ޚަބަރު / އީޕީއޭ

ގުޅީފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި "މަރުވަނީ"

ގުޅީފަޅުގެ ބިން ހިއްކަން ފެށުން: އެއާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން-- ފޮޓޯ: ޒޫނާ ނަސީމް

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށާފައިވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނެފި އެވެ.

ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ނެދަލެންޑްސްގެ ބޮސްކާލިސް އިން ވަނީ ފަށައިފަ އެވެ. ވިލިމާލެއާ ކައިރިން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދާއިރު އެކަމުގެ ސަބަބުން ވިލިމާލޭ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފަ އެވެ. އެ ކިސަޑުތައް ފަރުމައްޗަށް އެޅި މުރަކަތައް މަރުވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ބުނީ ފަރަށް ކިސަޑު އެޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ގުޅީފަޅުގެ ބިން ހިއްކަން ފެށުމުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން-- ފޮޓޯ: ޒޫނާ ނަސީމް

ވިލިމާލޭގައި ޑައިވް ސެންޓަރެއް ހިންގާ ޑައިވަރު ޒޫނާ ނަސީމް ވިދާޅުވި ގޮތުގައި ގުޅީފަޅު ހިއްކަން ފެށުމާއެކު ވެލިގަނޑު ކެހިގެން އައިސް ވިލިމާލޭ ފަރު ހަލާކުވާން ފަށައިފި އެވެ. އަދި ގުޅީފަޅާއި މާލެއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖާއެކު އެ ފަރަށް އިތުރު ގެއްލުންތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މި ފަރާ އެކުގައި ހިމާޔަތް ކުރެވިފައިވާ މަސްހޫރު ޑައިވްސައިޓްއެއް ކަމުގައިވާ ކިކީރީފް (ހާންސް ހާސް ޕްލޭސް) ދެވަނަ ފަހަރަށް ހަލާކުވެގެން ދާނެ. ތަރައްގީ އަންނައިރު ތިމާވެއްޓާ ރައްޓެހި، ރައްޔިތުންގެ ހިތްހަމަޖެހޭ ގޮތަށް އަންނަ ނަމަ ކިހާ ފޮނިވީސް،" ޕަޑީގެ ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރު ޒޫނާ ސޯޝަލް މީޑިގާއި ލިޔެފައިވެ އެވެ.

View this post on Instagram

ވިލިގިލި ފަރަކީ މިސަރަހައްދުގައި އަަރެމެނައް އަގެއްނެތި އާއިލާ އާއެކު ފީނާލަން ދެވޭ ހަމައެކަނި ފަރޭ ބުންޏަސް ދޮގަކައްނުވާނެއެވެ . އަދިމިފަރަކީ ރާއްޖޭގެއެތައް ހާސް ކުދިންނެއް އެޑިއުކޭޟަން އިންހިންގި ފަރުކޮއެ ޕްރޮގްރާމް ހިންގުމައް ބޭނުންކުރެވިފައިވާ ފަރެކެވެ. މިފަރަކީ އެތައް ބަޔަކައް ޑައިވިންކޯސް ހިންގުމަށާ އެކިކަހަލަ މޫދާފަރުތަކާގުޅުންހުރި ފްރޮގްރާމް ތައް ހިންގުމައް ބޭނުންކުރާއަދިކުރެވެން އޮތް ހަމައެކަނި ފަރެވެ .... މިއަދުމިފެންނަނީ ވަރައްވެސް ހިތްދަތި މަންޒަރެކެވެ ..ތަރައްގީގެ ފިޔަވަހިތަކުގެތެރެއިން ގުޅިފަޅު ކޮންނަން ފެށިތަނެވެ ... މިކަމުގެސަބަބުން އެވެލިގަނޑު ކެހިގެން އައިސް މިފަރުހަލާކުވެގެންދާ މަންޒަރެވެ. އަދި މުސްތަގްބަލްގައި އެއަޅާބުރިޖް އެޅުމުން ދެން އިތުރައް ވާނެ ގެއްލުންހަމަ ހިތައްވެސް ނުގުނެވެއެވެ. މި ފަރާއެކުގައި ހިމާޔަތްކުރެވިފައިވާ މަސްހޫރު ޑައިވްސައިޓް އެއްކަމުގައިވާ ކިކީރީފް ( ހާންސް ހާސް ޕްލޭސް ) ދެވަނަފަހަރައް ހަލާކުވެގެން ދާނެއެވެ. ތަރައްގީއަންނައިރު ތިމާވެއްޓާރައްޓެހި ރައްޔިތުންގެ ހިތްހަމަމަ ޖެހޭ ގޮތައް އަންނަނަމަ ކިހާ ފޮނިވީސް... @epamaldives @moenvmv #stopreclaim #protectmaldivescoralreefs 📷 @sharmbye

