އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް: ފެން ފަންޑަށް ލިބުނު ފައިސާ މެނޭޖްކޮށްފައި ވަނީ ރަނގަޅަކަށް ނޫން.
17 ޖޫން 2020 - 22:22
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެއިން ފެނުގެ ހިދުމަތް ކެނޑުމުން އުފެއްދި "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް" އަށް 127.52 މިިލިޔަން ރުފިޔާ ލިބުނު އިރު އެ ފަންޑުން ހަރަދުކުރާނެ ކަންތައްތައް ކަނޑަ ނާޅަައި 10.82 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ފެން ފަންޑަށް ލިބުނު ފައިސާގެ އަދަދާއި ހަރަދުކުރި ގޮތުގެ ތަފްސީލު ހޯދަން ކުރި އޮޑިޓަށް ފަހު އާއްމު ކުރި ރިޕޯޓްގައިވާ ގޮތުން ފަންޑަށް ލިބުނު ފައިސާ އިން ހަރަދުކުރާނެ ކަންތައްތައް ކަނޑަ ނާޅައި 10.82 މިލިޔަން ރުފިޔާ ހަރަދުކުރި އިރު، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެމްޑަބްލިއުއެސްސީ އަށް ހުށަހެޅި ބިލްތަކަށް ފައިސާ ދައްކަން ދަތިވަމުން ދިޔަ އެވެ.
ވޯޓާ ކްރައިސިސްއާ ގުޅިގެން އެހީހޯދަން އުފެއްދި އެ ފަންޑަށް ޖަމާކުރި 127.52 މިލިޔަން ރުފިޔާގެ ތެރެއިން 85.82 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވަނީ އެ ކާރިސާ އިން އަރައިގަތުމަށެވެ. އަދި ބާކީ ހުރި ފައިސާ ޖަމާކޮށްފައި ވަނީ ލޯން އަދި ކެޕިޓަލް ވޯކްސް ފަންޑަށެވެ.
ފަންޑާ ގުޅޭ ގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ގޮތުގައި އޮޑިޓް ރިޕޯޓްގައިވާ ކަންތަތައްތަކުގެ ތެރޭގައި ފންޑު އެކުލަވައިލީ މާލިއްޔަތު ގާނޫނުގެ 25 ވަނަ މާއްދާގައި ބުނާ ފަދަ ޓްރަސްޓް ފަންޑެއްގެ ގޮތުގައި ނޫން ކަމާއި އެމްޑަބްލިއުއެސްސީން ކުރި ހަރަދަށް ވުރެ އިތުރަށް 12.75 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި ވުން ހިމެނެ އެވެ.
ފެން ފަންޑަށް ލިބުނު ފައިސާ މެނޭޖްކުރި ގޮތަށް ބަލައި ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުރަން އޮޑިޓް ރިޕޯޓްގައި ދީފައިވާ އެއް ލަފަޔަކީ ދައުލަތުގެ ވަކި ބޭނުމަކަށް އެހީގެ ގޮތުގައި ނުވަތަ ހަދިޔާގެ ގޮތުގައި ލިބޭ ފައިސާ އަކީ ޓްރަސްޓް ފަންޑެއްގެ ގޮތުގައި ބެލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
18 June 2020
ރީދޫ ޕާޓީ ކުދިންނަށް ޒިޔަތު ހާދަ ކަމުދެޔޭދޯ ރައީސް ޔާމީނު މަގާމު ދިންމީހެއް ޒިޔަތަކީ ކިހެނެއްބާ މިވަނީ
ޒިހާނިޔޯ
18 June 2020
މުޅި މާލެއިން ފެން ކެނޑުނީ އުސޫލުގެ ތެރެއިންތޯ؟؟ ރީނދޫ ބޮޓުތައް މާގަޔަށް ބާރުކުރަނީ ކަލޭމެން ނަމަ 10 ބިލިއަން ދުއްވާލީސް! ވޯޓުދެވުނު މޮޔަ މިހާރު ހީވޭ!
ކަޅުކަޅު ދޮނޭ
18 June 2020
ޔާމީނު ވެރިކަމުގަ ގައުމުގެ މުއައްސަސާތަކުން ވައްކަން ކުރަމުން ދިޔައީ މިފަދަ އިދާރާތަކުގެ ހަތަރެސްފައި ބަދެ އަހަމަތީގަ ގޮށްމުށް ބަހައްޓައިގެން --މިބޭފުޅުންނަށް ފުރުސަތު ލިބި ބަލައިލިއިރު ވައްކަން ކޮށްފަ އޮތީކީ ދެތިންދުވަހަކުން ބަލާ ނިންމަލެވޭ ކަހަލަ ގޮތަކަށްނޫން.. އޮޑިޓަރ ގެނެރަލްގެ މަސައްކަތަށް ޝުކުރު އަދާ ކުރަންޖެހޭ.. .
