21 މެއި 2020 - 20:23
ނ. މަނަދޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެން މީހާ މިރޭ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިރޭ އިރުއޮއްސުނު ވަގުތު މަރުވީ އުމުރުން 80 އަހަރުގެ ސަންފާ ގާސިމެވެ. އޭނާ މަރުވިއިރު، ކޮވިޑް-19 އިން ރަނގަޅު ވެފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު، "މިހާރު" އަށް ވިދާޅުވީ ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭން އަންގާފައިވަނިކޮށް އެ އަންހެން މީހާގެ އޮކްސިޖަން ލެވަލް މާބޮޑަށް ދަށްވެ ރޭ އައިޖީއެމްއެޗްގެ އައިީޔޫގައި ފަރުވާ ދޭން ފެށީ ކަމަށެވެ.އޭނާ އެޑްމިޓްކޮށްފައި އޮތީ ސިއްހީ އެހެން މައްސަލަތަކެއްގައި ކަމަށް ކައުންސިލުން ބުނެ އެވެ.
"އޭރުން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތީ. ދެން ރޭގައި މާބޮޑަށް ހާލު ގޯސްވީ. މިރޭ އިރުއޮއްސުނު ފަހުން ނިޔާވީ،" އުމަރު ވިދާޅުވި އެވެ.
އަންހެން މީހާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ފުރަތަމަ އެނގުނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
އެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޔަގީން ކުރުމަށް ހެދި ދެ ވަނަ ޓެސްޓުން ދެއްކީ އެ ބަލި ނެތް ކަމަށެވެ. ދެ ފަހަރު ދެ ނަތީޖާއެއް ލިބުމުން އަލުން ޔަގީން ކުރުމަށް ހެދި ޓެސްޓުން އަނެއްކާވެސް ދެއްކީ ޕޮޒިޓިވް ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު އަނެއްކާވެސް ހެލްތް މިނިސްޓްރީން ވަނީ އެ އަންހެން މީހާ އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.
Manadhoo ah covid-19 dhiyaee kihineh?
The most trusted news source in the Maldives
Mihaaru
މަނަދުއަށް ބަލި ދިޔައީ ކިހިނެއް؟
އޭނާއާ ކޮންޓެކްޓް ވެގެން ސާމްޕަލް ނެގި މީހުންގެ ތެރެއިން މަނަދޫން ނުވަ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާ ދިރިއުޅުނު ގެއިން ތިން މީހަކާއި މާލެ ދަތުރު ކުރި ލޯންޗްގެ ކެޕްޓަނާއި ކުރޫއެއްގެ އިތުރުން އެ އަންހެން މީހާ މަނަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮށްވައި ބައްދަލުވި މަސައްކަތު ދެ މީހުން ހިމެނެ އެވެ.
އެ އަންހެން މީހާ އަކީ ބަލިކަމުން ތަންތަނަށް ގޮސް އުޅެވޭ މީހެއް ނޫނެވެ. ފަޔާއި ގޮހޮރުގެ އިތުރުން ސިއްހީ އެހެން މައްސަލަތަކެއްވެސް އޭނާގެ ހުރެ އެވެ.
މަނަދޫ މީހުން ލަފާ ކުރާ ގޮތުގައި އެ އަންހެން މީހާއަށް ކޮވިޑް-19 ޖެހިފައިވަނީ މާލެ ލޮކްޑައުން ކުރުމުގެ އެއް ދުވަސް ކުރިން އެރަށަށް ދިޔަ އޭނާގެ މާމަ ދަރިއެއްގެ ފަރާތުންނެވެ. ފަހުން މަނަދޫން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ މާމަ ދަރިފުޅު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާރާ
22 May 2020
މީދިވެހިރާއްޖެޔޭ. ރަނގަޅު އެއްގޮތްވެސް ނޯންނާނެ. އެއްބަޔަކު ސަރުކާރަށް ޕުރެޝަރކުރަނީ ރާއްޖެ ފުރަބަންދުގައި އޮވެގެން އަނެއްބަޔަކު މިހާ އެބުނަނީ ފުރަބަންދުން ދޫކޮށްލަން އުޅޭތީ. ޑަބުލިޔު އެޗު އޯ އިން އިއްޔެވެސް އިންޒާރު އެދިނީ މިކަމާބެހޭގޮތުން ދުނިޔޭގެ ޙާލަތު.އިންޒާރެއްގެ ގޮތުގައި. ރާއްޖޭގާވެސް އަދިވެސް ފައްސިވާމީހުންގެ އަދަދު ދަށެއްނުވޭ. އެކަމަކު ސަރުކާރަށް ބާރުބޮޑުވާތީ އެއުޅެނީ ލުއިދޭން. ކުރާނެ ކަމެއް ނެތް.