A post shared by @ xoonti on

ޒޫނާގެ ޕޯސްޓް

ވިލިމާލޭ ފަރުގެ މުހިންމުކަން ފާހަގަ ކުރައްވައި ޒޫނާ ވިދާޅުވީ އެ ފަރަކީ މިސަރަހައްދުގައި އަގަކާނުލައި އާއިލާ އާ އެކު ފީނާލަން ދެވޭ ހަމައެކަނި ފަރު ކަމަށެވެ. އަދި އެ ފަރަކީ ރާއްޖޭގެ އެތައް ހާސް ކުދިންނަކަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގި "ފަރުކޮއެ" ޕްރޮގްރާމް ހިންގުމަށް ބޭނުންކުރި ފަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިފަރަކީ އެތައް ބަޔަކަށް ޑައިވިންކޯސް ހިންގުމަށާއި އެކި ކަހަލަ މޫދާ ފަރުތަކާ ގުޅުން ހުރި ފްރޮގްރާމްތައް ހިންގުމަށް ބޭނުންކުރާ އަދި ކުރެވެން އޮތް ހަމައެކަނި ފަރު،" ޑައިވިންގެ ދާއިރާ އިން، 2018 ވަނަ އަހަރު ގައުމީ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލް ކުރައްވައިފައިވާ ޒޫނާ ވިދާޅުވި އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ވިލިމާލެއާ ދިމާލަށް ކިސަޑު ދާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ހިއްކުމުގެ ކުރިން އެ ސަރަހައްދުން ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ "ސިލްޓް ސްކްރީން" މިހާތަނަށް ހަރުކޮށްފައިނުވާތީ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސްކްރީން ހަރުނުކުރެވި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

"އެހެން ގޮތްތަކެއް ވެސް ވޭތޯ ބަލަމުން އެބަދޭ. އެހެން ގޮތަކުން ވެސް ހައްލު ނުވެއްޖެއްޔާ ޖެހޭނީ ހިއްކުން ހުއްޓުވަން. ނަމަވެސް އަދި މި ބަލަނީ އެކަން ހައްލު ކުރެވޭތޯ. އެހެންވެ ވަގުތު ދީގެން މިތިބީ،" އިބްރާހިމް ވިދާޅުވި އެވެ.

ގުޅީފަޅުގެ ބިން ހިއްކަން ފެށުން: ވިލިމާލެ ފަރަށް ގެއްލުން ލިބޭތީ އީޕީއޭ އިން އަންނަނީ އެކަން ބަލަމުން-- ފޮޓޯ: ޒޫނާ ނަސީމް

އިބްރާހިމް ވިދާޅުވިގޮތުގައި މިހާރު ކިސަޑު ގޮސްފައިވާ ވަރަށް ބަލާއިރު ވެސް ވިލިމާލެ ފަރަށް ގެއްލުންތަކެއް ލިބުން އެކަށީގެންނެވެ އެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލްތައް އެނގޭނީ އިތުރަށް ދިރާސާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު މޮނީޓާ ކުރަމުން މިދަނީ، ފަރަށް ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ،" އިބްރާހިމް ވިދާޅުވި އެވެ.

