ޚަބަރު / ރައްޔިތުންގެ މަޖިލިސް

ބިދޭސީން ބޭންކް އެކައުންޓު ހުޅުވުމަކީ ތަކުލީފެއް، ލުޔެއް ލިބެން ޖެހޭ: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. ބިދޭސީން އެކައުންޓް ހުޅުވަން އިތުރު މުއްދަތެއް ދިނުމަށް ގިނަ މެމްބަރުން ތާއީދު ކުރައްވާ. - ފޮޓޯ: މަޖިލިސް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވަން މިހާރު އޮތް ތިން މަހަކީ ކުރު މުއްދަތެއް ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ވަޒީފާ ދޭ މީހާ ތިން މަސް ތެރޭގައި ބިދޭސީ މުވައްޒަފުންގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށް އޮތުމުން ވަޒީފާ ދޭ މީހާ އަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުން ދާ ކަމަށެވެ. އެހެންވެ، ފައިސަލް ހުށަހެޅުއްވީ ތިން މަސް ދުވަހުގެ ބަދަލުގައި ހަ މަސް ދުވަހަށް ބަދަލުކުރުމަށެވެ.

ފައިސަލް ވިދާޅުވީ ބިދޭސީން ފަޅުރަށްތަކާއި ރާއްޖޭގެ އެކި ރަށްރަށުގައި ތިބެ މަސައްކަތް ކުރާއިރު އެއިން ކޮންމެ ރަށެއްގައި ބޭންކްގެ ބްރާންޗެއް ނުހުންނާތީ އެކަމުގެ ދަތިތަކާ ވެސް ކުރިމަތިވަމުން ދާ ކަމަށެވެ. އަދި މުއްދަތު ހަ މަހަށް ބަދަލުކޮށްފި ނަމަ، އެމީހުންނަށް ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެއްވެސް ދިވެއްސަކަށް ދައްޗެއް ކުރިމަތިވާ ނަމަ، އެ ދަތިތައް ފިލުވައިދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ޕީޕީއެމް ޕީޖީ ގްރޫޕްގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ފައިސަލް. - ފޮޓޯ: މަޖިލިސް

"އެކައުންޓްތައް ހުޅުވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަގްސަދުގައި މި ހުށަހެޅީ، އަޅުގަނޑުމެން ދެކެނީ މިކަމަށް ލުޔެއް ލިބޭނެ ގޮތް ވުން،" ރިޔާޒު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެކައުންޓް ހުޅުވަން ކުރު މުއްދަތެއް އޮތުމުން ބައެއް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމުގެ އަޑުތައް އިވޭ ކަމަށެވެ. އަދި އެކައުންޓް ހުޅުވަން ބޭންކުން ވަކި އަދަދަކަށް ނަންބަރު ދޫކުރާތީ ގިނަ ބަޔަކު އެ ޝަކުވާ ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން މަސް ތެރޭގައި މިކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުނާސަބު އިސްލާހެއް މި ދަނޑިވަޅުގައި ތިން މަސް އިތުރުކޮށް ހަ މަހަށް ހެދުމަކީ،" އަނާރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް. މި އިސްލާހު މަޖިލީހަށް ބަލައިގަނެ، ކޮމެޓީގައި އިތުރަށް ދިރާސާ ކުރާނެ ކަމަށް ބެލެވޭ. - ފޮޓޯ: މަޖިލިސް

"ހަ މަހަށް ވުރެ އިތުރަށް ފުރުސަތު ދޭން ޖެހިއްޖެ ނަމަ ވިސްނާލާފައި އެ ފުރުސަތު ވެސް ދޭން ޖެހޭ."

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިދިޔަ ދައުރުގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ސަރުކާރަށް ލިބޭ އާމްދަނީއަށް ވުރެ، ރައްޔިތުންނަށް ލިބޭ ތަކުލީފު ބޮޑު ކަމަށެވެ. އަދި ގާނޫނުތައް ހަދާއިރު ދެ ފަހަރަށް ވިސްނަން އޭނާ ގޮވާލެއްވި އެވެ.

"މި ގާނޫނަކީ ރައްޔިތުންނަށް އިންތިހާއަށް ތަކުލީފް އޮތް ގާނޫނެއް، ރާއްޖޭގެ ބީއެމްއެލްގެ 10 ވަރަކަށް ގޮފި ހުންނައިރު، 198 ރަށުގެ މީހުން މުސާރަ ޖަމާކުރަން ދާނީ، [ކޮން ތާކަށް؟]" ގަފޫރު ސުވާލު އުފެއްދެވި އެވެ.

"ބޭންކްތަކުން ތައްޔާރަކަށް ނޫން އޮތީ އިތުރު 150،000 އެކައުންޓް ހުޅުވާކަށް."

އޭނާ ވިދާޅުވި ގޮތުގައި ބޭންކް އެކައުންޓް ހުޅުވަން ހަ މަސް ދުވަހުގެ މުއްދަތެއް ދިނަސް، ބޭންކުތަކުން އޮތީ އެގޮތަށް އެކަން ކުރެވޭނެ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން މި ގާނޫނަށް އަމަލު ކުރަން ބޭނުން ނަމަ، ދާއިމީ ގޮތެއްގައި އެކަމަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާ ލިބިގެން މެނުވީ ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ވާނީ ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީއެއްގެ ނަމުގައި އޮންނަ އެކައުންޓަކަށް ކަމަށް، ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓްގެ ޓެކްސްއެއް ނަގާށެވެ. ބިދޭސީންގެ މުސާރަ ބޭންކަށް ޖަމާނުކުރާ ނަމަ، ވަޒީފާ ދޭ ފަރާތް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުން ދީފައިވެ އެވެ.

