މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކުއްތާ ބޭނުންކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ: މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ދޫވުވުން ވަނީ ކަންބޮޑުވުން އުފެދިފައި: ފޮޓޯ: ޕޮލިސް
01 ޖޫން 2020 - 16:21
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ 34 މީހެއްގެ ބަންދުގެ އަމުރު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ރިވިއުކޮށް، ޝަރުތުތަކަކާ އެކު މިނިވަންކުރި އިރު އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރުމުގެ ތުހުމަތު އޮތް ބަޔަކު ހިމެނޭތީ ކަމާ ބެހޭ ބައެއް އިދާރާތާއި މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕީޖީން ކޯޓުގައި އެދިގެން މިނިވަން ކުރި 34 މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ކަމުގެ ތުހުމަތުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންނެވެ. އެ މީހުންގެ އިތުރުން ދެން ހިމެނެނީ ޖިންސީ ގުނަވަނެއް ދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހަކާއި މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކާއި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ.
30 meehaku sharuthuthakaaeku dhookohlan PG in court gai edhijje
The most trusted news source in the Maldives
Mihaaru
ކުށްވެރިންތަކެއް ދޫކޮށްލަން ޕީޖީން ނިންމުން
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މީހުން ދޫކުރީ ފުލުހުންނާ މަޝްވަރާ ނުކޮށެވެ. އެހެންކަމުން ފުލުހުން އަންނަނީ އެކަމުގެ ކަންބޮޑުވުން ޕީޖީއާ ހިއްސާ ކުރަމުން ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.
ޕީޖީން ބުނީ ޝަރުތުތަކަކާ އެމީހުން މިނިވަންކުރީ ޖަލުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް، އޭގެ ތެރެއިން އެއްވެސް ގޮތަކުން ލުޔެއް ދެވެން ހުރި ބަޔަކަށް ލުޔެއް ދޭން އެދި ހޯމް މިނިސްޓްރީން ސިޓީއެއް ފޮނުވުމުން ކަމަށެވެ.
އެކަމަކު ނަން ނުޖަހަން ޝަރުތުކޮށް "މިހާރު"އާ ވާހަކަ ދެއްކި، ކަމާ ބެހޭ އިދާރާއެއްގެ މީހަކު ބުނީ ޕީޖީން އެދިގެން މިނިވަން ކުރި މީހުންގެ ތެރޭގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެއް ވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކާ ގުޅުން ހުރި ބައެއް ޕީޖީ އޮފީހަށް ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
"އޭގެ ތެރެއިން ބައެއް މީހުން އަތުލައިފައި ވަނީ މާ ގިނަ މަސްތުވާތަކެއްޗާ އެކު ކަމުގައި ނުވިޔަސް އެ މީހުން މަސްތުވާތަކެތި ޓްރެފިކް ކުރި މިންގަނޑަށް ފެތޭ. މީގެ ވަރަށް ގިނަ މީހުންނަކީ ހިސްޓްރީ އޮތް މީހުން. އެމީހެއްގެ މި ކޭސްގައި އޭނާގެ އަތުން ފެނުނީ 200 ގްރާމް ކަމަށް ވެދާނެ. އެކަމަކު އޭގެ މާނައެއް ނޫން އޭނައަކީ ވަކިވަކިން އުޅޭ މީހުންނެކޭ. އެކަން އެނގޭނެ ޕީޖީއަށް ވެސް،" ކަންބޮޑުވުން ހިއްސާކުރަމުން އޭނާ ބުންޏެވެ.
ޕީޖީން ބުނެފައި ވަނީ މިނިވަންކުރި މީހުންނަކީ މަސްތުވާތަކެތީގެ ނެޓްވޯކުތަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ. އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި ކަމާ ގުޅުން ހުރި ބައެއް މީހުން ބުނީ ނެޓްވޯކްތަކަށް ނިސްބަތް ނުވުމަކީ އެ މީހުންގެ ފަހަތުގައި، މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ނެތްކަން ކަށަވަރު ވުން ނޫން ކަމަށެވެ. އެކަނި އުޅޭ މީހަކު ވެސް އެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށްފާނެ ކަމަށް އެ މީހުން ބުނެ އެވެ.
ކަމާ ގުޅޭ އިދާރާއެއްގެ މީހަކު ބުނީ މިނިވަންކުރި މީހުންގެ ތެރޭގައި ހިމެނެނީ ޖަލު ބަންދުގައި ތިބޭތާ ގިނަ ދުވަސްވީ މީހުން ވެސް ނޫން ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 2018 އާއި 2019 އަދި މި އަހަރު ހައްޔަރުކުރި މީހުން ވެސް ހިމެނޭ ކަމަށް ވެ އެވެ.
"ކުރިމިނަލް ކޯޓުން ދޫކޮށްލީމައި ޕީޖީން ހައި ކޯޓުގައި އެދިގެން ބަންދުކޮށްފައި ހުރި މީހަކު ވެސް އެބަހުރި. ހައި ކޯޓުން ބަންދުކުރަން އަމުރުކުރިތާ ދެ މަސް ފަހުން އަނެއްކާ ޕީޖީން އެދިގެން މި މިނިވަން ކުރަނީ. އެހެންވީމައި ޕީޖީން ކޯޓުގައި ދައްކާ ވާހަކައަށް ވެސް ސުވާލު އުފައްދާނެ ނޫންތޯ މިހެން ހެދުމުން،" އޭގެ ތެރެއިން އެކަކު ބުންޏެވެ.
ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުށްވެރިންތަކެއް އެގޮތަށް މިނިވަންކުރުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެކެއްގެ އަތުން ފެނުނު މަސްތުވާތަކެއްޗާ ހަވާލުވެ އެހެން މީހަކު ވަނީ ވަރަށް ފަހުން ފުލުހުންނަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި އޭނާ ބުނެފައިވަނީ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށާއި އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.
އެހެން ބޮޑެތި ކުށްތަކުގެ ސަބަބުން ޖަލު ހުކުމަކުން ސަލާމަތް ނުވާނެކަން އެނގޭ ހިސާބުން އެގޮތަށް އެހެން މައްސަލަތައް އަމިއަލަށް ބޮލުގައި އަޅައިގެން ހަވާލުވުމަކީ ބައެއް ކުށްވެރިން ފައިސާއަށް ކޮށް އުޅޭ ކަމެކެވެ.
ސީރިއަސް މައްސަލަތަކެއްގައި ތުހުމަތުކުރެވޭ ބަޔަކު މިނިވަންކުރުމުގެ ކުރިން ފުލުހުންނާ މަޝްވަރާނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދައުވާ ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދަށް ލުޔެއް ދިނުމަށް އެދުމުގެ ކުރިން އިތުރު ފަރާތަކާ މަޝްވަރާކުރަން ލާޒިމް ނޫން ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ދޫކޮށްލުމަށް ނިންމާފައިވަނީ ޑްރަގް ނެޓްވޯކްތަކާ ގުޅުން އޮންނަކަން އެނގެން ނެތް މީހުން. ދޫކޮށްލުމަށް އެދުމުގެ ކުރިން މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، މައްސަލައިގެ ބާވަތާއި، މަސްލަހަތު ހުރި ނެތް ގޮތް ބަލާފައިވާނެ،" އޭނާ ވިދާޅުވި އެވެ.
އެމީހުން މިނިވަންކުރީ ޝަރުތުތަކަކާ އެކު އެވެ. އޭގެ ތެރޭގައި މާލެއިން ފުރައިގެން ނުދިއުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން ހިމެނެ އެވެ. އެއިން މީހަކު އިތުރު ކުށެއްގައި ތުހުމަތު ވެގެން ހައްޔަރުކޮށްފި ނަމަ، އަލުން ބަންދަށް ގެންދެވޭނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުގައި ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މާލޭގައި ހައި ސެކިއުރިޓީއާ އެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެތައް ތަނެއް ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓަރޭ - ދަމެން
05 July 2020
ޗައިނާފްލެޓްގެ ފުރާޅުތައް މަސްތުވާތަކެތީގެ ކިއްލާތަކަކަށް ބަދަލުވަމުންދާ ޚަބަރު ދަނީ އަޑުގަދަވަމުން
ކައްމަތިން
02 June 2020
ވަރަށް ދެރަކަ މެއް. އިތުބާރު ގެއްލުނީ
ފިނިފެންމާ ދޯނި
02 June 2020
މިހާރު ހުންނެވީ ފިނިފެންމާ ދޯނި.
