނީ ކާކު؟ ކީއްކުރަން؟ ކޮންތާކަށް؟ މި 3 ކާފު ހަމަވާގޮތަށް އުޅުމުގެ ހުއްދަ ދޭންވީ! އެ ނޫންބަޔަކު މަގުމަތީ އުޅެންޏާ ގެއަށް ވައްދަންވީ!
އަހުމަދުބޭ
06 April 2020
މީގަ އެންމެ ރަގަނޅު ގޮތަކީ ކާފިއުވަގުތު އިތުރުކުރުން މިސާލަކަށް ހަވީރު 4 ރަކުން ފަތިހު 5:30 އަށް ދެން ބޭރުގައި އުޅޭއެންމެން އަދަބެއްގެ ގޮތުން ފަތިހު 5:30 ބައިވަންދެން ތަނެއްގައި ބައިތިއްބުން އަދި ޖޫރިމަނާ ދައްކާ ނިމެންދެން ހައްޔަރުގައި ބޭތިއްބުން އޭރުން ތިޔަބޭނުން ވެގެން އުޅޭ ގޮތް ވާނީ އެހެންނޫނީ އަބަދުވެސް އޮންނާނީ ޒަރޫރީ ބޭނުން ޖެހިފައި، އޭރުން ހެދުނު ތެދުވެ ޒަރޫރީބޭނުންތަށް ނިންމާގެން ހަވީރު ހަތަރަކަށް ގެއަށް މިނޫން ގޮތަކަށް ތިޔަކަމެއް ނުވާނެ