ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސްގެ ރައްދު: ފޮޓޯ އަށް ފްލެޓްތައް ރީތި، ދިރިއުޅެން ކަމަކު ނުދޭ!

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް: މި އިމާރާތްތައް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަަމަށް އެޗްޑީސީން ބުނޭ. --ފޮޓޯ/މިހާރު

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯ އިރޮއްސޭ މަންޒަރާ އެކު ކިތަންމެ ރީއްޗަސް އެތެރެ ހުރި ގޮތުން ދިރިއުޅެން ކަމުނުދާ ކަމަށް ވިދާޅުވެ، 7،000 ފްލެޓް ދިނުން ލަސްވާ މައްސަލައިގައި އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކުލި ނުދެއްކި ގިނަ ބަޔަކަށް ދަތި ހާލު ޖެހި އެއް ބަޔަކު މަގުމަތިވާ އިރު ވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުދީ ހިފަހައްޓަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީކަން ސިފަކުރައްވައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ދާދި ފަހުން ވަނީ އިރުއޮއްސުނު ގަޑީގައި ނަގާފައިވާ ފްލެޓްތަކުގެ ހިތްގައިމު ފޮޓޯއަކާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް، ފްލެޓްތަކުގެ ފޮޓޯ އާއްމުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައި.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ "އެއީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޭކާރު ހަރަދެއް" ކަމަށެވެ. އެ ހަރަދު ކުރުމަށް ފަހުގައި ވެސް އެ ފްލެޓްތައް ހަވާލުކުރާ ގޮތަށް ކުރީ ސަރުކާރުން ނިންމާފައި އޮތީ ދޮރުތައް ހަރުނުކޮށް، ޓައިލްސް ވެސް ނުޖަހައި ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަވަހަށް ފްލެޓްތައް ބޭނުންވެގެން އުޅޭތީ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުމެވެ.

ރައީސް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓްތައް ގާތްގަނޑަކަށް ނިމެމުން އަންނައިރު ބާކީ ހުރީ މަދު މަސައްކަތްތަކެކެވެ. ކުރީ ސަރުކާރުން ރާވާފައިވާ ގޮތަށް އެ ފްލެޓައް ނިމޭއިރު ދޮރުތަކާއި ޓައިލްސް ވެސް ޖެހުމެއް ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވިސްނުމަކަށް ވީ އިތުރަށް ފައިސާ ހޯދައިގެން ފިނިޝިން ވެސް ނިންމުމެވެ. އެކަން ކުރަން އިތުރަށް 43 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށް ލޯނެއް ނަގަން ވެސް ނިންމި އެވެ.

"އެކަން ކުރާ ނަމަ ވަގުތު ނަގާނެ. އަޅުގަނޑުމެން މިހާރު ވިސްނީ އެ ހުރި ގޮތަށް [ކުރިއެކޭ އެއްގޮތަށް ފިނިޝިން ނުނިންމައި] ހައްގުވާ ފަރާތްތަކަށް ދިނުން،" ރައީސް ވިދާޅުވި އެވެ.

އަވަހަށް އެތަނަށް ވަންނަން ގިނަ ބަޔަކު ބޭނުންވެފައި ތިބުމުން ސަރުކާރުން އެގޮތަށް ނިންމީ ކަން ފާހަގަކުރައްވައި އެތަނުގައި ދޮރެއް ނުހުންނާނެ ކަމާއި ތަޅުމަކު ޓައިލްސް ވެސް ނުހުންނާނެ ކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވި އެވެ.

ހައްގުވެރިންނަށް ފްލެޓް ދިނުމުގައި ލަސްވަނީ، ބޭއިންސާފުން އެ ފްލެޓްތައް ބަހާލާފައި ހުރެގެން އެކަން ބަލަންވެގެން ކަމަށް މިއަދު ވެސް ރައީސް ވިދާޅުވި އެވެ. ފޯމުގައި ހަމައެކަނި ނަން ޖަހާލާފައި ހުރި މީހުންނަށް ވެސް ފްލެޓް ދީފައި ހުރި ކަމަށާއި ފޯމު ނުލާ ފަރާތްތަކަށް ވެސް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުން ފަދަ އެތައް އޮޅުވާލުމެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަންކަން ސާފުކުރަމުން ގޮސް މަސައްކަތުގެ 90 ޕަސެންޓް ގާތްގަނޑަކަށް ނިމިފައި އޮއްވައި ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނީ. މިހާރު އެ ކުރާ މަސައްކަތަކީ ގޭގެއަށް ގޮސް ފްލެޓް ހައްގުވާ މީހެއްތޯ ބެލުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ފްލެޓްތައް ހަވާލުކުރެވޭނެ ވަކި ތާރީޚެއް ވިދާޅުނުވެ ރައީސް ޔަގީންކަން ދެއްވީ ވީހާވެސް އަވަހަކަށް އެ ފްލެޓްތައް ހައްގުވެރިންނަށް ދޫކޮށްލާނެ ކަމެވެ.