ސްކިޕަރ
22 May 2020
އޮޅުވާލިޔަސް ބޮޑުވަރު އިނގޭ. ކޮވިޑަކީ އޭގެ ހަގީގަތް ސައިންވެރިންނަށްވެސް މުޅިން އަދި ނޭގޭ ބައްޔެއް. ބަލިޖެހޭތާ ދުވަސްކޮޅަކުން ލޭގަނޑުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ފަހުން ސްޓްރޯކްޖެހިފައިވެސް އެބަތިބި މީހުން. އެހެންވީމާ، އެއްވެސް ހެއްކެއްނެތި ކޮވިޑްޖެހިގެން މިދިޔަހަފްތާގައި އުޅުނު މީހާ މަރުވީ ކޮވިޑާ ގުޅިގެން ނޫންކަމަށް ބުނުމުން ލޮކްޑައުން އުވާލަން ކޮންމެ ކަމެއް ކުރަން ރެޑީއަށް ތިބިކަން އެބަ އެނގޭ
ދުންބޯ މާރަނގާ
22 May 2020
ކޮވިޑް ނެތް ރައްރައް ކުރީގެ ހާލަތައް ގެންނަންވީ އެކަމަކު މާލެ އަދިނުވޭ ހުޅުވާލާކައް ހަދާ ޓެސްޓު އެއްފަހަރު ނައްސިޔޯ އަނެއްފަހަރު ކައްސިޔޯ މަރުވާމީހުން އެބަލީގަ މަރުއެބަވޭ ދުވާލަކު ތިރީސް ސާޅީސް މީހުން އެބަޕޮޒިޓިވްވޭ ކީކޭމިކިޔަނީ
Rescue Mode
22 May 2020
އަހަރެމެން އަސްލު ކަޅު ދިރިއާއި މާމުއި ނުބޯތީ މިހާ ގޯސްކޮށް މިދަނީ. ހުރިހާ ބައްޔަކަށް ވާފަރުވާއަކީ މިބުނި ބޭސް.
ހުސެން
21 May 2020
ތިޔަހަދާޓެސްޓެއްގެ އެއްވެސް އިތުބާރެއްނެތެއްނުން! ބަލިންރަނގަޅުވިކަމެއްވެސް ނޭންގެ، ކިހިނެއްއެނގެނީ؟
ލާލަ
21 May 2020
މަރްހޫމާއަށް ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި.
ހަނާ ފ
21 May 2020
މި މަރު ކްލެސިފައިވަނީ ކޮވިޑްގެ މަރެއްގެ ގޮތެއްތަ؟
ޖަސަނު
21 May 2020
އެއްފަހަރު ފައްސި އަނެއްފަހަރު ނައްސި ވަންޏާ ޓެސްޓު ކުރުމުގެ ނިޒާމަށް ނުވަތަ ބޭނުންކުރާ އާލާތައް އެހާބޮޑަށް އިތުބާރު ކުރެވޭނެ ގޮތެއް ނެތް ނޫންތޯ. ވީމާ ބަލި ޖެހިއްޖެ ކަމަކަށް ތިޔަބުނާ އެތައް ބަޔަކަށް އަސްލު ބަލި ނުޖެހި ހުރުން އެކަށީގެން ވޭ ނޫންތޯ. އަދި ހަމަ އޭގެ އަނެއްކޮޅު ވެސް އެބަ އޮތް.
ޑަވިޔަނި
21 May 2020
ތިބޭފުޅާ ދާންވީނު ޓެސްޓް ހެދުމާ ހަވާލުވާން
ޖުލައި
22 May 2020
ޑަވިޔަނި ބުނަންތަ. މިގޮތަށް ރަގަޅުވާނެ ޓެސްޓު ނެހެދިޔަސް.
ޑޮކްޓަރ2
22 May 2020
ހާސްނުވޭ! ހުރިހާ ބަލިތަކުގެ ޓެސްޓް ރިސަލްޓް ތައް ބޮޑަށް އެގޭނީ ޑޮކްޓަރުންނަށް.#
ދުންމާރި 123
21 May 2020
އެމީހާ އަކީ ރަނގަޅު ވެފާ ހުރި މީހެއް. އެމީހާ ޕޮޒިޓިވްވެ މަރުވި މީހުންގެ ތެރޭ ހިމެނިދާނެކަމަކަށް ނުދެކެން.
ކަރީމްބައީ
21 May 2020
ޢެމެރިކާގެ އެންމެ މޮޅު ޑރ ފައުޗީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގަ ބުނި އަޑުއހިން ބަލި މީހުން ވަރަށް ރަނގަޅު ވާހެން ހީވެފަ ކުއްލިއަކަށް އޮކްސިޖަން ދަށްވެ ސީރިއަސް އެބަވެޔޭ. މިބަލީގެ މެދުތެރއިން ރަނގަޅުވާގޮތް ހީވާނެއޭ. ޢެކަމު އަސްލު ވަރަށް ދުވަހުންނޭ ރަނގަޅު ވާނީ
ނައްނަ
21 May 2020
ކޮވިޑްޖެހޭ މީހުންގެ ތެރެއިން ނުރަައްކާ އޮތީ 20% މީހުންނަށް. އެއީ މުސްކުޅިންނާއި އެކި ކަހަލަ މެޑިކަލް ކޮންޑިޝަން ނުވަތަ ބަލި ހުންނަ މީހުން. އެހެންވީމަ އެންމެންވެސް މިފަދަ މީހުންނަށް ރައްކާތެރިވެގެން އުޅުން މުހިންމު. މައްޔިތާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން. އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ އެންމެންނަށްވެސް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން.
ހަސަނޭއައްޔަ
21 May 2020
ތިއީ ރަގަޅުވާހަކައެެއް. އެކަމަކު 40 އަހަރުނުވާ އެތައް ޒުވާނުންވެސް އެބަތިބި މަރުވެގޮސްފައި މިކަމުގައި. ރަގަޅަށް ދުނިޔޭގެ ގައުމުތަކުން ނެރެމުންދާ ސްޓެޓިސްޓިކްސް ބަލާ. ބައެއް ޒުވާނުން މަރުވަނީ ކޮވިޑް-19 ގެ ސަބަބުން ޒުވާނުންނަށް ޖެހޭ ސްޓްރޯކެއްގެ ސަބަބުން