14 ޖޫން 2020 - 22:01
ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ލޮކްޑައުންގެ ދުވަސްވަރު ގޭގެއިން ބޭރަށް ކުނި ނެރެ ތިރީގައި ބަހައްޓާ ގޮތަށް ހަމަޖެއްސި އުސޫލަށް އޯގަސްޓު މަހުގެ 1 ވަނަ ދުވަހާ ހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާއެކު ލޮކްޑައުން އިއުލާންކުރުމުން ވެމްކޯ އިން ވަނީ ކުނި ނަގަމުން އައި އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ. ފާއިތުވި ދެ މަހު ވެސް ވެމްކޯ އިން ކުނި ނަގަމުން އައީ ހުރިހާ ގެއަކުން ކުނި ތިރިއަށް ބޭލުމުން މެންދުރު 12:00 އާއި 2:00 އާ ދެމެދުގަ އެވެ. އޯގަސްޓް 1 އާ ހަމަ އަށް މިގޮތަށް އަމަލުކުރާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ލުއި ދީ ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ހަމަޖެއްސުމުން، ވެމްކޯ އިން ވެސް ވަނީ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފަ އެވެ.
ވެމްކޯ އިން ބުނީ ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގާނީ ކުރިއެކޭ ވެސް އެއްގޮތަށް، އެޗްޕީއޭގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ލުއިތަކާ އެކު ވެސް ވެމްކޯ އިން މުވައްޒަފުންނާއި ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، ކުނި އުކާލުމުގައި މިހާރު ވެސް އަމަލުކުރާ ރައްކާތެރިކަމުގެ އުސޫލުތަކަށް އަމަލުކުރަން ވެމްކޯ އިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާނީ
15 June 2020
މިހާރު ތިރިއަށް ކުނި ގެންދާ ގޮތަށް ގެންދިއުން ވަރަށް ރަގަޅު. ވެމްކޯ މުއައްޒަފުން ކޮންމެ ދުވަހަކު އެތައް ބިލްޑިންގ އެއްގެ މައްޗަށް އަރާ ކުނިތައް ހިފައިގެން ފައިބާއިރު އެއީވެސް އިންސާނުން ކަން ދަންނަން ވާނެ. މިހާރު އެބައެއްގެ ގޭ ބިސީ އަކުން އެބަޔަކު ކުނި ތިރިކުރުމުން އެއްމެނަށްވެސް ވަރަށް ފަސޭހަ.
ނިރު
15 June 2020
މިހާރު މަގުމަތި މިއޮންނަނީ ގޭގެ ތިރީބަޔަށްވެފަ
ޔޯމޭން
15 June 2020
މަގުމަތީ ބަހައްޓަނީ ވެމްކޯއިން އަންނަ މީހުން ބުނެގެން. އެމީހުން ބުނީ ދޮރޯށިން އެތެރެއަށް ނުވަންނާނަމޯ.
ބޮޑުމީހާ
15 June 2020
ވެމްކޯ މުވައްޒަފުން ދުވާލަކު އެތައް ބިލްޑިންގތަކަށް އަރާފޭބުމަކީ ބުރަ މަސައްކަތެއް. ގޭގެތިރިއަށް ކުނި ބޭލުމަކީ ދާއިމަށް ކުރަން ރަގަޅުގޮތެއް. ނޫނީ ކަލެކްޝަން ސެންޓަރުތަކެއް ހެދުން ރަގަޅު
އަޙްމަދު.
15 June 2020
ކުނި ތިރިން ކަލެކްޓް ކުރާނަމަ ޗާކުކުރާގޮތަށް އޮންނަނީ 100ރ. އެކަމު އެކަމު ފާއިތުވި 2 މަހުވެސް 150ރ ޗާޖުކުރި. މީ އެޕާޓްމަންޓް ދޮރުކައިރިން ކުނި ކަލެކްޓްކުރާނަމަ ނަގާ އަގު.
އެހެން
15 June 2020
ބަރާބަރަށް ބޮޑުކޮށް ޗާޖްކުރަމުން ދަނީ. މިހާރު 100ރ ވެސް ކުޑަކޮށްދޭންޖެހޭ އަސްލުގަ.
ކޮއިފުޅު.
14 June 2020
އަބަދުވެސް ތިރިއަށް ކުނި ބާލާ ގޮތަށް ހަދާ ބަލަ. ކޮން އޮގަސްޓެއް ކިޔާކަށް.
ވެމްކޯ
14 June 2020
ކުނި ތިރިޔަށް ގެންދަންޔާ ބިލްވެސް ކުޑަ ކޮއްދޭން ޖެހޭ
އަޑަފި
15 June 2020
-/50 ބިލުން އުނިވާން ޖެހޭނެ.
ސީރިއަސްކޮށް
15 June 2020
އަމިއްލައަށް ކުނި ކޮތަޅު ވެމްކޯ ވެހިކަލަށް ލާ ގޮތަށް ހަދާ ޚިދުމަތް ހިލޭ ކުރަންވީދޯ؟؟؟