މިފަހުން ރާއްޖޭގައި ހިންގާ މިފަދަ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ފަރުތަކާއި ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

44 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 45%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންޓި ޑިވެލޮޕްމަންޓު

30 May 2020

ތިކަމާ އަސްލު ހާސްވަނީ ކިތައްމީހުންބާ؟ މިކަމުގައި އަޑު މިހާރު ގަދަވެގެންއުޅުނަސް އަޑުގަދަކުރަނީ މަދުބައެއް! މިރާއްޖޭގައި ބިންހިއްކުމާ، ބަނދަރު ހެދުމާއި، ބްރިޖު އެޅުމާއި. ނެރު ކޮނުމާއި، ގޮނޑު ދޮށަށް ވެލިއެޅުމާއި ތޮށި ލުންކަހަލަ ތިމާވެށްޓަށް އަދި ޚާއްސަކޮށް ފަރުަތަކަށް ގެއްލުން ލިބޭ ކަންކަން އެބަޖެހޭ ހުއްޓާލަން! ބްރިޖަށް ވުރެ މުހިންމީ ރާޅާއަޅާ 50 ހަކަށް ކުދިންގެ އުފާ! ޕޯޓަށްވުރެ މުހިންމީ ވިލިގިލި ސުނޯކްލިންގާއި ބީޗު! އެއަރޕޯޓަށްވުރެ މުހިންމީ ކުޅި!

The name is already taken The name is available. Register?

ހުއްބުލް ގަލަން

30 May 2020

ބިސްގަނޑެއް އެޅޭނީ ބިހެއް ތަޅައިގެންނެވެ. ޢަހަރެމެން ތަރައްގީ ބޭނުމެވެ.

The name is already taken The name is available. Register?

ދޮން ދީނި

30 May 2020

ފަހު ޖުމްލަ "މިފަހުން ރާއްޖޭގައި ހިންގާ މިފަދަ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ފަރުތަކާއި ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ" ސީރިއަސްލީ؟! މިފަހުން ހިންގާ ޕްރޮޖެކްޓް ތަކުން ލިބުނު ގެއްލުން ކުޑައީނު.!. ކުރިން މާލެ، ހުޅުލެ، ހުޅުމާލެ، ކުޅުދުއްފުށި، ތިނަދޫ، ހިތަދޫ، ވިލިގިލި، ނައިފަރު......ފަދަ ތަންތަން ހިއްކިއިރު ފެނުނުނަމަ ތިހެން ނުބުނާނެ. މިހާރުވާ ކޮންމެވެސް ފިޔަވަޅެއް އަޅާތާ.

The name is already taken The name is available. Register?

ހާމަ

29 May 2020

ތިހެންވީ އިރު ފަރުތަކަށް ވީގެއްލުން ބެލޭނެ ގޮތެއްވެސް އެންވަޔަރުމެންޓް މިނިސްޓްރީ އަށް އޮތްކަމަކަށް ނުބެލެވޭ, ތިކަމަށް ޝެލްޓް ކަވަރ އަޅަން ޖެހޭނެ, ރާއްޖޭގަަ މިކަން އެއްވެސް އިރަކު ބަލާކަމެއް އެނގެން އޮތް ހެނެއް ހިއެއްނުވޭ.

The name is already taken The name is available. Register?

ައަހުމަދު

29 May 2020

ރަނަގަލު އެއްގޮތެއްވެސް ނެތްދޯ ކީއްކުރާނި

The name is already taken The name is available. Register?

މޯޑް

29 May 2020

ބަގުލާދޭސް ބޭފުޅުންނަށް ވިލެޖްހަދާ ރަށްވެހިކަން ދޭށް ހިންކާން ބުނި މަސްރޫއު ފެށީތަ.

The name is already taken The name is available. Register?

މަހާރަދުން

29 May 2020

ތިތަނަށް ގުޅިފަޅު ކިޔަސް ތީ މާލެ އަށް އެރަށަކުން ކާށި ގެނަސް އުޅުނު އުޅުނު “ރަންގުޅި” ކިޔާ އުޅުނު ރަށެއް. ފެންފުށި އަދި މާމިގިލީ މީހުން ވެލި ގާ ނަގާ ރަށާ ފަރު ހުސްކޮށް ގިރި ނިމުމުން ގުޅިފަޅޭ ތިކިޔަނީ

The name is already taken The name is available. Register?

