އެސްޓީއޯ ސުޕަމާޓުން ބަޔަކު ޚިދުމަތް ހޯދަނީ: ފިހާރަތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރަށް ވުރެން އިތުރުކުރަން ޑޮކްޓަރުން އަންނަނީ އިރުޝާދު ދެމުން. --ފޮޓޯ/މިހާރު
08 އެޕްރީލް 2020 - 11:59
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ފިހާރަތަކުގެ ސޭޓުން ޚިދުމަތް ދޭ އިރު އަންގި ލައްވަން އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް ފައިސަލް ރޭ އިލްތިމާސްކުރައްވައިފި އެވެ.
ދުނިޔޭގައި ފެތުރި، ރާއްޖޭގައި ވެސް ބަޔަކު ޕޮޒިޓިވްވެފައިވާ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތަފްސީލް ދޭން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އަފްޒަލް ވިދާޅުވީ ގައިޑްލައިންތައް ހަދާފައި ހުންނަނީ އެ ބަޔަކު ކުރާ މަސައްކަތްތަކުގެ ސަބަބުން ބަލީގެ ނުރައްކަލަކަށް ހުށަހެޅުން ކުޑަކުރެވޭނެ ގޮތަށް ކަމަށެވެ. އެ ގައިޑްލައިންތަކުގައި މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވިޔަފާރިތަކުން އިސްކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި އެންމެ ގިނަ ބަޔަކު އެއްތަންވާ ފިހާރަތަކުގައި މިހާރަށް ވުރެ ވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހެ އެވެ. ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުކަން ދިނުމާ އެކު ފިހާރަތަކުގެ ސޭޓުން ހިމެނޭ ގޮތަށް ހުރިހާ މުވައްޒަފުން ވެސް އަންގިލުމަކީ ރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ ކޭޝިއަރަށް ވަކިން އިނދެވޭނެ ގޮތަށް ޕާޓިޝަނެއް ޖެހުން ފަދަ ކަންތައް ވެސް ކުރެވިދާނެ ކަމަށެވެ.
"ރައްކާތެރި ކަމުގެ ފިޔަވަޅުތަށް އިތުރަށް ހަރުދަނާކޮށްގެން އަމަލު ނުކޮށްފި ނަމަ ނުރައްކާ އިތުރަށް ބޮޑުވެގެން ދާނެ،" އަފްޒަލް ވިދާޅުވި އެވެ.
ޑރ. އިބްރާހިމް އަފްޒަލް ރޭ ވެސް ވިދާޅުވި ގޮތުގައި ތިން ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމީ ރައްޔިތުންގެ ރައްކާތެރިކަމަށް ކޮންމެހެން އެ ފިޔަވަޅު އަޅަން މަޖުބޫރުވެގެންނެވެ. އެކަމަކު އެ ތިން ގަޑިއިރު ފެށުމުގެ ކުރިން ނުވަތަ އަދި ހަމަވުމާ އެކު އެންމެން އެކުގައި ނުކުމެ ފިހާރަތަކާއި ޚިދުމަތް ދޭ އެހެން ތަންތަނުގައި ތޮއްޖެހުމުން ހަގީގީ މަގްސަދު ހާސިލްނުވާނެ ކަމަށް ވިދާޅުވި އެވެ. ކާފިއުގެ ވަގުތު އެނގޭ އިރު، އެ ވަގުތުކޮޅާ ކައިރިކޮށްފައި ތަންތަނަށް ޖަމާ ނުވެ، ދުވަސް ބަހާލައިގެން ކަންކަން ހަމަޖައްސަން އެދިވަޑައިގެންނެވި އެވެ.
ތަކުރާރުކޮށް އަފްޒަލް ނަސޭހަތް ދެއްވީ، ފަރުދީ ޒިންމާ އިސްކުރައްވައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ އާދަ އަށަގެންނެވުމަށެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރޫގު
16 April 2020
ރައްކާވެ ތިބިއްޔާ ދަތުރު.ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލަންޖެހޭ.ސަރުކާރުގެ ޚަރަދުގަ ނަމަވެސް.އެބަޔަކު ރާއްޖެ އެތެރެ ކުރިބަޔަކުވެސް ތިބޭނެ.އިންސާފުވެރި ތަހުގީގެއްކޮށް އެމީހުން ގެނައި ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ.ރާއްޖޭގައި ކޮރޯނާ ފެތުރިގެން ގޮއްސިއްޔާ ދިވެހި ސަރުކާރުން ބޮޑު ހޭދައެއް އެމީހުންނަށްޓަކައި ކުރަން ޖެހިދާނެ.އެމީހުންގެ މައިގަނޑު ކެއުމަކީ ހަނޑޫ.މިއަދުވެސް ކިޔުގަ ހުރެގެން ލިބުނީ 01 ކިލޯ ހަނޑޫ.
