އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް މިރޭގެ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އައްޑޫ ކޭސް ނެގެޓިވްކަން ކަށަވަރުކޮށްފައިވާނެ ކަމަށް.
10 މެއި 2020 - 23:59
އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓުން ދެއްކި މީހާ އެ ބައްޔަށް ނެގެޓިވްކަން ވަރަށް ރަނގަޅަށް ކަށަަވަރު ކޮށްފައި ވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ވިދާޅުވީ ބަލި ބައްޔަށް ޓެސްޓް ކުރުުމުގެ ތެރޭގަައި ސައްހަ ނޫން ނަތީޖާ ލިބުމަކީ މަދުން ނަމަވެސް ހިނގާ ކަމެއް ކަމަށާއި އެކަމަކު ދެވަނަ ޓެސްޓްގެ ނަތީޖާއަކީ ސައްހަ ނަތީޖާ ކަމަށެވެ. ސައްހަ ނޫން ނަތީޖާ ލިބުން ފަދަ ކަންތައްތައް ވިޔަ ނުދިނުމަށް ޓަކައި ކުރެވޭނެ ކަމަކީ އިތުރަށް ފަރުވާތެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި އިޝޫއަކަށް ވާނީ ދެވަނަ އަށް ކުރެވޭ ޓެސްޓުން ނެގެޓިވްކަން އަޅުގަނޑުމެންނަށް ކިހާ ވަރަކަަށް ކަށަަވަރުތޯ. އެހެންވީމާ އޭގައި އަޅުގަނޑުމެންނަށް ބުނެވޭނީ އަޅުގަނޑުމެންނަށް ވަރަށް ކަށަވަރޭ ދެވަނަ ސާމްޕަލް ނެގެޓިވްކަން. ފުރަތަމަ ސާމްޕަލްގައި ފޯލްސް ޕޮޒިޓިވްއެއް ދެއްކުން އެއީ ހަމަ މަދުން ނަމަވެސް ހިނގައިފާނެ ކަމެއް،" އަފްޒަލް ވިދާޅުވި އެވެ.
އައްޑޫއިން އިއްޔެ މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަމަށް ދެއްކުމުން އައްޑޫ 14 ދުވަހަަށް ލޮކްޑައުން ކުރަން ވެސް އެޗްޕީއޭ އިން ނިންމި އެވެ. އެކަމަކު އެ މީހާ ދެވަނަ ފަހަރަށް ޓެސްޓްކުރި އިރު އެ ބައްޔަށް ނެގެޓިވް ވުމުން ލޮޮކްޑައުން މިއަދު ވަނީ އުވާލައިފަ އެވެ.
ފޯލްސް ޕޮޒިޓިވްވި ދެ ކޭހެއް މީގެ ކުރިން ވެސް ފެނުނެވެ.
އެގޮތަށް ނަތީޖާ ލިބިދާނެ ސަބަބުތަކާ ބެހޭ ގޮތުން އަފްޒަލް ވިދާޅުވީ އެގޮތަށް ކަންތައް ވަނީ ސާމްޕަލް ނެގުމުގެ ތެރޭގައި ނުވަތަ ސާމްޕަލްތައް ގެންގުޅުމުގެ ތެރޭގައި ނުވަތަ ލެބޯޓްރީ ތެރޭން ކްރޮސް ކޮންޓެމިނޭޝަން ވުން ފަަދަ ސަބަބުތަކާ ހެދި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހުރިހާ ބާވަތެއްގެ ޓެސްޓެއް ހެދުމުގައި ވެސް މަދުން ނަމަވެސް ހިނގާ ކަމެއް ކަމަށެވެ.
