ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 މެއި 2020 - 15:54
މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރިކަން ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލާގައި މިނިވަން މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު މަޖިލީހުގައި ކީރިތި ކުރައްވައިފި އެވެ.
ޖަލު ބަންދުގައި ހުއްޓައި އޮކްޓޯބަރު 10، 2017 ވަނަ ދުވަހު، އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. ފަސް ކުދިންގެ ބައްޕަ އަބްދުﷲގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.
"Bappa dhuniyegai hurinama minivan vaane dho?"
The most trusted news source in the Maldives
Mihaaru
ވެރިކަން ބަދަލުވެ ސިޔާސީ ކުށްވެރިން މިނިވަންވުމުން އަބްދުﷲގެ ދަރިފުޅު އޭނާގެ މަންމައާ ކުރި ސުވާލު
ކޮވިޑް-19އާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ މަސައްކަތް ބެލުމަށް މަޖިލީހުގެ ކޮމެޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ އަބްދުﷲ ރަޝީދުގެ ވަކީލަކަށް އޭނާ މަސައްކަތް ކުރެއްވި ކަމަށާއި އަބްދުﷲ މަރުވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ އިހުމާލުން ކަމަށެވެ.
"އަބްދުﷲ ރަޝީދު ފުލުހެއްގެ ގައިގައި ޖަހައިގެން ބަންދުގައި އޮންނަން ޖެހުނިއްޔާ އަބްދުﷲ ރަޝީދަށް އަޅާނުލައި ބޭސްފަރުވާ ނުކޮށް އިހުމާލުވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވާން ޖެހުނީމައި ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ފުލުހެއްގެ ގައިގައި ޖެހީމަ އެ ލިބޭ އަނިޔާއަށް ވުރެ މީހަކު ދުނިޔެއިން އަލްވަދާއު ކީމައި އެލިބޭ ގެއްލުން މާ ބޮޑު،" އަސަރާ އެކު ސިރާޖް ވިދާޅުވި އެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އިހުމާލުވުމުން މިހާރު ހަމައެކަނި ލިބޭ އަދަބަކަށް އޮންނަނީ މަގާމުން ވަކިކުރުން ކަމަށާއި ނަމަވެސް އެކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މި ހުރިހާ މުއައްސަސާއެއްގެ މީހުން ވަކިކުރުމުގެ އިތުރުން އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އެމީހަކު ޒިންމާ ވާން ޖެހޭ ވަރަކަށް ޖަލުގެ ހުކުމް އަންނަން ޖެހޭނެ،" ސިރާޖް ވިދާޅުވި އެވެ.
އޭނާއަށް ކީރިތިކުރެއްވުނީ އެހާ ހިސާބުންނެވެ. ދެން ވާހަކަ ކުރިއަށް ނުގެންދެވިގެން އިށީންނެވީ އެވެ.
Abdulla Rasheed ge maruge massalaigai PG in dhauvaa eh nukohdhin
The most trusted news source in the Maldives
Mihaaru
އެ މައްސަލާގައި ޕީޖީން ދައުވާ ނުކޮށްދިނުން
އަބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށް ފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އިހުމާލުވި މޯލްޑިވްސް ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީން ދައުވާ ނުކޮށް އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ މިނިކް
01 June 2020
ކޯޗެއްރޯންއެގޭމީހެއްތީވ.ފޫހިވޭ
ހަމަ ރޯނވީ
01 June 2020
މި ބައިގއނޑު ވ.ރޯނެ. ރޯން ދޫކޮއްލާ. ހަމަ ޑްރާމާ ރާމާ. ސިޔާސީ މަގާމުތަށް ދޫކޮށް ކަސޯޓީ ކުޅެން ފެނޭ. ޓެލެންޓްތައް ފެންނާނީ ގިނަދުވަހުން.
ސިރާ
01 June 2020
ކީރިތި ކުރެއްވީއޭ؟؟؟
މަސްވެރިޔާ
01 June 2020
ފެބްވަރީ 7 ވަނަދުވަހު އެތަކެއް ނިކަމެތިންނެއް ޖަޒުބާތުގަ ޖައްސާ އެވެރިންލައްވާ ނޭއްގާނީ ޢަމަލުތައް ހިންގުވި ބަޔަކުވެސް ތިބޭނެ. އެފަދަ "ބޭފުޅުންގެ" ޒިންމާއާއި ބެހޭގޮތުންވެސް ސުވާލު އުފެދޭ.
ޢަލިނާ
31 May 2020
ކަންދައްކަން ރޮއެވެސް ހަދާނެ
ސަމަރު
31 May 2020
މެންބަރުކަން ލިބުމުން އަމިއްލަ މީހާއަށް ފެނިފަ މިހާރު ހުންނަނީ. އަހަރުމެންނަށް ހާދައަވަށޭ ދޯ މަގާމެއް ލިބޭއިރަށް މާބޮޑަށް ފޮނިވެވެނީ، މަގާމުތައް މިލިބެނީނރައްޔތުންގެ ވޯޓުންކަމެއްވެސް ތިޔަ މެންބަރުން ހަނދާން ނުހުރޭ.
ގުއިދައިތަ
31 May 2020
ކީރިތިއޭ؟؟ ކޮން ކީރިތިއެއް؟؟ އެފެންވަރުގަ ވާހަކަ ދައްކަން ޖެހޭ އަޚްލާޤެއް ހުރި ބައެއް ނޫން ތީކީ.. އޭނާ ރޯނީ.. ކީރިތި ނުކުރައްވާނެ. އެ ރުއިމަކީ ވެސް މުޅިން އެކްޓް. ތި ސިރާޖު ތީ ކާކު..
ވަކީލާ
31 May 2020
ފެބުރުއަރީ 7 ގައި ހިގައި ދިޔަ ކަންކަމުގައި ގާނޫނާއި ޙިލާފަށް ފުލުހުންނާއި ސިފައިން ކުރިކަމެއްކުރީ ޖަޒުބާތުގައި ޖެހިގެންކަމުގައި އެކަމަށް އެކުވަލަވާލި ކޯނީއިން ނިއްމާފައިވާތީ އާއި އެދުވަހު ކުރި އެއްވެސްކަމަކަށް އެއްވެސް ކޯޓަކުން މީހަކަށް އަދަބެއްލިބިފައި ނުވާތީ، އަބުދުﷲ އެދުވަހު ކުރިކަމެއްކުރީ ޖަޒުބާތުގައި ނޫންކަމަށް ނިއްމޭނެ ގޮތެއްނޭގެ. ދިވެހިރާއްޖޭގައި އަދުލު އިންސާފު ހިގާތަން ފެންނާނީ ކޮންދުވަހަކުންބާ.
މަންޑޭލާ
31 May 2020
ރާއްޖޭގެ ދައުލަތުގެ ހަޒާނާ ހުސްވަމުން ދާއިރުގަވެސް މަޖުލީހުގެ މެންވަރުން ހުޅުމާލޭން އަގުބޮޑު އެޕާޓްމެންޓުތަށް ގަންނަމުން އެދަނީ.
ޝޮކްތެރަޕީ
31 May 2020
އެމްޑީޕީގަ މުޅިންވެސް އުޅެނީ މިކަހަލަ ޑުރާމާ ކުޅެން ކުޅަދާނަ މެންބަރުން.