ކޮރަލް
08 April 2020
ގާނޫނާއި ގަވާއިދާ ހިލާފައް ފިހާރަ އަދި ލޯކަލް.މާރުކޭޓް ގަ އުޅޭ ބިދޭސީ ކޭޝިއަރުން ތައް ބޭރު ކޮށް ބަލާށެވެ. އެތައް ހާސް ދިވެހީންހެ ވަޒީ ފާ ގެއްލިއްޖެ އެވެ. ދިވެހީންތައް ނިކެމބަލާށެވެ. ބައެއް ބިދޭސީން ފިހާރަ ގަނެފަ އިންނަނީ ކޭޝިއަރަކަށެވެ.
ޞިއްޙީ މާހިރު
08 April 2020
އަންގި ލެއްވިއަސް، އެއް ކަސްޓަމަރ ނިމި އަނެއް ކަސްޓަމަރ އަށް ޚިދުމަތް ދޭން ފެށުމުގެ ކުރިން ސެނިޓައިޒް ކުރުން މުހިއްމު. އެހެން ނޫނީ އަންގީގަ ހޭކިފަ ހުންނަ ޖަރާސީމުން، އިންފެކްޝަން ފެތުރުމަށް މަގުފަހިވާނެ.. ކޭޝިއަރގެ އަތް ސަލާމަތް ވިއަސް، އަންގީގެ ޒަރީއާއިން އެހެން މީހުންނަށް ޖަރާސީމް ފެތުރުމުގެ ޗާންސް އޮންނާނެ. މީ ވިސްނާލަން ޖެހޭ ނުކުތާއެއް ކަމުގަ ދެކެން.
ސާފުތާހިރު
08 April 2020
ފިހާރަތަކެއް އެކަންޏެއްނޫން ލޯކަލް މާރުކޭޓްގެ ގޮޅިތަކުގައި ތިބޭ މީހުން ވެސް އަންގިލައްވާ މާސްކު އަޅަން އެބަޖެހޭ އަދި އެތަންތާންގެ ސާފުތާހިރުކަން އިތުރަށް ހަރުދަނާ ކޮށް ރަގަޅު ކުރަން ޖެހޭ ސިއްހީގޮތުން ބާލާއިރު މިތަންތަނުގެ ހާލަތު މިހާރު ވަރަށް ގޯސް މިގޮޅިތަކުގައި ތިބެނީ ގިނައިން ބޭރުމީހުން އެމީހުން ފާހާނާ ކޮށްލާނެ ތަނެއް ރަގަޅަށް އަތްދޮވެލާނެ ތަނެއް އެތަންތާކު އަދި ކީކުރަން ކަރިރި ހިސާބަކުވެސް ނުހުރޭ ހިތަށް އަރާ މިސިޓީކައުންސިލް މިއީ ކީކުރާތަނެތޯ
ތާހިރު
08 April 2020
މިދުވަސްކޮޅު ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާ ގެންގުޅުން ހުއްޓާލައި، ޑެލިވަރީ އަދި ޓޭކްއަވޭ ނޫންގޮތަކަށް ވިޔަފާރިނުކުރަންވީ. އިންޑިއާ، ބަނގްލަދޭޝްފަދަ ޤައުމުތަކުގައި ދިރިއުޅޭ ދިވަހެިން ރާއްޖެގެނެއުމުގެ ކުރިން މިކަންކަން ތަންފީސްކުރަންވީ. މާސްކްއަޅާށޭ އަންގިލައްވާށޭ ބުނުމަކުން ނުފުދޭ. އެތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުނާގެ ގޮތްތަށް ހޭލުންތެރިކުންޖެހޭ. އެހެންނޫންމަ އެކަމުންވާނި ފައިދާއެއްނެތް
ހަސަންބެ.
