މި ހާލަތުން އަރައިގަތުމަށް ކެތްތެރިކަން އިސްކުރަންޖެހޭ: އިމްރާން

އިމްރާން ވިދާޅުވީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނީ ހުރިހާ ރައްޔިތުން ކެތްތެރިކަށް އިސްކޮށް، އެއް ރޫހެއްގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށް. އިމްރާން މި ދަނޑިވަޅުގައި މި ގޮތަށް ވިދާޅުވިއިރު، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހުގެ އިއްޔެގެ ޖަލްސާފައި ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ދޮންބިލެތް ހަލީމް ވަނީ ގޮވާލައްވާފައި.

ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން ވެސް ކެތްތެރިކަން އިސްކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ އެދިވަޑައިގެންފި އެވެ.


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެން ވެސް ގޭގައި ތިބުމަށް އެދި އެޗްޕީއޭ އިން ކުރި ޓުވީޓަކަށް ތާއީދު ކުރައްވައި އިމްރާން ވިދާޅުވީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނީ ހުރިހާ ރައްޔިތުން ކެތްތެރިކަށް އިސްކޮށް، އެއް ރޫހެއްގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް 1،106 މީހަކަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާއިރު، އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯހުގެ ވެސް އިސް މެމްބަރު އިމްރާން އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރާ ދޭތެރޭގައި ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ، ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވުން އަމާޒު ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އެކުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޝީދު އެހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަހަމަޖެހިވަޑައިނުގެން މަޖިލީހުގެ ބައެއް މެމްބަރުން ނުރުހުންވެ، ފާޑުވިދާޅުވާތީ އެވެ.

އިއްޔެގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ގޮވާލައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ މެމްބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެންދާ މަންޒަރު އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން ނާޅާ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނިންމުމުގެ ބާރު މަޖިލީހަށް އެބައޮތް ކަން ފާހަގަ ކުރައްވައި، އެކަމަކު މިވަގުތު އެއީ މަޖިލީހުގެ އަމާޒު ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި މޭރުމުން ނަޝީދު ވާހަކަފުޅު ދެއްކެވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގެ ބަހުސްގައި އިއްޔެ ބައެއް މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވުމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ހިމެނެ އެވެ.

އިއްޔެގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ގޮވާލައްވައިފަ އެވެ.

"ޚާއްސަކޮށް މި ދަނޑިވަޅަކީ ހޯމް މިނިސްޓްރީ އަށް ވަރަށް ބޮޑު ބަދަލު ގެންނަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ ވީހާ ވެސް އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާ ވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް،" އެންމެ ކުރިއްސުރެ ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަލީމް ވިދާޅުވި އެވެ.

ހަލީމް މީގެ ކުރިން ވެސް ވަނީ ކޯލިޝަން ސަރުކާރު ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު މަޖިލީހުގައި ދެއްވައިފަ އެވެ. މިދިޔަ ފެބްރުއަރީ 17 ގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށެވެ.