އައިސޮލޭޝަންގައި ހުރި މީހަކު މަރުވެފައިވާ ކަމަށް ބުނެ އާންމުކުރި ފޮޓޯ
29 މެއި 2020 - 00:12
ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަ އަކީ ދޮގެއް ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
އަހްމަދު މުއާޒް ކިޔާ މީހަކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ބާތުޓަބެއްގެ ތެރޭގައި އޮތް މީހެއްގެ ފޮޓޯއާ އެކު ލިޔެފައިވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިހު އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގްކޮށް އޭނާ ވަނީ އެކުވެރިޔާ އަށް ހެޔޮ ދުއާ ވެސް ކޮށްފަ އެވެ.
އައިސޮލޭޝަންގައި ހުރި މީހަކު މަރުވެފައިވާ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓް
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު ކަމަށް ބުނާ މީހާއާ ގުޅައިގެން ވާހަކަ ދެއްކުމުން އެއީ އޭނާއާ އެއް ކޮޓަރީގައި ހުރި އޭނާގެ ކޮއްކޮ ލައްވައި މަޖަލަކަށް ނަގައި ފެމިލީ ވައިބަ ގްރޫޕަކަށް ލީ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް ބުނީ މަރުވެފައި އޮތް މީހެއް ކަމަށް ބުނެ ދައުރުކުރާ ފޮޓޯގައި ހަގީގަތެއް ނެތް ކަމަށެވެ، ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ވާހަކަ ފަރުތާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މި މައްސަލަ ވެސް ބަލާނެ ކަމަށް ބުންޏެވެ.
މިކަމުގެ ހަގީގަތް އެނގޭ ބައެއް މީހުން، މި ޕޯސްޓާ ގުޅިގެން ފާޑު ކިޔައި، މަޖަލަކަށް ވެސް މިއީ ކުރަންވާ ވަރުގެ ކަންކަން ނޫން ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 1،513 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މަރުވެފައި ވަނީ ފަސް މީހެކެވެ. މި ބަލި ޖެހޭ މީހުންގެ އަދަދާއި ހާލު ބޮޑުވާ މީހުންނާއި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް އެންއީއޯސީ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް އާންމުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަލްދީބު ރާނީ
29 May 2020
ދޮގު ޚަބަރު ފެތުރު މުގެ ދައުވާ، ފާތިހު އާއި އޭނާގެ އަޚް އަދި ޢާއިލާއާއި އެކުވެރި އަހު މަދު މުޢާޒުގެ މައްޗަށް އުފުލި މަށް ސަރުކާރުގެ ކަ މާއި ބެހޭ މުއައްސަަސާ އަށް ގޮވާލަން.
ޙަބީބު
29 May 2020
ދިވެހިންނަކީ ވަރައް ތެދުވެރި ސާދާރީތި ދިރިއުޅު މެއް އުޅެ މުން އައިބައެއް ނަ މަވެސް ތަންތަނައް އަލިފާން ބޯޅައުކު މާ ދޮގާ މަކަރު ހަދާ ޒަ މާނީ ޑި މޮކްރަސީއެއް ގެނައިބަޔަކު މިފަދަ ހާލަތެއް ޖެއްސީ ކިހާ ތާހިރު ދިރިއުޅު މެއް މީ
ހެޔޮނުވާނެ
29 May 2020
މަޖަލަކަށްވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން. އާއިލާއާއި ރައްޓެހިންނަށް ތިދެވުނީ ކިހާ ނުބަ މެސެޖެއް. ދެން އެމީހުން ތިޔަ މީހަކަށް އިތުބާރުކުރާނީ ކިހިނެއް.
ދެޓްވޭ
29 May 2020
ދިވެހިންގެ ފެންވަރު. ސިކުނޑީގެ ބޭނުންކުރަން އެގޭކަ މާ މެދު ޝައްކު.
ކަމަނަ2
29 May 2020
ތިޔައީ އޮޅުވެލި ގަހުންނަ ބާތްޓަބެއްވެސް ނޫން
ޞަފާ1
29 May 2020
މާބޮޑަށް އިނގެނީތި!
ހަސަބު
29 May 2020
ދޮގު ވާހަކަ ފެތުރުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެއް. މަޖަލަކަށްވެސް ދޮގުވާހަކަ ފެތުރުމަކީ ވަރަށް ވިޔާނުދާކަމެއް.
އަޙްމަދު.
29 May 2020
އަލަށް ބާތުޓަބެއް ފެނިފަ ތި އޮތީ. ވަރަށް ދަށުދަރަޖައިގެ ޢަމަލެއް. ފިޔަވަޅު އަޅާ.
ދޮންމަނިކުބެ
29 May 2020
ތިޔަ ޕޯސްޓެއް ކުރިމީހާ އެކަން ޔަޤީންކުރަން އެޗް.ޕީ.އޭ އަށް ނުގުޅީ ހަމަ އެހާވެސް ގަމާރުތަ! ތިޔަ ފޮޓޯ، އެޕޯސްޓުކުރި މީހާއަށް ދިން މީހާ އާއި މަޖަކަށް ފޮޓޯ ނެގި މީހަކާއި، ނެގުވި މީހާ އާއި، ޕޯސްކުރި މީހާ އާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ. ނާޅާނަމަ ދެން ފެންނާނީ މަޖަލަކަށް ކޮންކަހަލަ ޕޯސްޓެއް ކަމެއްވެސް ނޭނގެ
ލޮނުމެދުފަޓާސް
29 May 2020
ފޮޓޯ ޕޯސްޓް ކުރި މީހަކީ އަބަދުވެސް ބައިގަޑި ވެފަ ހުންނަ މާގަޓު މީހަކަށް ވެގެން އެނބުރޭ މީހެއް، އޭނަވަރު މީހަކުނެތިގެން.
ރަދުން999
29 May 2020
ކޮންކަހަލަ ލުޔެއް ތިދިނީ. ތިޔައީ މީހުން އިތުރަށް ބަލި ބޮޑުވާނެ ގޮތެއްކަމަށް ބައެއް ޑރ އިން ދަނީ ބުނަމުން. ހިޔޮނުވާނެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން މީހުން ބަލިން ސަލާމަތް ވާނެ ރަނަގަޅު ގޮތެއް ހޯދާދީބަލަ. ލޮކްޑައުން ކުރުމަކީ ހައްލެއްނޫން. ތިޔައީ މީހުން ފަގީރުކޯށް ވިޔާފާރިތައް ހަލާކުކޮށް އަޅުވެތި ކުރުމަށް ބަޔަކު ރާވައިގެން ކުރާކަމެއް ކަމަށް ބައެއް އިލްމު ވެރިން ދަނީ ބުނަމުން.
ހާހުންގާނު
29 May 2020
ތިދައްކަނީ މުޅިންވެސް އެހެން މީހުން ބުނާ ބުންޔޯ ވާހަކަ. އަ މިއްލަަށް ވިސްނޭގޮތް ކޮބާބާ؟
ކުރަފި
29 May 2020
ތިޔަޒާތުގެ އިލްމްވެރިން ކޮންމެކަހަލަ ވާހަކައެއް ދެއްކިއަސް ގަބޫލްކުރަން ޖެހޭތަ؟
ގިޔާސް
29 May 2020
ރަދުން999، ތިއޮތް އަވައްޓެރި ސްރީލަންކާގަ ލޮކްޑައުންއެއްވެސް ނޫން، ކާފިއު ހިންގާފަ އޮންތާ ދެމަސްދުވަސް، ބޭރަށް ނުކުމެ އުޅުމަކީ ފަސޭހަ ކަމެއް ނޫން، މިތާގަ ލޮކްޑައުންއޭ ބުނިނަމަވެސް މަގުތަކުން މީހުން ހުސްވާއިރެއް ނުދޭ.
އާއިޒް
29 May 2020
ދިވެހިން ދިވެހީންގެ ގޮތުގައި. ޖޫރި މަނާ ކުރޭ 1 ލައްކައިން. ޢަދި ފެންވެސް އިސްރާފު އެކުރަނީ.