08 April 2020
ކޮންތާކުން ތަ ބަލަ އަންގި ހޯދަނީ. ގާނަގާ އަންގި އެކަނި ލިބެން ހުރޭ. މާސްކުގަނޑެ ހައިމިންވަރުވެސް ނުލިބިގެން މިއުޅެނީ.
ރަހަލާޅެ
08 April 2020
ބަލަ ދިވެހިން އަމިއްލަޔަށް އެއްޗެއް އުފައްދާބައެއްނަަމަތާ އަންގިގަނޑެކިސް ލިބެންނޭނީ! ހުޅުނބު ތަތްކުރޭ! އަންގި އުފައްދާ ތަންތަނުގަ އަންގި ހުންނާނެ! އެމީހުން ގެންގުޅެފަ ބާކީވީމަ ފަހަރެއްގަ ވިއްކަފާނެ! މައިތިރިވެގެން ތިބޭ! ކާއެއްޗެއްވެސް ލިބޭނީ އެމީހުން ކައިފަ ބާކީވިއްޔާ! ނޫނީ ތިބޭ! މިފަހަރު ރަހަލާނެ!
ސިމާ
08 April 2020
ކޮންމެ ޓްރާންކްޝަން އެއް ނިންމާފަ، އަންގި ޑިސް އިންފެކްޓް ކުރަންޔާ ވަރަށްވެސް ރަގަޅު، އެހެންނުވަންޔާ އަންގިނުލައްވާ ސެނިޓައިޒާ ބޭނުން ކުރުން މާ ރނގަޅު ކަމަށް އިއްޔެ ސީއެން އެން ގަ އިން ޖާނަލް އެއްގަ އިން
ޒެން10
08 April 2020
ތި ކުރެއްވެނީ ވަރަށް މޮޅު ކަމެއް ދެއްތޯ؟ ފިހާރައިގަ އިންނަ ސޭޓުގެ އަތް ހިމާޔަތްކޮށްފައި އެހެން ހުރިހާ އާންމުން ނުރައްކަލުގެ ހާލަތަކަށް. އަންގި ލައްވައިން ހުރިހާ ލާރިއެއްގަ ހިފާފަ ހުރިހާ އެއްޗެއް އަންގި އަށް އަރުވާފަ ދެން އަންނަ ކަސްޓަމަރަށް ބާކީ ދިނީމަ ކަސްޓަމަރު ދާނެ އަންގީގަ ހުރި ހުރިހާ ޖަރާސީމެއް ހިފައިން ގެޔަށް. ދެން ވާނެ ގޮތް ބުނަން ޖެހޭނެ ހެނެއް ހިޔެއް ނުވޭ.
އަހުމަދުބޭ
08 April 2020
ދެން އަންނަ ކަސްޓަމުންވެސް އަންގި ލައްވަންވީނޫންތޯ ކާކުތޯ ބުނީ އަންގިނުލައްވާށޭ، ސޭޓުންނަކީ އަންނަ އެންމެންނާ ފޭސް ކުރަންޖެހޭ ބަޔަކަށްވާތީ އެހެން އެދަންނަވަނީ، އެންމެ ރަގަނޅުގޮތަކީ މިދުވަސްކޮޅު ލާރިޓުރާންސްފަރ ކުރުން ނޫނީ ކާރޑުން ޕޭކުރުން ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ ރަގަނޅުގޮތް ޚިޔާރު ކުރުން އެއީ ފަރުދީ ޒިންމާ އެޗް ޕީ އިން އެދަނީ އެބޭފުޅުންނަށް ވަގުތާ ހާލަތަށް ބަލައި ގޮތް ބުނެދީ ހަދަންވާގޮތް އަންގަމުން
ސިމް
08 April 2020
ޢަހްމަދު ބެ އަށް މާ އެގެނީ, ވައިރަސް އެއީ ސްކިން ތުރޫކޮށް ބްލަޑް ސްޓްރީމް އަށް ވަންނަ އެއްޗެއްތޯ, އަންގި ލައްވާއިގެން ހުރެ ކިތައް މީހުންގެ ތަކެތީގަ އަތްލާނެތޯ, އަތް ސާފް ނުކުރަންޔާ އެ ލެއްވިޔަސް ނުލެއްވިޔަސް ވާނެ ކަމެއް ނެތް, ޑރ ވެސް އެއް އަންގި ލައްވާއިގެން ދެ ޕޭޝަންޓް އިން ބަލާނެތޯ