ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
16 މެއި 2020 - 04:36
އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،031 އަށް އަރައިފި އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ރަނގަޅުވެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ މިހާރު މި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 978 އެވެ.
އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލާޝް އަށް މީހުންނެވެ. ބައްޔަށް ޕޮޒިޓިވް ބަންގްލާދޭޝް މީހުންގެ އަދަދު 540 އަށް އަރާފައި ވާއިރު ދިވެހިންގެ އަދަދު ވަނީ 355 އަށް އަރައިފަ އެވެ. އިންޑިއާގެ 99 މީހަކާއި ސްރީ ލަންކާގެ ހަ މީހަކަށް ވެސް، މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ވަނީ އެ ބަލި ވަނީ ޖެހިފަ އެވެ.
މިއަދަކީ ރާއްޖޭން ކޮވިޑް-19 ފެނުނުތާ 70 ވަނަ ދުވަހެވެ. އަދި މާލޭގައި ބަލި ފެތުރެން ފެށުމާ އެކު މާލެ ސަރަހައްދު ބަންދުކުރިތާ މަސް ދުވަސްވީ ދުވަހެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު 1،000 އަށް އެރީ އިއްޔެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި އެ ބަލި ޖެހުނު މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނާވަނީ
16 May 2020
ހަގީގަތަކީ ރާއްޖޭގައި ކޮވިޑްގެ ފުރަތަމަ ވޭވް އެހާ ބޮޑުވެގެން ދިޔައީ އުޅުމެއް ސުލޫކެއް ނެތް ބަންގްލަދޭޝް މީހުން ގިނަވެ ވައިސޫރިއެއްހެން މުޅި މާލެ ތެރޭގައި އެނބުރެން ފެށުމުން. ދެން ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަން ހުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު. އެކަމަކު ކަންތައް ބޮއްސުންލައިގެން ދިޔައިރުވެސް އެ ބޭފުޅާ ހުރީ ޓުވީޓަކުން މިކަން ހަމަޖައްސާލަ ޖައްސާލާ. ކީއް ކުރާނީ. އެމްޑީޕީ މީހުންނަށް އެއްކަމެއް ނުކުރެވުނަސް ސޯޝަލް މީޑިޔާ އޮންނާނީ ދޮންކޮށްފައި.
ކަމީނޭ
16 May 2020
ޕޮޒިޓިވް ބަންގްލާދޭޝް މީހުންގެ އަދަދު 540 އަށް އަރާފައި ވާއިރު ދިވެހިންގެ އަދަދު ވަނީ 355 ގައި. މިއީ ހީވަނީ ބަންގްލަދޭޝް ޑާކާގެ ސްޓެޓިސްޓިކްސްހެން. މި ކޮވިޑް ކަންތައް ނިމޭއިރު ބަންގްލަދޭޝް މީހުންގެ ކަންތައް ފައްޔާޒަށް ހައްލު ނުކުރެވިއްޖެ ނަމަ ރާއްޖޭ އެންމެން ލައްވާ ޕެޓިޝަނެއްގައި ސޮއިކޮށް ރައީސަށް ހުށަހަޅާނަން މީނާ މަގާމުން ދުރުކަން. ކޮވިޑް ކަންތަކާ ކުރިމަތިލިއިރު މީނާއަށް މިކަން ހައްލު ކުރެވިފައި އޮތްނަމަ ރާއްޖޭގެ ސްޓެޓިސްޓިކްސް ހާދަ ތަފާތުވާނެއޭ.
މާފަރުއަހުމަދ
16 May 2020
އަޅުނގަޑުވެސް ތިކަމުގަ ބައިވެރިވާނަން،