ވިއްސާރަ ދުވަހަކު ކަނޑުތައް ގަދަވެ މާލެއަށް އުދާގެ އަސަރު ކުރަނީ: ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓެއް ވަނީ ނެރެފައި -- ފޮޓޯ/މިހާރު
15 މެއި 2020 - 17:27
މެދު ރާއްޖެ ތެރެއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް އޮރެންޖް އެލާޓް ނެރެފި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން އޮތީ ލަފާކޮށްފަ އެވެ. އެކަމަކު އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން، މިއަދު ހަވީރުން ފެށިގެން ރޭގަނޑު ހަތަކާ އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ALERT ORANGE in effect! Windy conditions are likely to maintain over the area. All parties are advised to take necessary precautions. pic.twitter.com/C5yCPYJvS5
— Maldives Meteorology (@MetMaldives) May 15, 2020
މެޓް އޮފީހުން ކުރި ޓްވީޓް
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުން މުހިންމެވެ.
ރޭ ފަތިރު ކުރިއަށް ވިއްސާރާގައި މާލޭގައި ވެސް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އައްޑޫގެ 150 އަށް ވުރެ ގިނަ ގެއަށް ފެން ވަދެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބަރު ވަދު
15 May 2020
ކޮމްނެޓުތައް ކިޔާފަ އެނގޭ ދިވެހިންގެ ވިސްނުމުގެ ފެންވަރު އަދި އަޚްލާގީ މިންގަނޑު. ހިއެއް ނުވޭ ރައްބީއަށް ރަސޫލަށް އީމާންވާހެނެއް. މިތަކެތި ލިޔާމީހުން އަމިއްލަ ދަރިންނަށް އުނގައްނައިދިނާިމަ އެކުދިން ތިބޭނެ ގޮތެއް ހިތަށް އަރާފަ ސަހަރޯ ވެރިވޭ. ހެއްދެވި ފަރާތާ ހަމައަށް ގޮސް ޖަވާބުދާރީ ވުން އޮތީ މާ ލަހުންކަމަށް ހީނުކުރާތި
ބުރަފަތިކަނބުލޮ
15 May 2020
5 ން 7 އަށް އޮރެންޖް އެލަރޓް ނެރެން އެނގެނީ 5 ޖަހަން 3 މިނިޓަށްވީމަ؟ ހާދަ ވަރުގަދަ ފޯކާސްޓެކޭ!
އެންވަރ މެންޓަލިސްޓް
15 May 2020
އުފެދިފަ ހުންނަގޮތުން ޖަޒީރާ ރަށްތައް ހުންނަނީ ގުދްރަތީ ގޮތުން އެއްކޮޅަށް އުސްކޮށް އަނެއްކޮޅު ތިރިކޮށް. ދެން ރީއްޗަކަށް ބޭނުމެއް ނެތްގޮތުގައި މުޅި ރަށް ލެވެލް ކުރަން ހަދައިގެން ގޮސް ރާއްޖޭގެ ހުރިހާ ރަށަކަށް މިހެން ވެފައި މިއޮތީ. ބޭރު ތަންތާ ބޮޑެތި ޕާކްތައް ޑިޒައިން ކުރާއިރު މިހާރު ރަށްތަކުގެ ސިފައިގައި އެހަދަނީ ވެސް އެހެންވެ.
ދެކެމޭ
15 May 2020
ތަމެންގެ ވެރިކަމުގައި ރާއްޖެއަަށް ހާދަ ބޮޑެތި މުސީބާތް ތައް ލައިގަނެއޭ މީ ބުއްދީގެ އަހުލުން ވިސްނަން ޖެހޭނެ ކަމެއް ކަމަށް މަމެން ދެކެމޭ އިނގޭތޭ...
އެޑްމުންޑޯ
15 May 2020
ކައްކާ މެންނަކީ ތީ އެއްވެސް އޮއްޓަރެއްހުރި ބައެއްނޫނޭ ، ހުސްހޮޅިވާހަކަދައްކާ ބައެއްތީ ، އަންނަ ކޮންމެ ސަރުކާރަކުންވެސް ތަފިރިންނަށް ހުވަފެން ދައްކަނީ ،
ަވަޖުދީ
15 May 2020
އައްޑު ގެތައް ހަދާފަހުރީ މަގުތަކަށްވުރެ ތިރީގައި. މަގުތަކަށް ވެލިއަޅާ އުސްކުރި ފަހުން ގޭގެ ތަޅުން އުސްކުރާކަށްނޫޅޭ. ތިކަން ހައްލުވާނީ ހުރިހާ ގެއެއްގެ ތަޅުން އުސްކޮށްގެން.
އައްޑޫފޭދޫ
17 May 2020
މިކަން އައްޑޫ މީހުނަށް ނޭނގެނީ، ގޭގެ އޮޅިގަނޑު އުސްނުކޮށް ނުވާނެ، އުސް ސިޑިއެއްލުން ވެސް މާ ރަނގަޅުދޯ ގެ ހަލާކުވުމަށްވުރެ
ދަތްނެތްކުއްޖާ
15 May 2020
މިއަށްވުރެވެސް ބޮޑަށް މޫސުމް ތަފްސީލުކޮއް ރައްޔިތުންނަށް ކިޔާ ދެވޭނެ ގޮތެއް ނެތްބާ! ގާތް ގަޑަކަށް ތިޔަ ބޭނުން ކުރަމުން ގެންދަނީ 1 ފޯރމެޓުކަން ފާހަގަކުރެވޭ. މިސާލަކަށް ދެކުނު އަތޮލު، ހުވަދު އަތޮލު، ސ އަތޮލު ގެ ބަދަލުގައި އައްޑޫ އަށް، މާލެއަށް، ކުޅުދުއްފުއްޓަށް، ފޯއްމުލަކަށް ކައްދޫއަށް މޫސުމް ލަފާ ކުރާގޮތް ކިޔާނުދެވޭނެބާ! މިވެސް ޙިޔާލެއް އިނގޭތޯ!
ަައާޝޯހު
15 May 2020
ދ. ޢަތޮޅަށް ހާދަ ވައި ބާރޭ.
ތަމެންދޯދޯ
15 May 2020
ތަމެންގެ ވެރިކަމުގައި ދޯ ތިޔާ ކަންވެސް ތިޔާ ލައިގަތީ..
ލ.އަތޮޅު
15 May 2020
އޮރެންޖް ދެވޭވަރެއްނޫން. ހީވަނީ މާދަމާ މޫސުން އަލިވެ އަދި ދޭތެރެ ދޭތެރެއިން ވިއްސާރކުރާނެހެން...