26 މެއި 2020 - 01:05
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވާ ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޭން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މި މަހުގެ ނިޔަލަށް އިއުލާން ކޮށްފައި ވަނިކޮށް، މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، އެ ކަމާ މެދު މަޖިލީހުގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުންގެ ހިޔާލު ވެސް ތަފާތެވެ.
މަޖިލީހުގެ ދެ މެމްބަރަކު މިރޭ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ވަޑައިގަތުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ޚާއްސަ ހުއްދައެއް ވަނީ ދީފަ އެވެ.
މަޖިލީހުގެ މާދަމާ އަށް ވަޑައިގަތުމަށް ސަނީނަށް ފުލުހުން ދިން ޚާއްސަ ހުއްދަ.
"ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާ އަށް ވަޑައިގަންނަވަމުން، މަޖިލީހުގެ ފާސް [ފުލުހުންނަށް] ދައްކައިލުމުން އޯކޭވާނެ ކަމަށް. އެކަމަކު، ޖަލްސާ ނުބޭއްނެއޭ ބުނާތީ، މަޖިލީހަށް ދާން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ އަށް އެދުނީ. އެ ބޭފުޅުން ވަގުތުން ހުއްދަ ދެއްވައިފި،" ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވެސް ވިދާޅުވީ، ޖަލްސާ އަށް ވަޑައިގަތުމަށް ފުލުހުން ޚާއްސަ ހުއްދަ ޕޯޓަލް މެދުވެރިކޮށް ދީފައިވާ ކަމަށެވެ.
މި ލޮކްޑައުންގެ މުއްދަތުގައި އެއްވެސް ބަޔަކަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ.
ޖަލްސާ އަށް ވަޑައިގަތުމަށް މެމްބަރުންނަށް ވަކިވަކި ހުއްދަ ފުލުހުން ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް ކަމެއް އަދިއެއް ނޭނގެ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު، މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ކުރިން ވިދާޅުވެފައި ވަނީ ލޮކްޑައުންއާ މެދު ގޮތެއް ނިންމަންދެން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ނުބާއްވައި މަޑުކުރަން ދަތި ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާގެބަސް
26 May 2020
ރައްޔިތުން ލޮކްޑައުންއަށް ތަބާވެގެން ތިބެންނުޖެހޭކަން މަޖިލިސް ރައީސް އެ ދެއްކެވީ. ރައްޔިތުންނަށްވުރެ މަތީގައި 3 ބާރުންކުރެ އެއްވެސް ބާރަކަށް ނޮއޮވެވޭނެ.
ހަޑިގިއްލާ
26 May 2020
ރަނގަޅު ނިންމުމެއް. މަޖިލީހުގެ ޖަލްސާތައް ތަޅުމުގަ ބޭއްވެން ޖެހޭނެ. އެޖެންޑާ 19 އަށް ހުރަސްއަޅާ ވަޒީޜުން ބޭރުކުރަންވީ
ކުނިއަނގަ
26 May 2020
ނަޝީދު ބޭނުންހާ ކަމެއް ބޭނުން ގަޑިޔަކު އެބަ ވޭ ކުރެވޭ. އެކަމަކު މި ލޮކުޑައުނާހެދި ހޮސްޕިޓަލަށް ނުގެންދެވި ދިވެހި ރައްޔިތުން މަރުވާއިރުވެސް އިބޫ ސާލިހު ނިދާފަ. ނަޝީދު ހަޅޭއްލަވައިގަތީމާ ވަގުތުން 85 ހުއްދަ އެވެސް އޯވަނައިޓުން.
ޒަލްސީ
26 May 2020
އެކަކު ބޭނުންވެގެން 85މީހުނަށް ހުއް ދަ..މާލޭ ހުޅުމާލޭ ވިލިނގިލީ ލައްކައެއްހާ މީހުން ގޭބަން ދު.. ގާނޫނު ކުރިމަތީ އެއްމެން ހަމަހަމަޔޯ؟؟ އޭގަ ލިޔުންނަމަ ގާނޫނު ހަ ދާ މީހުނަށް ގާނޫން ބާރުނުހިނގާނެ ވާހަކަ.
ޔަހްޔާ
26 May 2020
ތިހުރީ ގާނޫނު ދަމަހައްޓަން ތިބޭމީހުންގެ ހާލަތު ގަޔަހީސް ލެވިއްޖެ...
ރާބެގެހުތާ
26 May 2020
ތިކަން ތިހަން ކުރަންޏާ އޮންލައިންކޮށް ބާއްވަން ހަރަދުކުރި ރައްޔިތުންގެ ފައިސާތައް އަނބުރާ ދައްކާ
ސިޓިޒަންސް އޮފް މާލެ
26 May 2020
ޑޮކްޓަރަށް ދައްކަން ދާން ކީއްވެގެންތޯ ހުއްދަ ނުދެނީ؟
ބަބުރަންޖީ ހާޖީ
26 May 2020
ނަޝީދު ކުރިންވެސް އިންޒަރުދިން އޭނާގެ ކެތްތެރިކަން ކޮޅުންލައިގެންދާވާހަކަ. މިހާރު އެކޮޅުންލީ. ދެން އިބޫވެސް ކެތްތެރިކަން ކޮޅުންލައިފިއޭ ކިޔާފައި ނުކުމޭ ބައިމީހުން ގޮވައިގެން މަޖުލީސްދޮށުގާ އިޙްތިޖާޖުކުރާން.
ފަރަންޖީ ސޭކުން
26 May 2020
ދެން ޓީވީއެމުން ސިޔާސީ ރައިވަރެއް ކުޑަކުއްޖަކު ލައްވާ ކިޔުއްވާލައި ދެބޯގެރިއެއް ދުއްވާލީމާ އެކަން އެނިމުނީއެވެ.
މުދިމު ނަސުރުﷲ
26 May 2020
ނަސީދު ކަމެއް ކުރީމާ ފެންނަނީ އިސްލާމީ މަރުކަޒަށް މުސައްލައަކާ ކުދި ދަރިންނާއި ވަޅޯމަސް ވައްދައިގެން ކޮން ސަކަރާތެއްތަ ބަޔަކު އެޖެހީ؟