މަލާކާ
18 June 2020
ކެޔަސް ނުކެޔަސް ބާކީ ކޮއްފިއެއް ސަރުކާރަކީ ރައްޔިތުން ޚިދުމަތް ނުދެވެންޔާ ބޭރުވާން ޖެހޭނެ
ވަހީދުއްދީން
18 June 2020
އެހިސާބަށް ދިޔައިރު ރައްޔިތުންނަށް އެއިރު އަންގާވެސް ނުލީމަ، ތިވާހަކަ ޤަބޫލު ކުރަން މިހާރު އުނދަގޫ ވާނެ.
ސަންޕާޅޯ
18 June 2020
އޯޑިޓް އޮފީހަކީ ބޮން އަޅާ ތަނެއްކަން އެނގިއްޖެ 2008 ވަނަ އަހަރު އިންތިޚާބާއި ދިމާކޮށް ރައީސް މައުމޫނަށް ވޯޓުމަދު ކުރުމަށް ނެރނު ރިޕޯޓުތަކުން އެކަނި ވެސް.
ޗޮއްބެ ތަކުރު
18 June 2020
ތިޔަވުރެ ގިނަ ފައިސާއެބަ ފުން ފަޅެއްހިއްކަން އަޅާބާލާއެބަ .. ޗޮއް
ބޮޑުމީހާ
17 June 2020
ފުރަތަމ އޮޑިޓަރ ޖެނަރަލް 2014 ގައި ހިގި ކަމެއް 2020 ވަނަ އަހަރު ނެރުނު ސަބަބު ބަލަންވީ. މިހާރު ތިކަމެއް ކުރި ބަޔަކު ދުނިޔޭގަ ތިބި ކަމެއް ވެސް ނޭގެ. ބޮޑު މުސާރަ ދީފަ ޒިންމާ ހަވާލުކުރީމަ ޖެއްސުމެއްނުން މިކުރަނީ. ކޮވިޑް ކްރައިސިސް ރިޕޯޓު ނެރޭނީ 2030 ގަ އިގޭ
Ali Gasim
17 June 2020
މީވެސް އުވާލަންޖެހޭތަނެއް ބޮޑު މުސާރަ ނަހައިގެން ރިޕޯޓެއް ލިޔަން 5 އަހަރު މުއާލަތްކެނޑުނީމާ ކަންކަން ހައްލުނުކުރެވޭ ހުރިހާ މުއައްސަސާތައް އުވާލަންޖެހޭ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރުން ހުއްޓާލަން ވެއްޖެ ޕާރފޯމްނުކުރާތަންތަން އުވާލާ
އާދަނު ބާދަނު
17 June 2020
ސުވާލަކީ 2014 ގައި ހިނގި ކަމެއް، އެތައް ކޮރަޕްޝަނެއް ހިނގި ކަމަށް އޭރުވެސް ތުހުމަތު ކުރި ކަމެއް، އޮޑިޓް ރިޕޯޓު ނެރެވޭ ވަރު ވީ 5 އަހަރު ފަހުން 2020 ގައި ހެއްޔޭ؟ ކާކު ދެކެ ބިރުން ހެއްޔޭ މިފަދަ ބޮޑެތި ރިޕޯޓުތައް މި ލަސްވަނީ؟ރިޕޯޓު ކުރަން 5 އަހަރު، ތަހުގީގަށް އަނެއް 5 އަހަރު، ކޯޓު މަރުހަލާގައި 10 އަހަރު. ނިމޭ އިރު ސާބިތެއް ނުވާނެ. ޝުކުރިއްޔާ ގައުމު
އިބްޝާ .
18 June 2020
20 އަހަރު ވިޔަސް ފުރުސަތު ލިބިގެން ވާނީ..
އަބޫބަކުރުބެ
17 June 2020
ތީ ކޮންމެބަޔަކުވެސް ކަންކުރާގޮތް. ކޮވިޑް ކަންތައްވެސް ފަހުން ކޮނެލައިފިއްޔާ ނިކަން ގިނަ ފަސްނެގޭނެހެން ހީވަނީ. ޔާ ﷲ! މި ޤައުމަށް ހެޔޮވެރިއަކު ދެއްވާންދޭވެ. އާމީން.