23 މެއި 2020 - 15:01
ޑރ. މުރާދު: އެކި ގައުމުތަކުގައި މީހުން ރިކަވަރީ އެކި ގޮތަށް ބަލަނީ. ބައެއް ގައުމުތަކުގައި ބަލި ރަނގަޅުވީމަ އެ ރަނގަޅުވީ ކަމަށް ބަލަނީ. އަނެއްބައި ގައުމުތަކުގައި ޓެސްޓްތައް ހަދައިފައި ނެގެޓިވްްތޯ ބަލަނީ. އަޅުގަނޑުމެން މި ހަދަނީ ޕީސީއާރު ޓެސްޓެއް. އޭގެން މި ދެނެގަންނަނީ ވައިރަސް ހަށިގަނޑުގައި ހުރިތޯ. އެކަމަކު އެއިން ދެނެއެއް ނުގަނޭ ހަށިގަނޑުގައި ހުރީ ލައިވް ނުވަތަ ޑެޑް ވައިރަސްތޯ އެއް. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ މަޝްވަރާތައް ކުރަމުން އެބަ ގެންދަން ކިހިނެއްތޯ މިކަން އެންމެ ރަނގަޅަށް ކުރާނީ.
މުރާދު: މިކަމަށް ވެކްސިނެއް ލިބި އޭގެ ފައިދާ ނުލިބޭހާ ހިނދަކު މުޖުތަމައުގެ ތެރޭގައި ބަލި އުޅޭނެ. ނަންބަރުތައް މިހާރު މި ބުނެދެނީ ނަންބަރުތައް ހިފެހެއްޓިފައި ހުރި ތަން. އެ އަދަދުތަކުން ދެން އަދަދުތައް އުފެދޭނީ.
މުރާދު: ޕޮޒިޓިވް ކޭސްތައް މި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި. އެހެންވީމަ ވެެކްސިނެއް ނުލިބޭހާ ހިނދަކު މި ވަރުގައި ހުރުން އެއީ އެކަށީގެންވާ ކަމެއް. އެހެންވީމަ، ލޮކްޑައުން އިން ކަންތައްތަކެއް ލުއިކުރިޔަސް ބޭރަށް ދިއުން އެއީ އިޚްތިޔާރެއްގެ ގޮތުގައި ބެލުން މުހިންމު ކަމެއް. ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑުމެންނަށް މިކަމުގައި ބޮޑު ކާމިޔާބެއް ލިބޭނީ އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެން.
މުރާދު: ޑީއެޗް 11 ގައި މިހާރު އޮތީ އެންމެ ބަލި މީހެއް. ޓްރީޓޮޕްގައި ތިބީ 10 މީހަކު. އޭގެ ތެރެއިން އެންމެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ.
މަބްރޫކް: ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވީ އިމްތިހާނުތައް މި އަންނަ އަހަރުގެ ޖޫން ޖުލައިގައި ބާއްވާ ގޮތަށް މިހާރުވަނީ ނިންމާފައި.
މަބްރޫކް: 14 ދުވަސް ކަރަންޓީނުގެ މުއްދަތު ހަމަވެގެން މިއަދު 186 މީހަކު ވަނީ ދޫކޮށްލައިފައި.
މަބްރޫކް: މިހާތަނަށް 127 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އެއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ތިން މީހަކު ވަނީ ރަނގަޅުވެފައި.
އެންއީއޯސީން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. މޫސާ މުރާދު.
އަމީރު: މިހާރު އަންދާޒާކުރެވޭ ގޮތުން 290 މިލިއަން ޑޮލަރު އެކި އިންސްޓިޓިއުޝަންތަކުން ލިބޭނެ ކަމަށް. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ފޮރިން ކަރަންސީގެ ދައްޗެއް މި އަހަރަކު ނެތް ކަމަށް އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ. ސަބަބަކީ މިހާރު ވސް ޔޫސެބަލް ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި.
ސުޖާތާ: ޕެންޝަން ފަންޑަކީ ގްރޯވަމުން އަންނަ އެއްޗެއް. އޭގައި އަހަރަކުން އަހަރަކަށް އެވްރެޖްކޮށް ކޮންމެ ޕޯޓްފޯލިއޯ އަކުން 5 ޕަސެންޓްގެ ފައިދާއެއް އަންނަނީ ދައްކަމުން.
