މާވަށު ދާއިރާގެ މެމްބަރު ސައީދުގެ ޓްވީޓު، ނަޝީދު ރީޓްވީޓް ކުރައްވާފައި.
22 މެއި 2020 - 00:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި ކުރެއްވި ޓްވީޓުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރީޓްވީޓް ކުރައްވައިފި އެވެ.
ޓްވިޓާގައި ދެ ލައްކައަށް ވުރެ ގިނަ ފޮލޯވަރުން ތިއްބެވި ނަޝީދު ރީޓްވީޓް ކުރެއްވި އެއް ޓްވީޓަކީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ޓްވީޓެވެ. މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓެއް ވެސް ނަޝީދު ރީޓްވީޓް ކުރައްވާފައި ވެ އެވެ.
ޔާމީނާއެކު ހުންނެވި ފޮޓޯއެއް ޓްވީޓު ކުރައްވައި ޝިޔާމް ލިޔުއްވާފައި ވަނީ ޅެން ބައިތެކެވެ. އޭގައި ވިދާޅުވެފައިވަނީ ދިވެހިންގެ ވެރިކަން ދިވެހިންނަށް ކުރެވޭނެކަން ދައްކުވައިދިން ވެރިއެއްގެ މަތިން ހަނދާންވާ ކަމަށެވެ.
ދިވެހިންގެ ދިވެހި ވެރިކަން
— Ahmed Shiyam (@Shiyamaldives) May 20, 2020
ދިވެހިންނަށް ކުރެވޭކަން
🎶🎶
މިވެށީގެ ދިރުން އޮތްކަން
އުންމީދު މިތާ އޮތްކަން
🎶🎶
ދިވެހިންނަށް ދައްކައިދިން
ވެރިއެއްގެ ހަނދާން މިވަނީ
🎶🎶#HappyBirthdayPresidentYameen pic.twitter.com/FZNNmh1Wb8
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ރައީސަށް އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށެވެ.
"ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަންއަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން،" ސައީދުގެ ޓްވީޓުގައި ވެ އެވެ.
ނަޝީދަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ބޭފުޅުންނާ ޚިލާފަށް ސީދާ ޔާމީނަށް އަމާޒު ކުރައްވައި، ކެމްޕެއިންތަކުގައި ފިޔަވައި މާ ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އެންމެ ފަހުން ބޯޑު ހިފައިގެން ކުރެއްވި އިހުތިޖާޖަށް ވެސް ނަޝީދު ޖާގަ ދެއްވި އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.
ޔާމީންގެ އުފަން ދުވަސް ފާހަގަކޮށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ އުފަން ދުވަހު ގައުމު އެދި ގޮވަނީ އެ މަނިކުފާނުގެ ހިދުމަތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
22 May 2020
އެމްއެމްއާރުޕީސީ ގެ ޚިޔާނާތުގައި ހިމެނޭ އެންމެން ވެސް ޖަލަށް ލާންވީ. އޭރުން އަދި އިތުރު 25 އަހަރު ރައީސް ޔާމީން ވެސް އޮންނަވާނީ ޖަލުގައި!
ރައްޔިތު ސޮރު
22 May 2020
ނަޝީދުގެ ތަރި އަރައިގެންއައީ ބަދަލުގެންނަ ޒުވާން ރިފޯމިސްޓެއްގެ ގޮތުގަ! ހިތްވަރުގަ، ވެއްޓުމުން ތެދުވެ ދުއްވައިގަންނަ ޖެހިލުންކުޑަ އިންސާފާ ހަމަހަމަކަން ޤަބޫލުކުރާ ލީޑަރެއްގެ ގޮތުގަ! ވައްކަމާ ފަސާދަ އަދި ކޮރަޕްޝަނާ ދެކޮޅު ހިއުމަންރައިޓުސް ޗެމްޕިއަނެއްގެ ގޮތުގަ! އެކަމަކު މަންޑޭލާ ބުނުއްވި ފަދައިން ވެރިކަމުގެ މަސްތުގަޖެހި މީހާގެ އުސޫލުތައް އަދި ލެގަސީ އަމިއްލައަށް ހަލާކު ކުރަމުން ތިގެންދަނީ!
ދޫބަންދު
22 May 2020
މިވެރިކަން ގެންނަން ވޯޓްދިން އެއްބަޔަކުވެސް އަންނިއަށް އެއްޗެހި ކިޔާނެކަމެއްނެތް. މިވެރިކަމާއެކު އޭނާއަށް ހުރިހާ މިނިވަންކަމެއް އެހުރީ ލިިބިދީފައި. އޭނާ ކުރާ ކޮންމެ ކަމެއްގެ ޒިންމާ އެޅެނީ މިވެރިކަމަށް ވޯޓްލީ މީހުންގެ ބޮލުގައި. އޭނާގެ ހުރިހާ އަމަލަކާ ބަހަކާ އެއީ ގައުމުގެ ބޮޑު ބައެއްގެ ދީލަތިކަމުން އޭނާއަށް ވެދުންކުރެވިފައިވާ އެއްޗެއް.
