05 ޖޫން 2020 - 15:02
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ އުފުލާއިރު ދައުވާ ކުރާނެ ގޮތާއި މީހުން ކަނޑައަޅާނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކަމަށާއި އެކަމުގައި އެހެން ބައެއްގެ ލަފާ ހޯދަން ނުޖެހޭނެ ކަމަށް، ޕީޖީ ހުސަން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި ޕީޖީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަވަހަށް ދައުވާ ކުރަން ޖެހޭ މީހުން ކަނޑައަޅެމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޮވިޑް-19 އިން އަރައިގަތުމާއެކު އެ މީހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާނެ ކަމަށެވެ. އެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ އަދަދު 260 އަށް ވުރެ މަތި ކަމަށް ބެލެވޭއިރު، އޭގެތެރެއިން ތުހުމަތުކުރެވޭ މީހުންނަށް އެއް ފަހަރާ ދައުވާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
MMPRC ge hiyaanaathugai avahah dhauvaa kuran jehey meehun kanda alhanee
The most trusted news source in the Maldives
Mihaaru
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަވަހަށް ދައުވާ ކުރަން ޖެހޭ މީހުން ކަނޑައަޅަނީ
އެކަމާ ގުޅޭގޮތުން ޕީޖީ ޝަމީމް މިއަދު "މިހާރު" އަށް ވިދާޅުވީ ހެއްކާއެކު ހުށަހަޅައިފިނަމަ އެ މައްސަލާގައި ތުހުމަތު ކުރެވޭ 260 އެއްހާ މީހުންގެ މައްޗަށް އެއްފަހަރާ ވެސް ދައުވާ އުފުލާނެ ކަމަށެވެ. ޕީޖީން ދައުވާ އުފުލާނީ ހިތްހަމަ ޖެހޭވަރަށް ހެއްކާއެކު ހުށަހެޅުމުން ކަމަށާއި ދައުވާ އުފުލުމާއި ނުއުފުލުމުގެ ބާރު އޮތީ ޕީޖީ އަށް އެކަނި ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެވަރަށް ހެކި ހުށަހަޅައިފި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ ކުރާނެ. މުޅިން ވެސް ތިބީ އިސްކަން ދޭން ޖެހޭ މީހުން. ފުލުހުން ހެއްކާއެކު ހުށަހައިފިނަމަ އެއް ފަހަރާ ވެސް ދައުވާ އުފުލޭނެ،" ޝަމީމް ވިދާޅުވި އެވެ.
"ދައުވާ ކުރުމާމެދު ގޮތެއް ނިންމާނީ ޕީޖީން. ގާނޫނުއަސާސީ ޕީޖީއަށް ލާޒިމް ކޮށްފައި ހުރި ކަންކަމަކީ އެހެން މީހުންގެ ލަފާ ހޯދާނެ ކަމެއް ނޫން."
އެމްއެމްޕީއާރުސީގެ ތަހުގީގު މުއައްސަސާތަކުން ގުޅިގެން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދާ ކަމަށާއި ކޮވިޑް-19 އަށް ކިރިޔާ ވެސް ލުޔެއް ލިބޭ ހިސާބުން ބަޔާންތައް ނަގަން ފެށޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އެހެން މައްސަލަތަކެކޭ އެއްފަދައިން މި ހިޔާނާތުގެ މައްސަލާގައި ވެސް ޕީޖީން ފުލުހުންނަށް ލަފާ ދެމުން އަންނަ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"ވަކި މައްސަލައެއް އަވަސްކޮށް ލަސްކޮށް ކުރުމުގެ ވިސްނުމެއް ނެތް އަޅުގަނޑުމެންގެ ނެތް. ތަހުގީގު ޓީމުން ވަރަށް މަސައްކަތް އެބަކުރޭ މި ހާލަތުގައި ވެސް މި މައްސަލަ ތަހުގީގު ކުރުމަށް،" ޝަމީމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލުން ލަސްވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހްލޫލާ
06 June 2020
މިސަރުކާރުގެ ހުރިހާ މުއައްސަސާތައް މިހިންގަނީ ވަރަށް މިނިވަންކޮށް އެމީހަކު ބޭނުން އެއްޗެއް ދެންތިބި މުއައްސަސާތަކަށް ބުނަމުން، އެކަމަަކު މިގޮތައް ނޫސްތަކުން ފެނުނީމަ ގައުމުގަ ވެރިޔަކު ނެތް ކަމުގެ އިހްސާސް ކުރެވޭ.
އޮނަރަބްލް އަފީފު ދީދީ
06 June 2020
ޤާނޫނަކީ އެއްމާއްދާ އަނެއްމާއްދާގެމައްޗަށް ގަތާލެވިފައިވާ ބާރުގަދަ ޗޭނެއްފަދަ އެއްޗެއްކަމަށްވާއިރު "ދައުވާއުފުލުމާއި ނުއުފުލުމުގެ ބާރު އޮތީ ޕީޖީ އަށް އެކަނިކަމަށް" ބުނެ އެކަންނުކުރުމުގެ ބާރުވެރިކަންވެސް ޕީޖީގެ މަޤާމްގައި ހުންނަވާބޭފުޅަކަށް ލިބިގެންވާކަމަށް މާނަކުރެވޭގޮތަށް ޕީޖީ ވާހަކަ ފުޅު ދައްކަވައިގެން ނުވާނެ. އެއީ ޤާނޫނުއަސާސީގައި އެކަން އޮތް ޤާނޫނީ ހަމައެއްނޫން. މިފަދަ ބަސްތަކަކީ ވިޔާނުދާގޮތަށް ޤާނޫނު ބޭނުންކުރާންވެގެން ދައްކާ ވާހަކަ ތަކެއް.
