މިދިޔަ ބުދަ ދުވަހުގެ ރޭ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
10 އެޕްރީލް 2020 - 23:33
މި ދުވަސްވަރު ރާއްޖޭގެ އެންމެން ދަންނަ އަދި އެންމެ ހިނގާ ނަމަކީ ކޮވިޑް-19 އާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިމަަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒްގެ ނަމެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އޭނާގެ ބެލުމުގެ ދަށުން ގަވާއިދުން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެއްވެސް ކަމެއް ފޮރުވުމެއް ނެތި، ހާމަކަން ބޮޑު ގޮތެއްގައި އޭނާ މައުލޫމާތު ހާމަކޮށް ދެއްވަމުން ގެންދާ ގެންދިއުމާއި ނޫސްވެރިންނާއި މީޑިއާތަކާ އެކު ބާއްވާ ގާތްކަމުގެ ސަބަބުންނެވެ.
މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރުހެން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، އެންމެ ފަހުގެ މައުލޫމާތުތައް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް ހާމަ ކުރަމުން ގެންދެވިޔަސް، ގައުމުގެ އެންމެންގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އެ ބޮޑު ޒިންމާއާ ކުޑަ ދުވަސްކޮޅަކަށް ދުރުވެލަން އޭނާއަށް މިހާރު ވަނީ ޖެހިފަ އެވެ. ސިއްހީ ސަބަބަށްޓަކަ އެވެ. އެހެންވެ، ރެ އާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ އޭނާ ނެތި އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސްގެ ހާލަތާ ގުޅޭ މައުލޫމާތު ދެއްވުމަށް މަބްރޫކް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.
މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވަނީ ސިއްހީ ސަބަބަކާ ހެދި ދުވަސްކޮޅަކަށް ގޭގައި އަރާމު ކުރަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް އަނެއްކާ ވެސް ނޫސްވެރިންގެ ބައްދަލުވުންތަކާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"މާ ސީރިއަސް ކަމެއް ނެތް. މާދަމާ ނޫނީ އޭގެ އަނެއް ދުވަހު ޕްރެސްގައި ބައިވެރިވޭނެ." މަބްރޫކް "މިހާރު" އަށް ވިދާޅުވި އެވެ.
Hello 👋
— Mabrook Azeez (@mabrouq) April 10, 2020
I’ve been feeling a bit under the weather. My doctor recommends that I rest my voice until recovery.
I will soon be ready to speak with you all again.
Love to everyone, from an appropriate distance (3ft minimum)#StayHome #WashYourHands
މަބްރޫކްގެ ޓްވީޓް
މަބްރޫކްގެ ޓްވީޓާ އެކު، އޭނާއަށް އަވަސް ޝިފާއަކަށް އެދި ގިނަ އަދަދެއް މީހުންގެ ޓްވީޓް ކުރިއިރު، މަބްރޫކް މިރޭގެ ޕްރެސް ކޮންފަރެންސްގައި ނެތުމުގެ ފަޅުކަން އިހްސާސް ކުރެވޭ ކަން ވެސް ބައެއް ޓްވީޓާގައި ފާހަގަކުރި އެވެ. މަބްރޫކް ނެތީސް، ޕްރެސް ކޮންފަރެންސް ފުރިހަމަ ނުވާނެ ކަމަށް ވެސް ބަައެއް މީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިސަރާ
12 April 2020
މިނިސްޓަރު އަމީންއާ މަބްރޫކާ އަޅާ ކިޔަންވީ އެއްވެސް ސަބަބެއް ނުފެނޭ. އަމީންއަކީ މި ރާއްޖޭ ހެލްތު މިނިސްޓަރު. މަބްރޫކަކީ ތަރުޖަމާނު. މިނިސްޓަރު އަމީންގެ މަސައްކަތް ފުރިހަމަވީމަ މަބްރޫކަށް ތި ވާހަކަތައް ގެނެސްދޭނެ ފުރުސަތު ތި ލިބެނީ. އެހެންނޫންނަމަ މަބްރޫކުވެސް މި ދަނޑިވަޅުގައި ދައްކާނެ ވާހަކައެއް ނޯންނާނެ. ފިތުނަ ނަހަދާ މަޑުންތިބެންވީ މިހެންވީމަ
މަރޭ
12 April 2020
ބަލަ މަބުރޫކު ނެތަށް އެގޮތަށް ހަމަ މައުލޫމަތު ދޭނެ ފަރަތެއް ހުރުން މުހިންމު.މުހިޖްމީ ވަކިމީހެއްނުން. އަހަރެން ހައިރާން ވަނީ ދެވަނަ މީހަކު ނެތީމަ.
ޢޯޑިއޮންސް
12 April 2020
شفاكﷲ މަބުރޫކްﷲ ތިބާއަށް ދުޅަހެޔޮ ސިއްޙަތެއް ދެއްވަވާށެއެވެ.ވަރަށް ލޯބިވޭ، ޕްރެސް ކޮންޑަކްކުރާގޮތް ވ ސަޅި، ޤައުމަށް ބޭނުމީ ތިކަހަލަ ދަރީން.