އަމީރު: ލޭންޑް ރެންޓަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް. މި އަހަރުގެ 1.7 ބިލިއަން ރުފިިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން ކުރިން އަދާކުރީ. އެކަމަކު މިހާރު އަޅުގަނޑުމެން މި ބަލަނީ ލޭންޑް ރެންޓްގެ ގޮތުގައި ލިބޭނީ 800 މިލިއަން ރުފިޔާ. އެކަމަކު މި ފަސްކޮށްދޭ ލޭންޑް ރެންޓަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް.
އަމީރު: ލަސްތަކެއް ހުއްޓަސް، އެއީ އުސޫލުތަކާއި އެ ގެޒެޓް ކުރުމާއި ލޮކްޑައުންގެ ސަބަބުން ލަސްތަކެއް ދިމާވި. މިހާރު އަޅުގަނޑުމެން މި ފެށީ އިންކަމް ސަޕޯޓް އެލަވަންސް ދޭން. އެކަން ވެސް، އަދި އެހެން ލޯނުތަކުގެ ސްޕީޑް ވެސް މިހާރު އެބަ ބާރަށް ކުރިއަށް ދޭ. އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބެމުން އަންނަ ވަރަކަށް އެ ޕްރޮސެސް ކޮށްދެމުން އަންނަނީ
ސުޖާތާ: އަމިއްލަ ފަރުދުންގެ 10،000 އިން ދަށުގައި އެކައުންޓް ބެލެންސް މިހުރީ. އެއީ 19 ޕަސެންޓް. ރަނގަޅު ބެލެންސެއް، މިސާލަކަށް 450،000ރ. އިން މަތީގެ މި ހުރީ އެންމެ ދެ ޕަސެންޓް މީހުންގެ.
ސުޖާތާ: އެވެއިލެބްލް ހުރިހާ އޮޕްޝަންތަކެއްގައި ޕެންޝަން ސްކީމުން ވާނީ ފަންޑުކޮށްފައި. އިކުއިޓީއެއް ނުވަތަ ހިއްސާގެ ބާޒާރުގައި ވެސް ލިބެން އޮންނަ ވަގުތެއްގައި އެއަށް ވެސް އިންވެސްޓް ކުރަމުން. މިހާތަނަށް 10 އަހަރުގެ އާމްދަނީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައި.
ރިލީފް ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނުގެ ޑިސްކައުންޓްގެ ގޮތުގައި މިހާތަނަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ދެންމެ ބުނެފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކަރަންޓަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށާއި އެއީ ބިލަކުން އެވްރެޖްކޮށް 500ރ. ކަމަށެވެ. އަދި ފެނަށް 10.9 މިލިއަންގެ ޑިސްކައުންޓް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ބިލަކުން އެވްރެޖްކޮށް 235ރ. އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް 69 މީހަކަށް 291031ރ. މިހާތަނަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތުމަތު ސުޖާތާ އާއި ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އެވެ.
(އިތުރު މައުލޫމާތު އަންނަނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެކްސްޓް
23 May 2020
ޒީރޯއަށް ނުގެނެވުނީމަ ދައްކާމޮޅުވާހަކަ. ޢެހެން ޤައުމުތަކުގައި ލުއި ދޭން ފެށ ޒީރޯއަށް ގެގޮސްފަ. ދެންބުނާނެ ރައްޔިތުން އެއްބާރުލުން ނުދިނީޔޭ
ޢަދުރުއްނިހާނު
23 May 2020
ޢަމީރު އާ ފައްޔާޒު އިސްތިއުފާ ދީފަ ވާވަރުގެ މީހަކާ ހަވާލު ކޮއްބަލަ...
