30 މެއި 2020 - 18:25
އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓްހައުސްއެއްގައި ބަހައްޓައިގެން ކުއްޖާ ބްލެކްމެއިލްކޮށް ކުއްޖާ ރޭޕްކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ކުއްޖާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް މި މަހުގެ 28 ވަނަ ދުވަހުގެ ފަތިހު ހުށަހެޅުމާ އެކުގައި ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާ އެކު ކުއްޖާ ހޯދަން ކުރި މަސައްކަތުން ކުއްޖާ ފެނުނީ މާލެގެ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށާއި އެ ކުއްޖާއާ އެކު އިތުރު މީހަކު ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ސަލާމަތްކޮށް، އެ ކުއްޖާއާ އެކު ހުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 28 ވަނަ ދުވަހުގެ މެންދުރު އެވެ. ފުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާ އަށް މިހާރު ރައްކާތެރިކަން ދީފައިވާ ކަމަށެވެ.
މި މައްސަލާގައި، އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
"އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާ އާއި ކުއްޖާ އަށް އޮޅުވާލައި ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގަ" ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްގެ ކައިރިއަށެވެ. ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މާގިނަ ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާ އަކީ ފުލުހުން ބުނި ގޮތުގައި އެހެން ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ގުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މި ސާވިސް އިން އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ." ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުލުހުން ވަނީ މިކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އިންޓަނެޓްގެ ޒަރިއްޔާ އިން ކުދިން ނުރައްކަލަށް ހުށަހެޅުނަ ނުދިނުމަށާއި ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާ އެކު ކުދިން ތަންތަނަށް ނުފޮނުވަން އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
01 June 2020
ރައްޔިތުންނަށްވުރެ ޤައުމު ތަރައްޤީވީީ. ސިންގަޕޫރުގެ ބަދަލުގައި މިއޮތީީ ނިވްޔޯކް، ޓޯކިޔޯ ހެދިފައި. ނަމަވެސް މިމީހުންގެ އަޚްލާގުގެ އަޑުއިވިއްޖެއްޔާ މާފިޔާ އަދި ޔަކޫޒާވެސް އާޝޯޚްވާނެ.
އަހުމަދު ވަހީދު
31 May 2020
ގަންހިންގާ ވާހަކަ ނުދައްކާ އެހިސާބުން ހިޔުމަންރައިޓް އަނިޔާލިބޭފަރާތަށް އެ ހައްޤު ވެސް ނޯންނަކަހަލަ ހުރި ހިތާމައެއްގެ ބޮޑުކަމާ
ޝަރީފް1
31 May 2020
މިވެސް ޝިދާތާ ޒިންމާ ވާން ޖެހޭނީ
ކަނބިލި
31 May 2020
ކޮބާ ކުޑަކުދިންގެ މައްސަލަތައް ދި މާވަނީ ވަކި މީހަކު ވަޒީރު ކަ މުގައި ހުންނާތީ ކީ ނޫން ދޯ. ތަފާތަކީ މިނިސްޓަރު އިސްތިއުފާއަށް ގޮވާ މަގު މަތީ ހަރަކާތް ނެތު މާއި މަޖިލިހުގެ ކޮ މިޓީއަށް ވަޒީރު ދަ މާ ޗަރުކޭސް ނުކުޅޭކަން. ނިޒާ މު ހަރުދަނާ އެއް ނުކުރެވޭ. އެއްވެސް ކުރިއެރު މެއް ނުލިބޭ. ވަޒީރުގެ ދައުރަކީ އެކި ފަރާތްތަކަށް ތަޢުރީފު ކުރު މާއި ސެލިއުޓް ކުރުން.
ކައްދާނިކެ
31 May 2020
ނޫސްވެރިކަމަކީ ހަމައެކަނި ހަބަރެއް ޖަހާލުމެއްނޫން. ފުލުސް ގެ އިދާރާއަކީ ނޫހަށް މެސެޖެއް ނުވަތަ ޓްވީޓް ކުުރުމެއްވެސްނޫން. ޒިއްމަދާރު މުޖްތަމައެއް ބިނާވާނީ ހުރިހާ އެއްމެންވެގެން މިކަހަލަ ދަށްފެންވަރުގެ ކަންކަން ހުއްޓުވަން ނުކުމެގެން އަދި ގެނަސް ދޭހަބަރުގެ ހުރިހަކަމެއް އެއްމެއަޑިޔަށް ފީނައިގެން ހޯދުން. ޝުކުރިއްޔާ ޖެންޑަރ މިނިސްޓަރީން އަވަހަށް ތިކުއްޖާ ހޯދުމަށް ނުކުއް ނިކުތުން.
ހީރާ
31 May 2020
ޢިހްމާލުން ކުޑަކުދިން މަރުވަމުންދާ މައްސަލަވެސް އަވަހަށް ބަލަން އެބަޖެހޭ
އަސޭލަ
31 May 2020
މި މީހާގެ މައުލޫމާތު ކޮންމެހެންވެސް ސިއްރު ކުރެވޭތޯ ބަލަން ވާނެއެވެ. އިތުރަށް މިފަދަ ކަންތައް ކުރަން ފުރުސަތު ލިބޭނީ އޭރުންނެވެ.
ދަތްނެތްކުއްޖާ
31 May 2020
ސަހަރޯ! ލަފާކުރެވޭ ގޮތުގައި މައިން ބަފައިން ތިޔޮތީ ހިސާބަށްވުރެ ފައިސާގެ ދަހިވެތިކަން ބޮޑުވެފާ! މައިން ބަފައިންވެސް ބޭނުންވަނީ ދަރުފުޅު އަތުގައި އެންމެ ފަހުގެ ފޯނަކާއި، އަގު ބޮޑު ސައިކަލެއް ހުންނަށްޖެހޭނެ ކަމުގެ ވިސްނުންވިއްޔާ!
ބޮޑުމީހާ
31 May 2020
ކުށްކުރާ މީހުންނަށް މިގައުމުގަ އަދަބު ލިބެނީ ނޫސް ބަޔާނުން، ޓްވީޓުން ދެން ނޫސް ކޮންފަރެންސް އިން. ދެން މާދަމާ އަނެއް ކޮމިޝަން ހަދާފަ 6 މީހަކު 75000 ދީފަ ލީމަ މައްސަލަ ބެލުނީ
ހާމަ333
31 May 2020
ޖެންޑާ މިނިސްޓަރަކަށް ހުންނަ މީހަކު އިސްތިއުފާ ދިނުމަކުން މިފަދަ ދަށުދަރަޖައިގެ އަމަލުކުރާމީހުން ނުހުއްޓުވޭނެ...ހުއްޓުވޭނީ އަހަރުމެންގެ މުޖުތަމައު މިއަށްވުރެ ހަރުދަނާވެ ތަސައްރަފު ފުދިގެން...އުމުރުން 12 ވަރަކަށް އަހަރަށް ދިޔައީމާ ކުއްޖާ ބޮޑުވީކަމަށް މައިންބަފައިން ދުށުމަކީ ގޯހެއް...ސައިކަލާއި ދުއްވާތަކެތި 18 އަހަރު ނުވާ ކުދިންނަށް ދިނުމަކީ ގޯހެއް....އަންހެން ކުދިން ފިރިހެންކުދިންނާ އެކު ފޮނުވުން ނޫނީ ދޫކުރުމީ ގޯހެއް..