އައްޑޫގެ ރަށްތަކެއް.
10 މެއި 2020 - 16:25
އައްޑޫން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވި މީހާ ނެގެޓްވުމާ ގުޅިގެން އައްޑޫގައި އިއުލާންކުރި 14 ދުވަހުގެ ލޮކްޑައުން 24 ގަޑިއެއްހާ އިރު ފަހުން އުވާލައިފި އެވެ.
އައްޑޫން މީހަކު ޕޮޒިޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އެ މީހާ ހިތުގެ މައްސަލައެއްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ހުކުރު ދުވަހުގެ ރޭ ދަންވަރު މާލެ ގެންގޮސް އައިޖީއެމްއެޗްގައި ޓެސްޓްކުރި އިރު ނަތީޖާ ޕޮޒިޓިވް ކަމަށް ދެއްކުމާ ގުޅިގެން އިއްޔެ ހެނދުނު އެވެ. ނަމަވެސް އޭނާ ނެގެޓިވްކަން އިއުލާންކުރީ ރޭ ދަންވަރު އެވެ.
އެ ކޭހާ ގުޅިގެން އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް 14 ދުވަހުގެ ލޮކްޑައުންއެއް އިއުލާންކުރީ އިއްޔެ މެންދުރު ފަހު އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އައްޑޫގެ ލޮކްޑައުން އުވައިލީ ކަރަންޓީނުގެ މުއްދަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ. އަދި ކަރަންޓީނާ އެކު އަޅާފައިވާ ފިޔަވަޅުތައް ވެސް މިއަދުން ފެށިގެން އުވައިލީ ކަމަށް ބުންޏެވެ.
ކޮރޯނާވައިރަހާ ދިމާކޮށް އައްޑޫގައި ކުރިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް އަވަށުން އަނެއް އަވަހަށް ހުއްދަ ހޯދުމަކާ ނުލައި ދަތުރުކުރުމާއި ފިނިބުރު ޖެހުމާއި ފިހާރަތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށް، ޑެލިވަރީގެ ހިދުމަތް ދިނުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ޕާކްތަކާއި އާންމު އެހެނިހެން މައިޒާންތައް ބަންދުކުރުން ހިމެނެ އެވެ.
ލޮކްޑައުން އުވައިލި ނަމަވެސް ފިޔަވަޅުތަކަށް ކުރިއެކޭ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓީ
10 May 2020
ކުޅިދުއްފުށި ލޮކްޑައުން ކޮށްފައި އޮތީ އަދިވެސް ..... ބޭނުމެއްނެތް މީހުންނަށް ތުރާ ޖައްސާ ކައުންސިލެއް.
ކައްކާ
10 May 2020
ކަލޭމެނަކީ އަނގައިން ބުނާބައެއްނޫން، މާލޭ މީހުން ދައުލަތް ދަވައިގެން އެރަށުގަ ތަންތަން ހަދާއިރު އަތްޖަހަޖަހާފަ ރަށުގަހުރި އަކިރިކޮޅު ޑަބިޔަލަށްއަޅައިގެން ގެންގޮސްދީފަ ކުލިދައްކާފަދާބައެއް ކަލޭމެނަކީ އެވަރުން ނުވެގެން މާލޭމީހަކު ގޮނޑިއަށްލައިގެން މިހުރިހާދުވަހުތިބީ ކަލޭމެން ތިބޭ ބަސްއަހައިގެން. ރަށްރަށް ވީރާނާވީ ކަލޭމެންކަހަލަ މީހުނާހެދި.
ވަގަ ކަލޯ
10 May 2020
ކޮވިޑު ފެނިއްޖެނަމަ ވަގު ތުން ގުޅާތި
ބައިސްކަލްު
10 May 2020
ރާއްޖޭގެ ރަށްރަށް ބަންދުކޮށްފަ ހުންނަތާ އެތައް ދުވަހެއް، 500 މީހުން އުޅޭ ރަށްރަށްވެސް އެހެން، ރަށަށް މީހުން އަރާ ފޭބުން މަނާ. އެހެން ހުންނަ ރަށްރަށު ސްކޫލުތަކާއި ވިޔަފާރި ބަންދުކޮށްގެން މީހުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފަ ބޭއްވުމ މަކީ ބޭކާރުކަ މެއް، އެފަދަ ރަށްރަށުގެ ސްކޫލުތައް ހުޅުވާފަ އާން މު ހާލަތަކަށް ގެންނަންވީ، އެއަށްފަހު ދޭތެރެ ދޭތެރެއިން ރެންޑަ މްކޮށް ޓެސްޓުކުރަންވީ.