ކުނޫޒް މާމަ
23 May 2020
ސަރުކާރު ފެއިލް ވެއްޖެ،ދެން އޮތީ ރީތި ގޮތުގައި ތިމާމެންނަށް ގައުމެއް ނުހިންގޭނެކަން އިއުލާނު ކޮށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައި ކަޅުފޮށި ތަށް ހިފައިގެން އަވަހަށް ބެޗުން،ލަފާ ކުރެވެނީ ވެރިކަން ވެއްޓޭ އިރު ސޯލިހު ކައިރީގައި ތިބި ބަޔަކު ގައުމުވެސް ދޫކޮށް ދާނެކަމަށް ފިލަން،3.9 ބިލިޔަނޭ ކިޔާފައި އަދިވެސް އޮޅުވާލަނީ،މިހާރުުން މިހާރަށް ދައުލަތުގެ ހުރިހާހަރަދެއްގެ ތަފްސީލު ރައްޔިތުންނަށް ކޮންމެގަޑި އަކުވެސް ބެލޭނެ ގޮތަށް ބެހެއްޓުމަށް ގޮވާލަން،،،
އާއިޒް
23 May 2020
ސިޔާސީ މަކަރުގަ ދައުލަތް ޖެހި ދާ މަންޒަރު މި ފެންނަނީ
ކޮކްޓޭލް އަލ
23 May 2020
ތިޔަވިދާޅުވާ ރުފިޔާ ހުރީ ލިޔެކިޔުމުގެ ކަރުދަހުގަ އެކަނި މިއުޑުދަށުގެ ހުރިބެންކެއްގައެއް ތިޔަ ފަންޑްގެ ރުފިޔާއެއް ނުހުންނާނެ ކަމަށް ލަފާ ކުރެވެނީ އަސްލު ތިޔަ ފަންޑްގެ ބޭނުމަކީ މުއައްޒަފުންނައް މުސާރަ ދޭއިރު ދޭންވާ ރުފިޔާ މަދުވާނެ އެންމެގެ މަތިން ކަނޑާލީމާ އެބޭނުމުގައި އެދިގުރާސްތާ 30 އަހަރު ކޮއްފައޮއް ހިކުމައްތެރިކަމެއް ކަމައް ލަފާކުރެވެނީ
އަސްލުމީހާ
23 May 2020
ފެންބިލާއި ކަރަންޓް ބިލައް ކިހިނެތްތޯ އަޅުގަނޑު މެންނަށް އެނގުންވަނީ. ވޭތުވެ ދިޔަ ދެތިން މަހުވެސް ފެންބިލާއި ކަރަންޓް ބިލް ވަނީ ބޮޑުވެފަ. ތިޔަ ދައްކަވާ ވާހަކައިގަ އެއްވެސް ކަހަލަ ބަރުދަނެއް ނެތްކަން ރައްޔިތުންނަށް ހާމަ ވެގެންދަނީ. ވަރަށް ސަލާމް
ހޮޅުއަށި
23 May 2020
ސަރުކާރުހިންގަން އެމްޑީޕީ އަކަށް ނޭގުނު.ކޮސްގޮވަން ފަށައިފި.
ޢަލީ ބަނާތު
23 May 2020
ޕެންޝަން ފަންޑޭކިޔައިގެން ތިދައްކާ ވާހަކަތައް ޤަބޫލްކުރެވޭނީ ކޮންމެމީހަކަށް އެމީހެއްގރ ފައިސާ ނޫޓުން ދެއްކީމަ ކަރުދާސް ގަނޑެއްގައި ލިޔެފައި އޮއްނަ އަދަދެއް ދެއްކިޔަސް ޤަބޫލްނުކުރެވޭނެ ! އަދިވެސް އަހަރެމެންގެ ފައިސާ އަހަރެމެންނަށް ލިބޭނެ އުސޫލުތަކެއް ހަދާކަށް ނުވަނީތޯ؟ ކޮބައިތަ ތިފައިސާތައް މަނިކުފާނު ފިޔާމިރުސް ލޮނުމެދު ނުލައި ތަންކޮޅެއް ރަނގަޅަށް ސާބިތުކޮށްދީބަލަ ނޫންނަމަ ވެރިފަރާތްތަކަށް ލިބޭގޮތް ހަދާލަދީބަލަ
ބަބަމީމު
23 May 2020
ތިޔަ ބޭފުޅާގެ އިންޓަނެޓް ބޭންކުން ފެންނަނީ ފައިސާގެ ނޫޓުތައްތޯ؟ ޕެންޝަން ލިބެންޖެހޭ ފަރާތްތަކަށް ނޫޓުން ދަނީ ލިބެމުން.
އަލީމާ
23 May 2020
10 ކޭ ތަ؟؟ މުސާރަކުޑައީދޯ 98 ޕަސަންޓް ދިވެހިންގެ ދޯ.
1828
23 May 2020
ރާއްޖެތެރޭ ގިނަ ރަށްރަށުގައި ޑީސެލިނޭޓް ފެނެއް ނުލިބޭ. އެއްބަޔަކަށް އެފެނުންވެސް ފައިދާކޮށްފި. ބޭއިންސާފްގެ އިންތިހަ.