ކަންނާޑި
02 June 2020
ޕީޖީ މި ނެޓްވޯކާ ގުޅުމެއް އޮތްތޯ ރީޖަނަލް އިންޓެލިޖެންސް ޔުނިޓްތަކުން ބެލުން އެކަށީގެންވޭ. ފާއިތުވީ އަހަރު ރާއްޖޭން ވަނީ މިފަދަ މުއާހާދާ ގައި ސޮއެކޮށް މަޖީހުން ފާސް ކޮއްފަ .
ޢިބޫ
01 June 2020
ގިނަ ރައްޔަތުން އިތުބާރު ކުރާ ޕީޖީއެއްނޫން މިހާރު ހުރީކީ ދައުލަތުން ކިހާ ފައިސާ އެއް ބަދަލުގެ ގޮތުގަ ބަހާ ހުސްކުރީ. މީހުން ތުހުމަތު ކުރާގޮތުގަ ޕީޖީގެ ލަފާގެ މަތިން ފައިސާ ދިނީ.
ކޮސްވޭ
01 June 2020
މިހާރު ސުވާލު އުފެދޭ ޕީޖީގައި ތިބެނީ ހަމަ ކިޔާވާގެން ތިއްބަވާ ބޭފުޅުންތޯ... މީ ތޯ އެންމެ ރަނގަޅު ދަނޑިވަޅަކީ މީހުން ޖަލަށް ދޫކުރަން؟ ޖަލުގައި ކޮވިޑް ކޮންޓްރޯލް ކުރަންށޭ ބުނެފައި އަދި އެމީހުން ގެނަސް އެއްކަލަ ކޮވިޑް ކޭސްތައް އެންމެ ގިނަ ރެޑް ލެވަލްގައި އޮތް ސިޓީއަށް ދޫކޮށްލަނީ.. އެމީހުންގެ ގެދޮރެއް ހުރޭތޯ އެއް ބަލާލީކީއެއް ނޫން. އެކަމު މޮޅެތި ޝަރުތުތައް ބުނެލާފަ އެހެރީ ދޫކޮށްލާފަ. ދޫކޮށްލި އެންމެން ހުރީ މަގުމަތިވެފަ.
އައްޔުބެ
01 June 2020
ޕިސް ޕިސް..ދެން ކީކޭ ބުނާނީ..އެއްބަޔަކަށް ވުރެ އެނެއް ބަޔަކު ގަދަކަން ދައްކަން..ބަަލަ ފުލުހުންނަކީ ތި މައްސަލަތައް ބަލާ މައްސަލަތައް ޕީޖީ އަށް ފޮނުވިފަރާތް..ދެން ކީއްވެބާ ފުލުހުންނާއި މަޝްވަރާ ނުކުރެވެންވީ..ތީގެން ތި ދޭހަވަނީ ވަރަށް ނުބައި އެއްޗެއް..ގައުމު ގޮސްފައި އޮތް ހިސާބު ތި ފެންނަނީ..ތިކަހަލަ މަންޒަރު ފެނޭ ބައެއް މަސްތުވާތަކެއްޗާއި އަދި ގޭންގްސްތަކާއި ގުޅުން އޮންނަ ސީރީޒް ތަކުންނާއި ފިލްމްތަކުން.
ކޮރަލް
01 June 2020
މަސްތުވާ ތަކެތި ވިއްކާ މީހުންނަކީ މިލިއަނަރުންނެވެ. އެމީހުން ސަލާމަތް ވާން މިލިއަނުން ހަރަދު ކުރާނެ އެވެ. އެފައިސާ ކޮންމެ ވެސް ބަޔަކަށް ލިބޭނެ އެވެ. އެއީ ކޮން ބައެއް ތޯ ބަލާލަ ބަލާށެވެ.
ގަޓް ބްރޯ
01 June 2020
ސިޔާސީ ފަރާތްތަކާ ބޮޑެތި މުޖުރިމުންނާ މީ ދެނަމެއް ކިޔަސް ހަމަ އެއް ވިސްނުމެއްގެ ބައެއް. އެމީހުންނަށް މުހިންމުވާނީ އަބަދަދުވެސް އަމިއްލަ އަންބޮޑި ބޮޑުކުރުން. ގައުމާ ރައްޔިތުން އެހާ މުހިންމެއް ނުވާނެ. ހީވާގޮތުން އެހެން އެވަނީ ހަމަ "ފޮތްނުކިޔާތީ" ވާގޮތް.
މޯޑް
01 June 2020
މިރޭ ރާއްޖެޓީވީއަށް އަރާ ދިފާއު ގަ ކީކޭބާ ކިޔާނި?