ކޯކުފުޅި
10 May 2020
އައްޑު މޭޔަރު ހުރީ ދޫދޭ ގޮތަކަށް ނޫން އަދިވެސް. ބޯހަރު ސޮރެކޭ ދޯ. އައްޑޫ ކުރިނާރާ ސަބަބު މިއަކަށް ވުރެ ސާފުކޮށް ނުފެންނާނެ ދެނެއް.
ދޮން ދީނި
10 May 2020
އައްޑޫ މޭޔަރު ހަމަ ރަނގަޅު. މިވަގުތު ކޯކުފުޅި ތިހެން ބުންޏަސް މީހަރު މަރުވާއިރަށް އޭގެ ޒިންމާ މޭޔަރު ބޮލުގައި އަޅުވަން ހާހުންވެސް މީހުން ތިބޭނެ. މިބަލީގެ ހަގީގަތް މުޅި ދުނިޔެއިން އެއޮތީ ފެންނަން. ރައްކާވެ ތިބިއްޔާ ދަތުރު.
ދަތްނެތްކުއްޖާ
10 May 2020
ޕޮސިޓިވް ނެގެޓިވް ޕޮސިޓިވް ނެގެޓިވް ޕިސިޓިވް ނެގެޓިވް މިއީ ކުލޭ މެޖިކް ޝޯއެއްތޯ! ނޫނީ ތިޔަ ގެންގުލޭ ޓެސްޓް ކިޓު ތަކަކީ ފޭކު އެއްޗެހިތޯ! ރައްޔިތުން ތިބީ ވާނުވާނޭގި ރޯނާ ވެފާ! ތި ވާގޮތެއް ވަރަށް ސާފުކޮއް އެނގޭ މީހަކު ބުނެލަދީބަލަ!
އެންގްރީބާރޑް
10 May 2020
ހީވަނީ ދަތް އެކަންޏެއްނުން ނެތީ. ބޮލުގަ އެއްޗެއް ނެތްކަންނޭގެ. ވައިރަސް ކައިރިން އަހާބަލަ ވާއެއްޗެއް.
ބޮޑުމީހާ
10 May 2020
އިއްޔެ ޕޮސިޓިވް، މިއަދު ނެގަޓިވް މާދަމާ ޕޮސިޓިވް ނުވާނެތޯ!
ޟާސް
10 May 2020
ﷲ ގެ ރަޙްމަތުގައި އަބަދުވެސް ދިވެހިން ލަހައްޓަވާނދޭވެ.
ނަޖުމުއްދީން
10 May 2020
ރާއްޖޭގެ އެއްބަޔަކު ލޮކްޑައުންކޮށްފާ އަނެއްބަޔަކު ލޮކްޑައުންކުރުމަކީ އިންސާފުތޯ؟ މިމައްސަލައިގާ މާލެއާ ރާއްޖޭގެތެރޭގެ ހަމަހަމަކަމުގެ ވާހަކަ ދައްކާނެމީހަކުނެތް. މީ ހިތާމަހުރިކަމެއް.
ލަތީފާ
10 May 2020
ތިބުނާ ކަހަލަ ހަމަ ހަމަވާނީ ހުރިހާ އެންމެންނަށް ވައިރަސް ޖެހުނީމަ. ކަލޭ ބޭނުންތަ ވެންޓިލޭޓަރަށް ވަންނަން؟
ދޮން ދީނި
10 May 2020
ކަލޯ ކީކޭ ތިކިޔަނީ؟ ލޮކްޑައުން ކުރަނީ ކުރަންޖެހުނީމައި މީ ކޮންމެހެން ހަމަހަމަ ކޮށް އޮންނަން ޖެހޭ ކަމެއް ނޫން.
އާދަމް ބާއީ
10 May 2020
ތީތި ކަޑައޭ.
ސަންފާދިޔެ
10 May 2020
ދެން ކޮން ސަކަރާތެއްބާ މިމީހުން ޖަހަން އުޅޭނީ. ސަރުކާރުން ވަރަށް އެބަ ކެތްކުރޭ.