6 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒާ

20 October 2016

ޝައްކެއްވެސް ނެތް ބިދޭސީންނަށް އެކައުންޓު ހުޅުވުމަކީ އެހާ ފަސޭހަ ކަމެއްނޫން. އެކަމުގައި އެތަކެއް ގޮންޖެހުން ތަކެއް އެބަހުރި. ބައެއް މިހުންގެ ވާރކް ވިސާ ހަމަވެފައިވާތީ އެކަން ވިސާ އާކޮށް ގެންނޫނީ އެކައުންޓެއް ނުހުޅުވޭ. ވިސާ އާކުރުމަކީ ދަތި އުނދަގޫ ކޮަމެއް އެތައް ދުވަހެއް ނަގާ ކަމެއް. ކަން މިހެން އޮތް އިރު ކުއްލިއަކަށް ތިޔަ ނިންމި ނިންމުމުން ވަރަށް ބޮޑު އުނދަގުލެއް މިޖެހުނީ. ޖޫރިމަނާގެ މައްޗަށް ޖޫރިމަނާ ވާގޮތް ހެދީ. ފައިސަލް ގެ ބިލްތައް ބޭރު ކޮށްލިކަމީ ވަރަށް ދެރަކޮށް ކުރި ކަމެއް.

The name is already taken The name is available. Register?

އިޓްސްމީ1

20 October 2016

ޤާނޫނާއި ޤާނޫނު އަސާސީއާއި ޤަވާޢިދުތަކާއި މިކަންތައްތަކުގައިވާ އެންމެ ފުރިހަމަ ކަމަކީ މިތަކެތި މި ހަދަނީ ހަމަ ކިރިޔަކިރިޔާ ލިޔަންކިޔަންއެނގޭ ޖާހިލުންތަކަކަށް ވެފައި އެ އަށްބަލައިގެން ޙުކުމްކުރަން ތިބެންމިޖެހެނީ ހަބޭހަށް ކިޔަވައިގެން ތިބިމީހުނަށްވުމެވެ. މީގައި އަދި އެއަށްވުރެވެސް މޮޅުތަންކޮޅަކީ ނުކިޔަވާތިބި ޖާހިލުންގެތޯ ޖާހިލުކަންބޮޑީ ނުވަތަ އެމީހުން އެމަޤާމްތަކަށްހޮވި އަހަރެމެންކަހަލަ ކިޔަވައިގެންތިބި މޮޅެތި ޢިލްމުވެރިންގެތޯ ޖާހިލުކަންބޮޑީ އެކަންވެސް ނޭނގުމެވެ. ކޯޓުތަކުން މިކަމާއި ޙުކުމެއްކުރުން މުހިންމެވެ.

The name is already taken The name is available. Register?

އަހުމަދު

20 October 2016

ބީއެމްއެލްގައި ދިވެހިން އެކައުންޓް ހުޅުވަން އުފުލަން ޖެހޭ ތަކްލީފްވެސް ކުޑައެއްނޫން..އަދި ބޭރުމީހުނަށް ކިހާވަރެއްވާނެ..

The name is already taken The name is available. Register?

ދިރާސާ

20 October 2016

ބިދޭސީމީހާގެ އެކައުންޓުން ކޮންމެ މަހަކު 75 ރ ސަވިސްޗާޖްކަނޑާއިރު ޖަމާކުރާމުސާރަ އަދި އިނާޔަތްތަކުން 3 ޕަސެންޓްކަނޑައެވެ.

The name is already taken The name is available. Register?

އެމްސް

20 October 2016

ދިވެހި ބޭންކް ތަކާއި މުޢާމަލާތް ކުރުމަކީ މިއަދު ދިވެހީންނަށްވެސް މުސީބާތެއް!

The name is already taken The name is available. Register?

ޖަޑިބު

20 October 2016

އަޖައިބެއް ތީދެން... ތިހުރިހާ ހަޑިއެއް ހޭވުމުގެ ކުރިން ތިކަމެއްނޭގޭތަ އަޅެ، ތަނެއްދޮރެއް ބަލާނުލާ ހިތުހުރި ގޮތަކައް ޤާނޫނު ފާސްކޮއްފައި ތިބެގެން އޭތި މީތި ގޮވާނަގަނީ،، އެހެން ނުންވާނީ ފިލްމުކުޅޭ މީހުނާ، ޑުރާމާ ކުޅޭމީހުނާ ވިޔަފާރިން ވީއްޔާ ހޮވާފަ ތިބީ،،،، ދެންއިގޭނީވެސް އެނޫން ކޮންކަމެއް،،،، ދެންފަހަރަކުން މަޖިލިސް މުޅިން އާވެ ހަރުދަނާ ހެޔޮވިސްނުން ތެރިބަޔަކު ތިބޭނެކަމައް އުއްމީދުކުރަން.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454