އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކޮވިޑް ކޭސްތައް މިހާރު ފެންނަ މިންވަރަކީ ބޭސްލައިން ކަމަށް ވެދާނެ ކަަމަށް.
23 މެއި 2020 - 00:02
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި މިހާރު ހުރި ރޭޓަކީ ރާއްޖޭގައި މި ބަލި ފެތުރޭ ބޭސްލައިން ނުވަތަ އެންމެ ދަށްކޮށް ހުންނާނެ ރޭޓަށް ކަމަށް ވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ 30 ނުވަތަ 40 ކޭސް ދުވާލަކު ފެނުމަކީ މިކަހަލަ ބަލިމަޑުކަމެއްގައި ދަށް އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވީ އެންމެން ވެސް އެދޭނީ ދުވާލަކަށް ފަސް ވަރަކަށް ކޭހަށް ވުރެ އަދަދު މަތި ނުވުން ކަމަށާއި ނަމަވެސް މިފަދަ ބަލިތަކުގައި އަބަދުވެސް ބޭސް ލައިނެއް (ބަލިޖެހޭ މީހުންގެ އަދަދު އެންމެ ދަށްކޮށް ހުންނާނެ މިންވަރެއް) އޮންނާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 އާ ދޭތެރޭގައި ކަމަށް. އެއީ އަޅުގަނޑުމެންގެ މިފަދަ އެހެން ބަލިތަކަށް ބަލާއިރުގައި ވެސް ހަގީގަތުގައި ބޭސްލައިން އުޅެނީ އެހާވަރަށް،" އަފްޒަލް ވިދާޅުވި އެވެ.
ގައުމެއްގެ ތެރޭގައި ބައްޔެއް ފެތުރިގެން ދިއުމުން އެ ބަލި ވާނީ އެންޑެމިކް (އާއްމުކޮށް ފެންނަ) ބައްޔަކަށް ކަމަށް ވެސް އޭނާ ވިދާުވި އެވެ. އެގޮތުން ކޮވިޑް-19 ވެސް ކުރިއަށް އޮތް އަހަރުތަކުގައި އާއްމުކޮށް ފެންނަ މިންވަރެއް އުފެދިގެން ދިއުމަކީ އޭނާ ވިދާޅުވި ގޮތުގައި އެކަށީގެންވާ ކަމެކެވެ. މާލޭގެ އާބާދީ އަށް ބަލާއިރު މިހާރު ފެންނަ އަދަދަކީ މަތީ އަދަދެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑަށް ވަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 އާ ދޭތެރޭގައި ކަމަށް. އެއީ އަޅުގަނޑުމެންގެ މިފަދަ އެހެން ބަލިތަކަށް ބަލާއިރުގައި ވެސް ހަގީގަތުގައި ބޭސްލައިން އުޅެނީ އެހާވަރަށް: ޑރ.އަފްޒަލް
"ދެން ގައުމެއްގެ އާބާދީ އަށް ބަލާއިރު، ނޫނިއްޔާ މާލޭގެ އާބާދީ އަށް ބަލާއިރުގައި ވެސް ހަގީގަތުގައި އެ އާބާދީގެ ނިސްބަތުން 50 މީހުންގެ ކޭސް ލައިނަކީ ނޫނިއްޔާ 30 އާއި 50 އާ ދޭތެރޭގެ ކޭސް ފެނުމަކީ ހަގީގަތުގައި އާއްމުކޮށް މިފަދަ ބަލިތަކަަށް ބަލާއިރު ހައިލެވެލްއެއް ނޫން އިނގޭތޯ،" އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށި ފަހުން އެއް ދުވަހަކަށް އެންމެ ގިނައިން ކޭސް ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު 178 ކޭސް ފެނުނެވެ. ނަމަވެސް ފާއިތުވި ހަތް ދުވަހަށް ބަލާއިރު އެވްރެޖަކީ ދުވާލަކަށް ތިރީހަކަށް ކޭހެވެ. އެއާ އެކު ރާއްޖޭގައި މިހާރު އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރަން އެޗްޕީއޭ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 1،274 އެވެ. އޭގެ ތެރެއިން 109 މީހަކު ރަނގަޅު ވި އިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުންކުރުބެ
23 May 2020
ތިޔަވިދާޅުވި ބަހުގެ މާނައެއް ނޭގުނޭ ،ނޭގުނޭ ނޭގުނޭ
ތިމާވެށި
23 May 2020
4 ލައްކަ މީހުންނެވެ. 4.9 މިލިއަން މާސްކް އެތެރެ ކޮށް ފި އެވެ. މާސްކް އެއް ގަންނަން ވެސް ފަސޭހަ އެއް ނޫނެވެ. ރަނގަޅު މާސްކް އެއް ނުލިބެ އެވެ. ފަހާ މާސް ބޭނުން.ކުރެވެނީ އެއް ފަހަރު އެވެ. ނިއު ނޯމަލް އަކަށް ދަނީ އެވެ. ގެއިން ބޭރަށް ދާއިރު ޕީޕީ އެއް ބޭނުން ވެ އެވެ. ޖަވާބު ދޭނެ.މީހަކު ނެތެވެ.