އަޅުގަނޑުގެ ހިތެއް ނުބުނޭ އެތަނަށް ވަދެފައި އޭގެތެރެއިން 80 ޕަސެންޓް މީހުން ވެސް އެއީ ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލުކުރާނެއޭ. އެހެންވެ އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން، ތިބޭފުޅުންނަށް ދައްކާލަން ގެންދާނަން، ބޭރަށް ވަރަށް ރީތި، ފޮޓޯ ނަގަން ވަރަށް ރީތި އިރުއޮއްސިފައި އޮންނަ ގަޑީގައި. --ރައީސް ވިދާޅުވި އެވެ.

ޖެހިޖެހިގެން ޓަވަރުތައް ހުރި ގޮތާއި އެތެރެ ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 5،000 އަށް ވުރެން ގިނަ މީހުން ދިރިއުޅޭއިރު އަރައި ފައިބަން ހުރީ އެންމެ ތިން ލިފްޓް ކަމަށެވެ. އޮފީހާއި ސްކޫލް ގަޑިތަކުގައި އެއިން ޓަވަރަކުން ތިރިއަށް ފައިބައިން ކިހާ ވަގުތެއް ހޭދަވާނެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

ހިތްހަމަނުޖެހިވަޑައިގެން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން ބޮޑު ކިއޫއެއް ލިފްޓް ކައިރީގައި ހަދަން ޖެހޭނެ އެވެ.

އަނެއްކާ އެ ވިދާޅުވަނީ އަގު ވެސް 6،000-7،000ރ. އަށް ދޭނަމޭ. މިހާރު އެ ހުރި ގޮތަށް ކޮސްޓް ޕްރައިޒްގައި ދޭ ކަމަށް ވަންޏާ ވެސް މަހަކަށް 11،000ރ. އެބަ އަރާ. ކިހިނެއްތޯ އެއަށް މީހުން ފައިސާ ދައްކާނީ. --ރައީސް

ރައީސް ވިދާޅުވި ގޮތުގައި ފްލެޓްތައް ހިފަހައްޓައިގެން ތިބޭކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. ކުރީގެ ސަރުކާރުގައި އެ ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަށް ފިނިޝިން ނުނިންމައި ވީހާވެސް އަވަހަަކަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން. --ފޮޓޯ/މިހާރު

މިހެން ވިދާޅުވުމަށް ފަހު ވެސް ރައީސް ކަންބޮޑުވުންފާޅުކުރައްވައި ވިދާޅުވީ އެތަން ހުރި ހާލަތު ނޫސްވެރިންނަށް ދައްކާލާނެ ކަމަށެވެ. ފްލެޓްތައް ދިނުން ލަސްވެގެން މި ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ވަޑައިގެން ބެއްލެވި ކަމަށާއި ހުރި ހާލަތު އެނގިވަޑައިގަތީ އެ ހިސާބުން ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

135 ކޮމެންޓް, 160 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 1%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރާރު

25 June 2020

ޢިބޫއާ ޖެހުނީމަ އެތަން ނިންމަންވީ ވަރަށް.ނުނިންމާ ގިނަ ވާހަކަ ނުދައްކާ ކޮބާ ހަމަޖެހުނު ލޯނު އެހެން ކަމަކަށް ޚަރަދުކޮއްލާފަ ތިޔައުޅެނީ ރައްޔިތުން ގުނބޯހައްދަން ދެން ބުނޭ ޔާމީނު ފްލެޓް ތަކުގެ ފެންވަރޭ ، ސަރުކާރުން ޖެހޭނެ ލޯނު ހޯދައިގެން އެތަންތަން ފުރިހަމަ ކޮށްދޭން އެހުރިހާ ކަމެއްކުރާކަށްނޫންތަ ވެރިކަމާ ހަވާލުވީ. ލޯނުހޯދައިގެން ފުރިހަމަ ކޮށްދިނުމަކީ ސަރުކާރުގެ ކަމެއް ޔާމީނު އެހުރީ ވެރިކަމުން ދުރުކުރެވިފަ ވެތިކަމުގަ ތިބި ބަޔަކު ކޮށްދޭން ޖެހޭނެ

The name is already taken The name is available. Register?

