ދެ ބިދޭސީންގެ މާރާމާރީގައި އެކަކު ޒަހަމްކޮށްލައިފި

މާލޭގައި ދެ ބިދޭސީ ފިރިހެނުން ހިންގި މާރާމާރީއެއްގައި އެކަކުގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.


ފުލުހުން ބުނީ ބޮޑުފުންގަނޑު މަގުގައި ހިންގި މާރާމާރީގައި ޒަހަމްވި 40 އަހަރުގެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މި މަރާމާރީ ހިންގި ސަބަބެއް އަދި ނޭނގެ އެވެ. ހަމަލާދިން މީހާ ހައްޔަރުކޮށް، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވެސް ބަޔަކު ޕޮޒިޓިވްވެވައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާއިރު މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނާ މެދު އަމަލުކުރާނެ ގޮަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އަންނަނީ ގޮތްތަކެއް ނިންމަމުންނެވެ. އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ފަށައިފަ އެވެ.