Sharaf Deen
06 June 2020
ޕްރޮސެކިޔުޓަރ ޖެނެެރަލް ކިޔަނީ ކަމަކު. ޕްރޮސެކިޔުޓުކުރުމުގެ ބާރު އޮތީ އޭނާއަށް. މަސްއޫލިއްުޔަތު އަދާކުރުމުގައި ނާޤާބިލުކަމަށް ނުވަތަ ނުފޫޒުން އެއްކިބާ ނުވާކަމަށް ފެންނަނަމަ އޮތީ މަޖިލީހުން އިމްޕީޗްކުރުން.
ހަސަނު
05 June 2020
މަށަށް އަސުލު ހީވަނީ އިމްރާނު އެބުނަނީ ހެކި އެއްކޮށް ޕިރޮސެކިއުޓަ އަށް ފޮނުވާނެ ތަރުތީބުގެ ވާހަކަ ހެން..
falcon_autho
06 June 2020
ރަނގަޅަށް ހަސަނު ތިބުނީ. ދައުވާ އުލަން ޕީޖީއަށް ފޮނުވުމުގައި ކުރެވުނު މަސައްކަތާއި ލިބިހުރި ހެކީގެ މައްޗަށް ބަލައި ދައުވާކުރުމަށް އަވަހަށް ފޮނުވޭނެ މީހުންނާއި ލަހުން ފޮނުވޭނެ މީހުންގެ ވާހަކަ އިމްރާން އެވިދާޅުވަނީ. ދައުވާކުރުމުގެ ބާރު ހޯމްމިނިސްޓަރަށް އޮތްނަމަ ކޮންމެހެން ޕީޖީއަކަށް ފޮނުވާނެ ވާހަކަ ބުނާކަށްވެސް ނުޖެހޭނެދޯ؟ ބަސްބުނުމުގެ ކުރިން ވިސްނާ! އެއިރުން އަގުނުވެއްޓި ގަދަރު ވެރިވާނީ.
ޒުލޭހާ
05 June 2020
ޝަމީމް އެކްޓިވިސްޓެއް ހެން ނޫޅެބަލަ! އަމަލު ގިނަކުރޭ! ފޮތް ކިޔާވަރަކަށް ބަސް މަދުކޮށް އަމަލު ގިނަކުރާނީ! ހާމިދު އަބްދުލް ގަފޫރު އުޅޭހެން ނޫޅެން ނަސޭހަތްތެރިވަން!
ކަންނާޑި
05 June 2020
ހޯމް މިނިސްޓަރަކީ ދިހަހާސް މީހުން ހަމަނުވާ ޕާޓީއެއް
ސޭކު
05 June 2020
ޢަނގަފެޅީ. ކޮންކަމެއްވާ މީހެއްތީ. ނިކަން މަޖިލީހުގަ ހިނގި ކަންތައް ބަލަން އުޅެބަލަ. ނުކެރޭނެކަން ކށަވަރު. ދޮން ދައްތަ އިނީމަ
ގޯސް
05 June 2020
ބޯގޯސް މަ ދޯ އަދިވެސް ގޯސްވީ. ދެން ތަހްގީގު ނިންމާ ނުލިބެންޏާ ކޮންވާހަކައެއް
ފީނާ
05 June 2020
އިމްރާނުވެސް ޕީޖީވެސް ރަގަޅު. މައްސަލަ އުޅެނީ މާނަކުރުމުގަ. އިމްރާނު އެބުނަނީ ދައުވާކުރަން ޕީޖީއަށް ފޮނުވާ މީހުންގެ ވާހަކަ. ޕީޖީ ބުނަނީ ދައުވާ އުފުލާ މީހުންގެ ވާހަކަ. ވަރަށް ސާފު މައްސަލައެއީ. ނޫސްތަކުން އޮޅުވާލާތީ މިހެންވަނީ
ސަރީފާއްތަ
05 June 2020
ޕޮއް....
ބޮޑުމީހާ
05 June 2020
މި ސަރުކާރުގެ ވާނުވާ އިގޭ މީހަކު އެބައުޅޭތަ! އިއްޔެ ސިޓީ ކައުންސިލުން މިއަންގަނީ ބިޒްނަސް ޕާރމިޓް ހޯދަން އެތަނަށް ލާން، ފުލުހުން އަންގަނީ އެކަންކުރަނީ އެމީހުންކަން، ހޯމް މިނިސްޓަރ ބުނަނީ އެމްއެމްޕީއަަރުސީގެ ތަހުގީގުގައި އިސްކަންދޭ ތަރުތީބެއް ތައްޔާރުކުރަނީ، ޕީޖީ މި ބުނަނީ އެއްވެސް ތަރުތީބެއް ނެތޭ! އިބޫ ސޯލިހު ކޮބާތަ؟ ސަރުކާރުތެރޭ ކިތައް ސަރުކާރު އެބައޮތް!