ޙަސަނުގެ ދަރި

25 June 2020

ފިނިޝިންގ އަށް ހަމަޖެހުނު ލޯނު ނަގައިގެން ބޭނުންކުރީކީ ނޫންބާ ދޮރެއް ، ޓައިލް އެއް ، ފަންކާއެއް ނުލާ ދޭން ތިޔަ އުޅެނީ މިސަރުކާރުން ޔާމީނު ކޮށްފަ ހުރި ހުރިހާ ކަމެއް ދަނީ ހަލާކުކުރަމުން ހަލޚުނުކުރެވޮ އޮތީ ބްރިޖް އެހެން ހުރިހާ ތަނެއް ހަލާކުކޮށްފި ބުނުވަން ބޭނުންވަނީ ތޯއްޗެ ޔާމީނު ސަރުކާރުން ހަމައެކަނި ކުރިކަމަކީ ބްރިޖް އެޅުމޭ ކޮންމެ ސަރު ކާރެއް އޮތަސް ރައްޔިތުންގެ ފައިދާއަށް ޖެހޭނެ މަސައްކަތް ކޮށްދޭން އިބޫ ތިހަދާ ގޮތަކީ ޔާމީނު ދެކެ މީހުންރުޅި އަރުވަނީ

The name is already taken The name is available. Register?

ޯބޮޑޭ

24 June 2020

ތިކަހަލަ ދޮގުވާހަކަ، އޮޅުވައިލަން ހާދަގިނަ ވާހަކައެއް ދައްކަވައިފިޔޭ. ދެންވެސް ހަވާލުކުރަން ނޫޅެ އަނެއްކާވެސް ޕްރެސްއެއް ބާއްވަވާފަ ބަހަނާއެއްް ދައްކަވާނެ. މިހާވަރުވީމަ ބޮޑުވަރު. ކުރީގަވެސް ޕްލެޓާ ގޯއްޗާ ދީނީ ފެންނަ ބަޔަކަށް. ޢެ ހައްްގުވީ. ޢެޔެއްނު ތި ހަދަންއުޅޭ ގޮތަކީ. ތިޔަބޭފުޅުން އެަކަނި ހައްގުއެނގޭނީވެސްް.ް. ހުޅުމާލެއިން ފުރަތަމަ ފްލެޓް ދިނީވެސް، މިހާރު ހުރިގޮތަށް މުށިނުޖަހާ. ދެންކޮބާ މައްސަލަޔަކީ

The name is already taken The name is available. Register?

ޢަލއ

24 June 2020

ބަލަ އަގުގެ ވާހަކަ ތިހާ ގިނައިން ތިދައްކަނީ ކީއްވެގެންބާ؟ ރަށްރަށުގައި އަޅާ ފުޓްސަލް ދަނޑުގެ އަގު އެރަށުގެ ރައްޔިތުންގެ އަތުން ނަގަންތަ، ސްކޫލްތައް އޮފީސްތައް ކޯޓުތައް ދެން ކޮން ވާހަކައެއް، އޯކޭ ރަމްޒީ އެއްޗެއްނަގާ އެ ވާންވާނީ ރައްޔިތުންނަށް ދެވޭވަރުގެ އެއްޗަކަށް، ހުޅުމާލޭގަ މައުމޫނު އެޅުއްވި ފްލެޓް 2 ކޮތަރި އެހެރީ 2900 ރުފިޔާއަށް 4 ކޮޓަރި 6000 ރުފިޔާއަށް މާލޭގަވެސް އެހެރީ މާލެހިޔާ 1 2 4 ކޮތަރި 6000 ރުފިޔާ ދޭންވީ ނޫންތޯ؟ ތީ ވިއްކާ ވިޔަފާރިކުރަން

The name is already taken The name is available. Register?

ޖާބެ

24 June 2020

މާލޭ ރައްޔިތުންނައް ގޯތި ދެނި ކޮންއިރަކުން ، މާލޭ ރައްޔިތުން މިކަމައް ވިސްނަންވެއްޖެ އަޑުވެސް އުފުލަން ވެއްޖެ..

The name is already taken The name is available. Register?

އެހެންތަ ؟

24 June 2020

މާލޭ މީހުނަށް ގޭގައި ތިއްބާ މަހަކު 2000 އެމަރިކާ ޑޮލަރު ދޭގޮތަށް ހަދާންވީ ނުން؟ އޭރުން މާލޭ ގޮލާމެނަށް ލަންކާ މެލޭޝިޔާ ތަންތަނަށް މަޖާކޮށްލަން ދެވޭނެއެއްނު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 June 2020

ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓްގައި ތިބިފަރާތް ތަކަށް އޮކްޓޯބަރ ގެ ކުރިން ފްލްޓް ޙަވާލު ކުރާނެކަމަށް އިއުލާން ކުރަންޖެހޭ. # އަދި ފްލެޓް ލިބޭމީހާ އެހެންމީސް މީހުނަށް ފްލެޓް ކުއްޔަށްދެނީ އެގޮތަށް އެކަންކުރުމުން ބޮޑު ފައިދާއެއް ލިބޭތީ. # މިކަމަށް ހައްލުހޯދަން ތަނުގެ ކުއްޔަކީ 15 ހާސް ކަމުގައި ހަމަޖައްސާ 3 މަހުގެ އެޑްވާންސް ނަގާންޖެހޭ. އޭރުން ތިތަންތަން އެހެންފަރާތް ތަކަށް ބޮޑުއަގުގައި ކުއްޔަށް ނުދެވޭނެތީ ބޭނުން ނޫންމީހުން ފްލެޓް ހޯދަންނޫޅޭނެ.

The name is already taken The name is available. Register?

ރަށުމީހާ.

24 June 2020

ތިތަންތަނުގެ ކުލި 15000ރ އަށް ވުރެން ކުޑަކޮށްގެން ނުވާނެ. 7500ރ އަށް ދީފި ނަމަ ފްލެޓް ލިބޭ މީހާ ވިސްނާނީ 18000ރ އަށް ކުއްޔަށް ދީގެން ފަރަޤުގެ ގޮތުގައި ލިބޭ ލާރިކޮޅު ހިފައިގެން ގޮސް ސިލޯނުގެ ނޫނީ މެލޭޝިޔާގަ ދިރިއުޅެން. ސަރުކާރުން މިކަން މިގޮތަށް ވުމަށް ނޭދޭނަމަ ފްލެޓް ތަކުގެ ކުލި ބަހައްޓާންވީ 15 ހާހަށްވުރެން މަތީގަ.

The name is already taken The name is available. Register?

ސާބިރު

24 June 2020

ދީދީ ގެ ޙިޔާލަށް ތާއީދު. ފްލެޓް ލިބޭ މީހާއަށް ލުއިދިނުމުގެ ނަމުގައި ފްލެޓް ގެ ކުލި ކުޑަކުރިވަރަކަށް ތިތަންތަން ލިބޭ މީހުން އެހެން ފަރާތް ތަކަށް ފްލެޓް ކުއްޔަށް ދީގެން ފައިދާ ނެގުން އިތުރުވެ މަޣުސަދު ހާސިލެއް ނުވެ އަނެއްކާވެސް ބޯހިޔާ ވަހިކަމުގެ ކަންކަން ގޯހުން ގޯހަށް އިތުރުވެގެން ހިގައިދާނެ.

The name is already taken The name is available. Register?

ފޭން............

24 June 2020

ތި ބުނާ ކޮތަރު ކޮށި ތަކުގަ މާލޭގައި ވެސް ކުށްޔަށް އުޅެނީ!.... ތިތަން ބަހަނާ ނުދައްކާ ދީބަލަ ނިކަމެތި ރައްޔިތުނަށް..އާ ތަނެއްގައި އުޅެން ވެސް ބޭނުން ވާނެ އެތައް މީހުނެއް ތިބޭނެ ދޯ!

The name is already taken The name is available. Register?

ޕެންޓަހައުސް

24 June 2020

މާލޭގަ މީހުން ދިރިއުޅެނީ ޕެންޓަހައުސް ތަކުގަ.

The name is already taken The name is available. Register?

އާދަމުގެދަރި

24 June 2020

ނުދީ ހުރީ އުޅެން ކަމުނުދާތީ. އުޅެން ކަމުދާ ގޮތަށް ހަދަން 43 މިލިޔަން ޑޮލަރު ބޭނުންވޭ. ވެރިކަމަށް ދޮޅުއަހަރަށްވުރެ ގިނަދުވަސްވީއިރު އެބުނާ ލާރިކޮޅު ހޯދައިގެން ނަހަދާ ހުރީ ކީއްވެ؟ އެވެސް ކަމުނުދާތީތަ! މިހާރު ތިޔަ ބުނަނީ ހުރިގޮތަށް ދޭނީއޭ. ރައްޔިތުން އަތްމަތި ދަތިވި ވަގުތު ރައްޔިތުންގެ ބޮލަށް އަނެއްކާ އަނެއް ބުރަ ޖައްސަނީ ދޯ. ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް އޮއްވާ ދިން ނަމަ މިހާރު ތިބޭނީ ހަދައިގެން ވަދެއެއް ނޫންތަ!

The name is already taken The name is available. Register?

ަހަށިފާ

24 June 2020

އިބުރާ ކަލޭ ތިއުޅެނީ ލާރިއާ ހެދި ހޭބަލިވެގެން . ފާރުގަނޑުވެސް ތަޅާފަ ތަން ހުރި ގޮތަށް 1100 ރފ. ދޭން ފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454