ބަބުރު ކުއްޖާ

29 May 2020

އަސްލު ކިޔަނީ ގުޅީފަޅެއް ނޫން ގުޅިފަޅު..އެކަމް ރ.ނަޝީދުގެ ވެރިކަމާ ހަމައިން ފަޅުގެ ނަމަށް ވެސް ބަދަލު އައިއްސަ ވަނީ..މިހަބަރުގެ ސުރުހީގަ ވެސް ލިޔެފައޮތީ ގުޅީފަޅު ރަނގަޅު ގޮތަކީ ގުޅިފަޅު.

The name is already taken The name is available. Register?

ބޯދުފާލަން

29 May 2020

ޖެހިގެން ހުންނާގޭގައި ފާތިހައަށް ކައްކާއިރު ދުން ބުރާނެއެވެ އެކަމަކު ފާތިހާ ނިމިގެން ތަށިބަރިވެސް ފޮނުވާނެއެވެ ތަރައްގީ ހޯދޭނީ ކިސަޑުވަެސް އަރުވައިގެނެވެ

The name is already taken The name is available. Register?

ޙަސަން އަޙްމަދު

29 May 2020

ތިހެން ވިއްޔާ ޖެހިގެން އިންނަ މީހާ ސިގިރެޓް ބުޔަސް މައްސަލަ ޖައްސާނެ ކަމެއް ނެތް. ޖެހިގެން ހުރިގޭ ނަރުދަމާ ފެންގަނޑު ތިގެއަށް ވަނަސް މައްސަލަ ޖައްސާނެ ކަމެއް ނެތް. ފާތިހާ ކައްކާ ދުމާ ވަށައިގެން އޮންނަ މާހައުލު ހަލާކުކޮށްލުމާ އެއީ އެއްގޮތަށް މިސާލު ޖަހަން އެއްގޮތް ކަންކަމެއް ނޫން.

The name is already taken The name is available. Register?

ހުސެންބެގެ

30 May 2020

ސިނގިރޭޓް ބުއިމާ ފަޅުހިއްކުމާ މީދެކަމެއް. ފަރުހިއްކާއިރު ތިގޯއްޗަށް ވެލިބުރާނަމަ އެއީ މައްސަލައެއް. ވިލިމާލޭ އިރުމަތީފަރާތުވެސް މުދުއޮވޭ. ތިއުޅުއްވަނީ ވަކި ވިޔަފާރިއެއް ނުހިންގިގެން. މިދުވަސްކޮޅު ހުރިހާވިޔަފާރިއެއް އެއޮތީ ހުއްޓިފަ.

The name is already taken The name is available. Register?

ޔަހްޔާ.

28 May 2020

ގިނަ ރިސޯޓްތައް ހަދާފައި ހުރި އަތޮޅުތަކުގެ ހާލަތު ފަރުތަކާ ދިރުންތަކާ ކައިރި ރައްރަށުގެ ރައްގިރުމުގެ ހާލަތާމެދު ކަންބޮޑުވަނީި މިއަދު ކާކުބާ? މާލެ އަތޮޅާއި އއ. އަދި އދ. އަތޮޅުގެ ކިތައް ރައް ކިތައް ދޮންވެލި ފިނޮޅު ހަލާކުވެ ނެތި ދިޔަބާ. މި އަތޮޅުތަކުގައި ގަހެއް ރުކެއް އިންދާނެ ހުސްބިންކޮޅެއް ނެތި ދިޔަކަން ދަންނަނީ ދިވެހި ކިތައް ދަރިންބާ. މިކަމުގެ ޒިންމާ އުފުލާނީ ކޮންބައެއްބާ?

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

28 May 2020

ރައިސް ޔާމިންގެ އިގުތިސޯދު ރަގަޅު ކުރީމަ މިކަން މިކުރެވެނީ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454