މިވަރެއްނެތް
23 May 2020
އެއްމެ ފަހަރަކުވެސް ހިތަށްއެރިތަ ތިމަންނާމެން މިކިޔާނުކިޔާ އެއްޗެއް ހަމަ ތިމަންނާމެނަށްވެސް ނޭގެޔޭ! ދުވާލަކުން އަނގަޔަކުން ދުވާލަކު ލަވައެއް ތިކިޔަނީ. ރައްޔިތުންނަކީ ގަމާރުންނެއެއް ނޫން. ދައްކާ ދެކޮޅުނުޖެހޭ ވާހަކަތަކުން އަމިއްލަ އަގުވެއްޓެނީ. ކޮވިޑުގައި އެޗްޕީއޭ، މިނިސްޓްރީ އަދި މުޅީ ސަރުކާރުވަނީ ފެއިލްވެފަ. މިވަގުތު ބުއްދުވެރިގޮތަކީ ކޮވިޑުގެ މައްސަލަ ސިޔާސީވެރިން ތިބޭފުޅުންގެ ބޮލަށްކަނޑާލިހެން އަނބުރާ އެވެރިންގެ ބޮލަށް ކަނޑާލާ ހިމޭނުން ތިބުން.
މިކަން23
23 May 2020
މިބައްޔަކީ މުޅު ދުނިޔެއަށްވެސް އައު ބައްޔެއް. ކޮންމެ ދުވަހަކުހެހެން މިބައްޔާއި ބެހޭގޮތުން އައު ދިރާސާތަކަކާއި މައުލޫމާތު އަންނަނީ ހޯދަމުން. ސިއްހީ މާހިރުންގެ ވާހަކަ އެންމެ ފަހުގެ މައުލޫމާތަށް ބިނާކޮށް ބަދަލުކުރުމުގެ މާނައަކީ އެމީހުންނަށް ނޭންގެނީކީ ނޫނޭ. އޭގެ މާނައަކީ މައުލޫމާތު ލިބޭވަރަކަށް ހިޔާލު ތަފާާތުވެ ބިނާވަމުން ދަނީއޭ.
އެންދެރި
23 May 2020
14 ދުވަހަށް ކާފިއު ހިން ގައިގެން ކޭސް ތައް މިއަށް ވުރެ މަދު ކުރެވިދާނެ އެވެ. ލޮކްޑައުން ދިގު ކުރިއަސް މީހުން މަގުމައްޗަށް ގިނަވާނަމަ ފައިދާ އެއް ނެތެވެ.
ނަން
23 May 2020
ﷲގެ ރަޙްމަތާއި މިންވަރުފުޅުން ތި ލަފާކުރާގޮތް މިންވަރު ނުކުރައްވާށި. އާމީން. މިޤައުމު ކޮވިޑުން މިންޖުކުރައްވާށި. އާމީން
ތަރަބޫޒް
23 May 2020
އުންމީދުކުރިވަރާ ގާތަށްވެސް ކަމެއްނުވެ ބޭކާރުގޮތުގަ ލޮކްޑައުން ދެންމުމުގެ މާނައެއްނެތް. "އެވެސް މަރު މިވެސް މަރު" ހާލަތުގަ މިއަދު ރާއްޖެ މިއޮތީ!