ހަސަން ކަލޯ
22 May 2020
ސިޔާސީގޮތުން އެއްމާބަނޑު ދެމީހުން. އެއް "ކޮއިން"ގެ ދެ ފުށް. ފާރޮށީގެ މަތީކިބަ އާއި ވަތު ކިބަ. ދެމީހުންވެސް ވެރިކަމާ ހެދި މޮޔަފެވަ. ދެމީހުންވެސް އަމިއްލަ އެދުމުން ފޯވެފަ. ދެމީހުންވެސް ވަނީ ފެއިލްވެފަ. ރައްޔިތުންގެ ތާއިދެއް ނެތް ދެމީހުން. މި ދެމީހުންނާ ހެދި ގައުމަށް ހަމަޖެހި ނުލެގިވެން މިހާރުވެސް އުޅެން މިޖެހެނީ.
މިކޯ
22 May 2020
ޔާމީން އާއި އެކު 18 އަހަރު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ބުނާނީ އެއީ ކުޅަދާނަ އަދި ވިސްނޭ ރާއްޖޭގެ ހުރިހާކަމެއް ދެނެވައިޑައިގެން ހުއްނެވި ފިސާރި ލީޑަރއެއްގޮތުގައެވެ. ނަމަވެސް ދައުލަތުން ކުރި ދައުވާއާއި ޝަރީއަތަކީ ހައްގު އިންސާފު އައްނާނެ ކަން އަނގައިދިންދިނުމެކެވެ.
އައިތިންކް
22 May 2020
ރައީސް ޔާމީންގެ ވެރިކަން އެއީ މިރާއްޖޭގައި ކުރި ހަމައެކަނި ޖެންޓުލްމެން ސްޓައިލްޑް ވެރިކަމަކީ އެކަން މާލޭގެ ހުރިހާ ރައްޔިތުންނާއި އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިހާރު ދަނީ އުފަލާއި އެކު ބަލައިގަންނަމުންނޭ އޭގެ ފޮނި ނަތީޖާއޭ މިހާރު މިފެނިގެން ދަނީ އޯއް ޔޭއް ދިސް ކުޑް ބީ އިޓް އައި ތިންކް އައި އޭމް އިން ލަވް ވިދް ޕިންކީންގެ ވެރިކަމަށް ދޯ...
ސަލީމްބެ
22 May 2020
އެއީ އެކަމަކު ބިރުވެރި ހިނދުކޮޅެއް. އަނިޔާއެއް ނުދޭނެކަމުގެ އެއްވެސް ޔަގީންކަމެެއް ނެތް.
ޔުނައިޓެޑް އައްޑޫ
22 May 2020
ނަޝީދުގެ މިއަމަލުން ދޭހަވަނީ ކޮވިޑް ކެންޕޭންގައި ރައީސް ސޯލިހް ފެއިލްވެއްޖެކަން. ރައީސް ޔާމީން މިވަގުތު ވެރިކަމުގައި ހުންނެވިނަމަ ކޮވިޑް ކެންޕޭން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާ ރައްޔިތުންނަށް ވަމުންދާ ގެއްލުންތައް ކުޑަކުރާނެކަން. ކުރަންޖެހޭ ކަމަކީ ޑަބްލިއުއެޗްއޯގެ ތުރާލުން މިންޖުވުން ކަމަށްވާނަމަ އެކަންވެސް ކުރާނެކަން. ނޫނީ ޑަބްލިއުއެޗްއޯއާއި ޗައިނާ އާއި ގުޅިގެން މިކަންތައް މިހިސާބަށް ނުގެންގޮސް ގައުމު ސަލާމަތްކުރާނެކަން.
ތެޅީމާ
22 May 2020
ޔާމީނަށް ތައުރީފު ކުރި ޓްވީޓުތައް ނަޝީދު ރީޓްވީޓް ކުރައްވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއިން އެގިގެންދާ އެއްޗަކީ ތަމެންގެ ކަމެއް ނުވާ ކޮޕީ ކެޓް ސަރުކާރުން ކުރާ ކަންކަމަށް ކެނެރީގެ ނަޝީދު ވެސް ތާއީދު ނުކުރާކަމަށް ވެލާނާ އެއާރޕޯރޓާއި އަދި މާލެ ލޮކް ޑައުން ކޮށްގެން މުޅި ރާއްޖޭގެ އިގްތިސާދު ފުނޑާލަމުންނޭ ދަނީ ތަމެންގެ އެއް ހިއްސު މަދު ވެރިކަމުގައި ރައްޔިތުންނަށް ފީލްވަނީ ރައްޔިތުން ގައިގައި ޗާބޫކުން ތަޅަނީ ކަމަށޭ ޗާބޫކުން ތެޅީމާ ޗާބޫކުން
ޙިނި
22 May 2020
ނަޝީދު ތީ ޑުރާމާ ކުއީން
އުއްދީމާލިމީ
22 May 2020
މިދިޔަ 100 އަހަރުވެސް ރާއްޖޭގެ ވެރިކަން ކުރީ ހަމަ އެއް އާއިލާތަކަކުން. އެމީހުންނަކީ ހިންގުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ ނާގާބިލު 10 ވަރަކަށް އާއިލާއަށް ނިސްބަތްވާ ބައެއް. އަދި އެމީހުންނަކީ ވައްކަމާ ފަސާދައަށް ރާއްޖޭގެ އެއްވަނަ އާއިލާތައް. ރާއްޖެ ރަނގަޅު ފާލަށް އަޅުވައި މައްސަލަތައް ހައްލު ކުރެވޭނީ، ކުރިން ބުނި 10 އާއިލާ އަށް ނިސްބަތްނުވާ ބަޔަކާ ގައުމު ހިންގަން ހަވާލު ކުރެވިގެން. ރައްޔިތުން ތައްޔާރުބާ؟