ޖޭއެސްސީގެ މެމްބަރުންތަކެއް: އެ ކޮމިޝަންގެ ތަހުގީގުތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
17 އެޕްރީލް 2020 - 12:21
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގުތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު އޮފީސްތައް އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު އޮންލައިންކޮށް އާންމުންނަށް ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.
ޖޭއެސްސީން އިއްޔެ ނެެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ ތަހުގީގުތައް ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި އުސޫލެއް އެކުލަވާލައި، ތަހުގީގުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ތަހުގީގުތައް ފަށަން ޖޭއެސްސީން ނިންމިއިރު، އިއްޔެ އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބް މުސާރަ ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑްކޮށް އަދި އޭނާގެ މައްސަލައެއް ބަލައި ދިނުމަށް އެދި ފުލުހަށް ވެސް ފޮނުވައިފަ އެވެ. އެގޮތަށް ނިންމީ އޭނާގެ މާލީ ބަޔާނުގައި ހަގީގަތާ ޚިލާފް މައުލޫމާތެއް ހިމެނިކަން ސާބިތުވުމުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ވޭތުވެދިޔަ ދެ ދުވަހު މާލެއިން ހަ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
17 April 2020
ސާބަސް މަހީކުރީ މަސްތޫރު މެން ތިބީމަ ވަރަ އިންސާފް ވެރި ވާނެ ކަމަ، އެކަމަކު މި ފެންނަނީ އަހި ވައްކަކާ ޖެހި އަހި ވައްކެ ފާވާ ތަން
ތެދުވެރިޔާ
17 April 2020
އިހުލާސްތެރި އެކަކުވެސް ނެއް.
ހައްގުބަސް
17 April 2020
ޤައުމަށް ގައްދާރުވީ މީހުންގެ ލިސްޓައް ފެތޭނެ މި ގުރޫޕް
މިޝްކާ
17 April 2020
މިދަޑިވަޅުގައިވެސް މިމީހުން މިއުޅެނީ އެއްވެސް ސީރިއަސް ކަމެއް ނެތި. ތިޔަ ޖޭއެސްސީ އަކީ އުވާލަން ޖެހޭ ތަނެއް
މަންޑޭލާ
17 April 2020
އަންނިގެ ޤާނޫނީ ވަކީލުން ތިފެންނަނީ.
ޝޮކްތެރަޕީ
17 April 2020
ރައިސް ޔަމިން ޖަލައްލާފަ އަދީބުއަ ޒިޔަތު ގޭގަ ގިޓާކުޅެން. ދެންތިބި މީހުން ހިމާޔައްކޮއްފަ.
ބޭކާރު
17 April 2020
ކޮވިޑޭ ކިޔައިގެން ދުލަށް އައިހައި އެއްޗެއް ކީމާ، އެކަމާ ރައްޔިތުން ނުގަބޫލުވެއްޖެކަން އެނގިގެން މީޑިއާ ސްޓަންޓެއް ޖައްސާނެ އެހެންގޮތެއް މިއޮތީ ރާވާފައި.
ދިވެހިމީހާގެ ދަރި
17 April 2020
މި ހިތާވެރި ހިތްދަތި ވަގުތުގައިވެސް މި މީހުން މިބަލަނީ ތާކުންތާކު ނުޖެހޭ ކަންކަމާއިގެން އުޅެވޭތޯ. އަމިއްލަ އެދުމާހެދި މަރުދަންޖެހުނަސް މީ ބޮޑުވަރު.
ގުޑުގުޑާ
17 April 2020
ތީމުޅިގައުމުގެހަލާކު ތިމީހުއްގެ ސުލޫގީމައްސަލަބަލާ ރައްޔެތުއްގެ ކޯޓުއް ފިޔަވަޅުއަޅައްވީ ؟
އާސިޔާ މިންނާ
17 April 2020
ޖޭއެސްސީ މޮޅު ވާހަކަ ދައްކަނީ. ހައިކޯޓުގެ އިސްފަނޑިޔާރުގެ ހަތް މައްސަލަ ތިޔަތާ ޕާކުކޮށްފައި އޮންނަތާ ހަތް މަސްވީ. ޒަރިޔަންދު ބުނިހެން ވައްކަން ކުރަނީ އޭރުވެސް ކުރި މީހުން މިހާރުވެސް. ކުރުވަނީވެސް އެއްބަޔަކު ލައްވާ. މިއީ ލައްކަ ވާހަކަ