މޟއ
23 May 2020
އެންމެ ފުރަތަމަ ލޮކްޑައުންގެ ހާލަތަށް ދިޔައީ މާލެ ތެރެއިން 1 ކޭސް ފެނިގެން، ދެން ތިޔަބުނާ އެވްރެޖަކީ މިވަގުތު 30 ކަމަށް ވަންޏާ ލޮކްޑައުން އުވާލަނީް ޖެހޭ ސަބަބެއް ހަމަ ނުވިސްނުނު. 40 ފަހަރަށް ކުރިއަށް "ނިއު" ލާފަ ނޯމަލް ކިޔަސް، ލޮކްޑައުންއަށް ލުއިތަކެއް ދޭހިސާބުން މިއަދަދުތައް އިތުރުވާނެކަމީ ޝައްކެއް އޮތްކަމެއްނޫން. ލޮކްޑައުންގެ ކުރިން ތިޔަބޭފުޅުން ދެމުން އައި އިރުޝާދުތައް ދިވެހިން އަޑުއެހިވަރު އިނގޭނީ ހަމަ ތިޔަބޭފުޅުންނަށް... ވަރަށް ސަލާމް...
ރަދީފްް
23 May 2020
މިމަސްނިމޭއިރު ރައްޔިތުން ހައިރާންވާ އަދަދަކަށް ކޭސްގިނަވާނެކަމަށްވެސް ބުނި. މަނުކުރަން އެޗްޕީއޭގެ ވާހަކަތަކަށް ބަރޯސާއެއް ހަމަހުވާ ނުކުރަން.
ޢިބްރާހީމް
23 May 2020
ހަމަވިސްނޭ އިންސާނަކަށްއެގޭނެ މާލެ މިފަދަ ބިރުވެރި ހާލަތެއްގައި އޮއްވާ ލޮކްޑައުން އުވާލައިފިއްޔާ ވާނެގޮތް. ރައްޔިތުންގެ ތެރޭގައިތިބި އަމިއްލައެދުމުން ފޯވެފައިވާ ބައެއް ލިބޭ ފައިސާ މަދުވުމުން ފައިސާގެ ދަހިވެތިކަމުގައި އެތަކެއްބަޔަކު މި ނުރައްކަލައް ހުށައަޅަން މި މަސައްކަތްކުރަނީ. މިއީ ސަރުކާރާ ޑޮކްޓަރުން ބޭނުންވެގެންކުރާކަމެއް ނޫންކަން އެގޭ އެންމެންނަށްވެސް. ރައއޔިތުން ނެތި ކޮންފައިސާއެއްބާ މުހިއްމީ. ވަރަށް ހިތާމަހުރި. ވަރަށް ދެރަވޭ ކީއްކުރާނީ.
1234
23 May 2020
އިއްޔަވެސް 58 މީހުން ޕޮޒިޓިވްވި. މުޅި ދުނިޔޭގައިވެސް މާލެ ވަރުގެ މީހުން ތޮއްޖެހިފައި އޮތް ޤައުމެއް ނެތް. މިގައުމުގައި ތިބި އިއްޒަތްތެރި ބާރުގަދަ މީހުންނާ މުއްސަދިން ސަރުކާރަށް އިންތިހާއަށް ޕްރެޝަރ ކޮށް މަޖުބޫރުކުރުވައިގެން ލޮކްށައުން އުވާލަން މިޖެހެނީ. މިބޭފުޅުންނަށް ލާރިލިބިއްޖިއްޔާ ނިމުނީ. ރައްޔިތުންނާމެދު ކުޑަވެސް ލޯތްބެއް ކުލުނެއްނެތް. ރައީސް އަށް އެހެންގޮތެއް ނެތިގެން ލޮކްށައުން މިއުވާލަންޖެހެނީ. ވަރަށްދެރަ. މިކަންއެގޭ މިގައުމުގެއެންމެކުޑަކުއްޖާއަށްވެސް.