ހަޑިގިއްލާ
12 April 2020
މަބުރޫކުނެތި ޕްރެސްއެއް ބެލުން، މެސީ ނުލާ ބާސާ މެޗެއް ބެލުން
އިސްމަތުމަޖީދު.
12 April 2020
އަލީ ވަހީދުއާއި އަމީނުމެން ދައްކާ ވާހަކަ ރައްޔިތުން ގަބޫލު ނުކުރާކަން އިބޫގެ ސަރުކާރަށް ވިސްނުނުކަމީ އެމްޑީޕީ މީހެއްގެ ހައިސިއްޔަތުން އަހަރެންނަށް ލިބުނު އެންމެ ބޮޑު އުފާ!
އިބިރިހިންބެއްޔާ
12 April 2020
ބަލަ އަލީވަހީދު ގަނެ، ޕާޓީއަށް ވައްދާ، ޕާޓީގެ ރައީސުކަމަށް ހޮވީ ތިބޭފުޅުންނެއް ނޫންބާ؟
ބުރުޖު
12 April 2020
އަލީ ވަހީދުއަކީ އަމީނަކަށް ހަދަން އުޅޭނެކަމެއް ނެތް. އަމީނަކީ އެޔަށްވުރެ އަހްލާގީގޮތުން މާ މާތް މީހެއް.
އިމްރާން އަލީ 2020
12 April 2020
މަބުރޫކަކީ ތެދުވެރިއެއް. އަލީ ވަހީދުމެން އަމީނުމެން ކަހަލަ ކޮޅުބަދަލުކުރާ ސިޔާސީ މަންފާ ހޯދާ މީހެއް ނޫން. އިބޫގެ ސަރުކާރަށް ލިބފައިވާ އެސެޓެއް. ކޮވިޑްކަންތައް ފުރަތަމަ ހަވާލުކުރީ އަލީވަހީދުއާއި. ދެން ފެއިލްވީމަ ހަވާލުކުރީ އަމީންއާއި. އަމީން ފެއިލްވީމަ، ދެން ހަވާލުކުރީ މަބްރޫކުއާއި އަދި އޭނާ ދަނީ ސާބިތުކަމާއެކު ޑެލިވަރކުރަމުން!
ފިތުނަގޯނި
12 April 2020
ކަލޭ ހީކުރަނީ ޓީވީއަށް އަރާ މޮޅު އަނގައެއް ތަޅުވާލީމަ އެމީހަކީ ހިންގުންތެރިއެއްކަމަށްތަ؟ އެއްގޮތަކަށްވެސް އެހެންނޫން. އަލީ ވަހީދަކީ އަނގަޔަކަސް އަމީންއަކީ ހިންގުންތެރި މީހެއްކަން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މި ދަނީ ގޮވަމުން އެ އަޑު ގަދަވަމުން. ކަލޭ ދެން ހަޖަމުކޮށްލާ
ޝަވީދު99
12 April 2020
އަހަރެންނަކީ ޕީޕީއެމް މީހެއް. އަހަރެންވެސް އަދި މިހާތަނަށް މަބްރޫކުދޭގޮތަށް ޕްރެސް ކޮންފަރެންސްދޭ މީހަކު ނުދެކެން. ވަރަށް ފުރިހަމަވެފައި ތެދުވެރި. މިސަރުކާރުން ދެން ޓީވީއަށް އަރާ މިނިސްޓަރުންނާ އަޅާކިޔާއިރު އުޑާއި ބިމާހާ ތަފާތު. މަރުހަބާ މަބްރޫކް އަދި އަވަސް ޝިފާއަކަށް އެދެން!
ވިސްނަބަލާ
12 April 2020
ގެޔަކު ނީދޭ ބުރާސްފަތި ދުވަހު ސޯސަން މަގުން ދެކުނިން.
އައިޝް
11 April 2020
އެހާ ފުރިހަމަގޮތެއްގަ ނުގެނެސްދެވުނުނަމަ ރައްޔިތުން އުތުރި އަރާތަން ފެނުނީސް. މަބުރޫކް ގެ މައުލޫމާތު މަދުވެފަ ޖަވާބުދާރީ ނުވެވުނުނަމަ ދެން ވާނީ ކިހިނެއްބާ!
ބިލްދުން
11 April 2020
މަބްރޫކްގެ ހުށަހެޅުންތައް އެއްވެސް ވަރަކަށް ނުފެންނަ މީހެއްގެ ހައިސިއްޔަތުން މިތަނުގަ ހުރި ކޮމެންޓްތައް ކިޔާލީމަ ބޮޑަށް ސިފަވަނީ މަބްރޫކް އެރީމަ ގިނަ ބަޔަކު އެންޓަޓެއިންވާކަން. މުހިއްމު ވާހަކައެއްވެސް އަޑުއެހެން އަންނަނީ ވަކި ކަހަލަ ގަޔާވާ މީހަކު އަރާ ދެއްކީމަކަން. ދެން ލަފާކުރެވެނީ މަބްރޫކް ސިޔާސީ ދާއިރާއަށް ނިކުމެއްޖެނަމަ ވަރަށް ގިނަ ވޯޓް ހޯދާނެކަން.