ތައިލެންޑުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހި މީހާ ރޭ ފަތިހު މަރުވެއްޖެ އެވެ.
ބެންކޮކްގެ ރަޖާވިތީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވީ ސ. ހުޅުދޫ، އަހުމަދު ސައީދު، 44، އެވެ. މިއަދުގެ އަސުރު ނަމާދަށް ފަހު އޭނާ ވަނީ ތައިލެންޑުގައި ވަޅުލައިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގިތާ ފަސް މަސް ދުވަސް ފަހުން އޭނާ މަރުވީ ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށެވެ. ޑޮކްޓަރުން އުންމީދު ކަނޑައިލީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ބައެއް ގުނަވަންތައް ފެއިލްވުމުންނެވެ.
ޑިސެމްބަރުގައި އޭނާ އެކްސިޑެންޓްވީ ބެންކޮކް އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގަ އެވެ. އޭނައާއެކު ކާރުގައި އިން އެއްބަނޑު އެއްބަފާ ބޭބެ އަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.
ސައީދުގެ ފުރާނަ ސަލާމަތް ކުރުމަށް ސިކުނޑި އާއި ކަނދުރާގެ ދެ އޮޕަރޭޝަން ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަންތަކަށް ފަހު ހާލު ރަނގަޅުވަމުން އައި ކަމަށް ވެސް އޭރު އާއިލާއިން ބުންޏެވެ.
މަރުވި މީހާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ތުނިޔަ
30 November 2020
އާމީން
ޤައުމިއްޔަތު
27 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ދޮންތުއްތު ( ހދ )
26 May 2020
އިންނާ ލިއްލާހި ވައިންނާ އިލަތްހި ރާޖިއޫން މަރުހޫމުގެ ފުރާނައައް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވައި ޢާއިލާއައް ކެއްތެރިކަމާއި ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.
ރީތި މޫސަ
26 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މިވަރެއްނެތް
25 May 2020
އަނެއްކާ ކަންދިމާކުރާ ގޮތުން ތިފްލައިޓުން ތައިލެންޑުގައި ތިބި ރައީސުއޮފީސް ފަދަ ދައުލަތުގެ އޮފީހެއްގެ އިސްބޭފުޅުން ކޮޅަކަށްވެސް ޖާގަލިބިދާނެތާ! އެހެން ވެއްޖެނަމަ އެއަކީ އެފަދަ ބޭފުޅުންނަކަށް ޚާއްޞަކޮށް އިންތިޒާމްކުރި ފްލައިޓަކޭ ނުބުނެވޭނެ ދެއްތޯ؟
ހަންޓޯ
25 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މުހައް މަދު
25 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ފުރާނަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާށި. އާމީން
ައަހުމަދު
25 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
مریم
25 May 2020
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އައްޔު
25 May 2020
إنا لله وإنا إليه راجعون މަރުހޫމް އަށް ސުވަރުގެ ދެއްވައި އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން