ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް: ކޯލިޝަނާ ގުޅޭގޮތުން ތޯރިގް ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ ރައްދު ދެއްވާފައި -- ފޮޓޯ/މަޖިލިސް
02 ޖޫން 2020 - 02:10
ސަރުކާރު ކޯލިޝަން ދަމަހައްޓަނީ ވަކި ވަޒީރުންތަކެއް މަގާމުތަކުގައި ބައިތިއްބައިގެން ކަމަށް ވިދާޅުވެ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރައްޔިތުންގެ މަޖިލީހުގައި މިރޭ ވާހަކަ ދެއްކެވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އޭނާއަށް ރައްދު ދެއްވައިފި އެވެ.
މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހަދާ އޮތް ކަމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމަށް ނިސްބަތްވާ ތޯރިގް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ނުކުތީ ކޯލިޝަނަށް ބެލުމެއް ނެތި ކަމަށާއި އެހެންވެ، ކޯލިޝަން އެއްބަސްވުމާ ސަރުކާރުން ޚިލާފް ވެފައިވާ ކަމަށެވެ.
އެގޮތުން މިހާރު ސަރުކާރު ކޯލިޝަން ހިފަހައްޓަނީ ވަކި ބޭފުޅުންތަކެއް މަގާމުގައި ބައިތިއްބައިިގެން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނާއި ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ. ރައީސް މައުމޫންގެ ދަރިފުޅުގެ މިނިސްޓަރު ކަން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގު އެހެން ވިދާޅުވުމުން ގާސިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެއީ މިހާރު ބަހުސް ކުރެވޭ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް ވެރިކަމަށް ގެނައި ކޯލިޝަނާ މެދު އެ ޕާޓީން އަމަލުކުރީ ކިހިނެއްތޯ އައްސަވާ އޭނާ ދެން ވިދާޅުވީ އެއީ ވަރަށް ހުތުރު ވާހަކައެއް ކަމަށެވެ.
"ޕީޕީއެމް އަމަލުކުރި ގޮތުގެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކާލަމާ ހިނގާށޭ. އެހެންވީމަ ބަލަ އެއް ބަޔަކާ ދިމާލަށް އެއްޗެހި ކިޔޭކަށް ނެތެއް ނޫންތޯ ތިމާމެންގެ ފަހަތް އޮތީ ވެސް ކިހިނެއްތޯ ރަނގަޅަށް ބަލައިލަން އެބަ ޖެހޭ ދެއްތޯ. އޭގެެ ފަހުން އެހެން ވާހަކައެއް ދައްކަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ ވަރަށް ހުތުރު ވާހަކައެއްހެން ތި ދައްކަވަނީ އިނގޭތޯ. ވަރަށް ހުތުރު ވާހަކައެއް،" ގާސިމް ވިދާޅުވި އެވެ.
ކޯލިޝަނާ ބެހޭ ގޮތުން ތޯރިގް އަނެއްކާވެސް ވާހަކަ ދައްކަވަން ފެއްޓެވުމުން ގާސިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެއީ މަޖިލީހުގައި މިހާރު ބަހުސްކުރެވޭ މައްސަލަ ނޫން ކަން ފާހަގަކުރައްވައިފަ އެވެ. އަދި ހުރިހާ މެމްބަރުން ވެސް މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޯލިޝަނާ މެދު ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވިއިރު، މި ސަރުކާރާއި ޕީޕީއެމް ވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެކަމަކު ވަކި ހިސާބަކުން ޖުމްހޫރީ ޕާޓީން ކޯލިޝަނުން ވަކިކުރުމުން، އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅުނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ވެސް ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިންބެ
04 June 2020
ބަލަގަ ހޭފުޅުބަހައްޓަވާ އިނގޭތޯ. ރަނގަޅަށް ކަންކުރާ ޕާޓީއެއް އެބައޮތްތޯ؟ ރަނގަޅަށް ކަންކުރާ ކޯލިޝަނެއް ފެނުނުތޯ؟ ފުރަތަމަ އެމްޑީޕީން ހެދި ކޯލިޝަނަށް ކިހިނެއްތޯވީ. ވިދާޅުވެބައްލަވާ
ބޯ ކެޔޮނިރު
03 June 2020
ގާސިމުގެ ހަޔާތްކުޑަކަން އެކަނި މީގެން ހާމަވީ ،،،
ތޯރިގު މިޢާ
02 June 2020
އެހެނެކޭ ކިޔާފަ މިޔާ ހިފެހެއްޓުމެކޭ ނުހިފެހެއްޓުމެކޭ ވާނީ އެއްވަރު. ތިތަނަށް ކަލޭ ހޮވުނުގޮތެއް ހޯދަންވީ؟
މަހިމީހށ
02 June 2020
ޓޮމް 2 ވަނަ ދައުރަކަށް ގޮނޑި ކާމިޔާބު ކުރީ ރައްޔިތުންގެ ރުހުމާއި ތާއީދު ބޮޑުކަމުން، އަދި ކުރިމަތިލިޔަސް މަހިބަދޫ ދާއިރާއިން އޭނަ ބަލިކުރެވޭ ތަނެއް ނުފެނޭ
ރެއިންބޯދޫ
02 June 2020
މަހިބަދޫ މައްޝޫރު ވެފަ އޮންނަނީ ވަރަށް އޭގެ މީހުން އުޅޭ ރަށެއްކަމަށް!
