ވެކްސިނެއް ލިބެންދެން މުޖުތަމައުގައި ބަލި އޮންނާނެ: ޑރ. މުރާދު

ރިލީފް ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނުގެ ޑިސްކައުންޓްގެ ގޮތުގައި މިހާތަނަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ދެންމެ ބުނެފި އެވެ.


ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކަރަންޓަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށާއި އެއީ ބިލަކުން އެވްރެޖްކޮށް 500ރ. ކަމަށެވެ. އަދި ފެނަށް 10.9 މިލިއަންގެ ޑިސްކައުންޓް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ބިލަކުން އެވްރެޖްކޮށް 235ރ. އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް 69 މީހަކަށް 291031ރ. މިހާތަނަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތުމަތު ސުޖާތާ އާއި ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އެވެ.

(އިތުރު މައުލޫމާތު އަންނަނީ)