"އެހެންވީމާ އެކަހަލަ ކިތަންމެ ކުޑަ ޗާންސަކަށް ވިޔަސް، އެފަދަ ގޮތަކުން ފޯލްސް ޕޮޒިޓިވް އައުމުގެ ފުރުސަތު ބޮޑުވާނީ. ދެން ހަމަ ކުރިން ވެސް ދެންނެވިހެން ފޯލްސްް ޕޮޒިޓިވް އައުމަކީ ލެބް ޓެސްޓިންގައި ހިނގައިފާނެ ކަމެއް،" އަފްޒަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންތަރި
11 May 2020
ކަލޭމެން ތިޔަ ކިޔާ ލަވަޔަކާ މިއުޒިކަކާ ދިމައެއްނުވޭ ނައްސި ފައްސި ނައްސި ފައްސި މީގެއިން ރަނގަޅުގޮތަކީ ކޮބައިކަމެއްނޭންގޭ ފައްސިއޭކިޔާފަ އެތައްބައެ ގެންގޮސް ބަންދުކޮށްގެން އުޅޭކަމަށް މިހާރު ހީވާން ފަށައިފި ތިޔަކުރާ ޓެސްޓުގެ އެއްވެސް އިތުބާރެއްނެތް ބަލިޖެހިފަވާ މީހުނާ ބަލި ނުޖެހޭ މީހުންނަކީ ކޮބައިކަންވެސްނޭނގޭ
ތަފާތުނުކުރޭ
11 May 2020
އައްޑޫ އިން އެޗްޕީއޭ ބުނާބަސް ނައަހާ ކޮބާ؟ މަދު ބައެއް ފިޔަވައި އެންމެންވެސް މިތާ މިތިބީ ބަސްއަހައިގެން އެޗްޕީއޭ އިން އަންގާގޮތަކަށް ކަންކަން ބައްޓަންކޮށްގެން. ގޭބަންދުކުރީމަވެސް ހަމަ ގޭބަންދުވެގެން ގިނަމީހުން ތިބީ.
ކޮމެންޓޭ1
11 May 2020
އޭނަގެ އެންޓި-ބޮޑީ ޓެސްޓެއް ހެދިތޯ އަހާލާނެ ނޫސްވެރިއަކު ވެސް ނުވިދޯ. ކިޔުނު އެއްޗެއްގަ އޮތް ބަލީގެ ވަކި ހިސާބަކުން ކަރު ތެރޭން ވައިރަސް ނުފެންނަ ވާހަކަ. އެންޓި-ބޮޑީ ޓެސްޓު ހެދީމަ ކުރިން ޖެހިފަ ހުރިކަންވެސް އެނގޭނެތާ.
ސުލައިމާން
11 May 2020
ހެވޭ. އަދިވެސް އަދިވެސް އަހަރުމެން މިތިބީ ގޭ ބަންދުކޮށްފަ. އެޗްޕީއޭ އަކަށް ނުކުރޭ އެއްޗެކޭ ކިޔާކަށް. ފިހާރައެއް ހުޅުވަނީކީ ނޫން. ހާލެއްގަ މިއުޅެނީ.
ފާޒިލް
11 May 2020
ސިއްހީ ހިދުމަތްތެރިން ފެނިފައި މީހާރު ދެރަވެސްވޭ. މަސައްކަތްކޮށް ހަނާވެފައި ތިބިތަން މި ފެންނަނީ. މި މީހުންނަށް ހުރިހާ މަސައްކަތެއް، އެމްޑީޕީ ބޮޑުންނަށް ކޮރަޕްޝަން.
ވައިރަސް
11 May 2020
އެޗްޕީއޭއިން ތި ކުރާ ބުރަ މަސައްކަތް ބަލައިގަންނަން. އައްޑޫ އަކަސް އެހެން ތަނަކަސް މި ވަގުތު އެޗްޕީއޭއަށް ވުރެ މަތިން ނޫޅެވޭނެ ކަން ދަންނަންވާނެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު. މި ހާލަތުގައި ބުނާ ކޮންމެ އަޑުއަހަން ވާނެ.
ީމުހިމު
11 May 2020
ބަރާބަރުވާހަކައެއް