އެމްޑީޕީމީހާ
02 June 2020
މިމީހާ ވެރިކަން ހޯދަންވެގެން ކުރީގެ ސަރުކާރު ބަގާވާތަކުން ވައްޓާލަން އުޅުނީމަ ރައިސް ޔާމިން އެކަން ވިޔަނުދިނީ. ރައިސް ޔާމިންގެ ނިމްމުން ވަރައް ބަރާބަރު. ދިވެހިންނަ ނުވިސްނެނީ
އަލީ ދީދީ
02 June 2020
ޔާމީނެއް ނަޝީދެއް ސޯލިހެއްގެ ކުންފުންޏެއް ނޫން ވިލާ އަކީ. ވިލާގެ މުވައްޒަފުންގެ މުސާރަ ދެއްވަންޖެހޭނީ ވިލާ އިން. ލަދެއް ނުގަނޭތޯ ތިން މަހަށް ޖުމްލަ 930 ދޭން؟ މިޔައް ކިޔިދާނެ ޕެންޝަން ފްރޯޑް. ވަޒީފާދޭ ފަރާތުން ދޭންޖެހޭ ބައިވެސް ކުޑަވާނެތާ. އަދި މުވައްޒަފުން ވަކި ނުކުރަމޭ ކިޔާފަ ކުންފުންޔަށް އެހީ ލާރި ކޮޅެއްވެސް ލިބިދާނެތާ.
އަލީ ދީދީ
02 June 2020
ވިލާގެ މުވައްޒަފުންގެ މުސާރަ ކޮބައިތޯ؟ ދެން ދެވެން އޮތީ މަހަކު 1000 ރުފިޔާ އޭ ކިޔާފާ މާރިޗުގައި އަސަރުގަދަ މެމޯއެއްނެރުނު. އެކަމަކު ވިލާ "އާއިލާ" މުވައްޒަފުންނަށް މާރިޗު މަހުންފެށިގެން ދީފައި ވަނީ ޖުމްލަ 930 ރުފިޔާ (ޕެންޝަނަށް 70 ރުފިޔާ ކަނޑާފައި( . ރަމަޟާން މަސް ނިމިގެން ދިޔައިރު ރަމަޟާން އެލަވްސެއް ނުދޭ. އަދި ނުދޭ ލާރިޔަކައް ޕޭ ސްލިޕް ފޮނުވަނީ. އެ މެމޯގައި ބުނިގޮތައް ތިބޭފުޅާ ތި އުޅުއްވަނީ އާންމު މީހާ އުޅޭ ހާލެއްގައެއް ނޫން.
ސްކިޕަރ
02 June 2020
ބޮޑު ހަފްލާ ބާއްވާފައި، ހަވާ އަރުވާ، މާފަތި އަޅުވައިގެން ޖުމުހޫރީ ޕާޓީއަށް ވެއްދި ބަޔަކު ކޮން ކޯލިޝަނެކޭ ތިޔަ ކިޔަނީ؟
ޙަސަން.
02 June 2020
ހަލޯ. ތޯރިގު އެއީ ޖުމްހޫރީ ޕާޓީތޯ؟
އިންޑިއާރާއްޖެ
02 June 2020
ތޯރިގު އެވިދާޅުވީ ހަމަ ރަނގަޅަށް، އައިޝާ އެއީ ސަރުކާރުން އަޅުވާފަ އިންނަތަޅެއް؟ އަންލޮކުވެ މަގާމުން ވަކިކޮށްފިނަ ގާސިމު ސަރުކާރުން ވަކިވާނެ ހަމަ އެގޮތަށް މައުމޫނުގެ މިނިސްޓަރުންވެސް ތިބީ ހަމަ އެގޮތަށް، ސޯލިހުއަށް އެނގޭ ކޯލިޝަން ރޫޅިއްޖެނަމަ އެމްޑީޕީއަކަށް ސަރުކާރު ނުހިފެހެއްޓޭނެކަން. ސޯލިހު ބަލަނީ މިނިސްޓަރުންގެ އެއްވެސް ޕުރޮޑަކްޓިވިޓީއެއްނެތަސް މަގާމުން ވަކިނުކޮށް ކޯލިޝަން ދަމަހައްޓަން؟ ދިވެހިބަހުން މިއަށްކިޔަނީ ރައްޔިތުންނަށް ހަރާންކޯރުވުން؟
މުހައްމަދު
02 June 2020
ޤާސިމަށް ޒަމާނެއްގައި ބަޔަކު އިހްތިރާމްކުރިއަސް މިހާރަކު ނުކުރޭ މިއޮތް ބޮޑު ކާރިސާގައި ޤާސިމް ނިކަމެޔި ރައޔިތުންނަށް ކޮށްދއްވީ ކޮންކަމެއް ހުޔޮބަހެއްވެސް ބިނެފަފައެް ނުވޭ
އަޒީޒު
02 June 2020
ނުކުރެވޭނެތާ. ޢެވަރަށް ކަލަގޮވައިފި. ޢޭނާކޮށްދިން ކަންތަކުގެ އަގުވެސް ރައްޔިތުން ތިންފަހަރެއްްގެ މަތިން ވޯޓުދީ އަދާކޮށްފި
ާއުނިމާ
02 June 2020
މީ އަމިއްލަ އެދުން ނޫން އެއްވެސް އެެހެން އެއްޗެއް ކުރިޔަށް ނެރޭމީހެއްނޫން! މީހަކަށް އެހީވަނީ ކަންދައްކަން، ދެން އޮންނާނީ ކަލަގޮވުން! ތަޢުލީމީ ޤާބިލް މެންބަރުން ތިއްބާ ޕާޓީގެ މަޤާމުތައްވެސް ބަހަލީ ހުސް ބޮލުންނަށް! މީނަމީ ހެޔޮކަމުގެ ބަދަލު ތެޔޮހަން ދޭ މީހެއް! ޕާޓީގަ އެންމެ ބޮޑަށް މަސައްކަތް ކުރި ޤާބިލު މީހުނަށް ދިނީ ތެޔޮހަން!