މިނިސްޓަރު އަސްލަމް: މަގާމަށް އައި ބަދަލާ އެކު، އޭނާއަށް ރުހުން ދޭން ކޮމެޓީން ވަނީ ފާސް ކޮށްފައި -- ފޮޓޯ/މިހާރު
27 ޖޫން 2020 - 13:34
މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.
ޕްލޭނިން އެންޑް ނޭޝަނަލް އިންފްރާސްޓްރަކްޗާގެ މަގާމުގައި އަސްލަމް ހުންނަވަނިކޮށް ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވުމުން މިނިސްޓްރީގެ މަސައްކަތްތަކާއި ނަމަށް އައި ބަދަލާ އެކު، އެ މަގާމަށް އަލުން އަސްލަމް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެހެންވެ، އޭނާއަށް ރުހުން ހޯދަން މަޖިލީހަށް ވެސް ފޮނުވި އެވެ.
އަސްލަމަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިދިޔަ ހަފުތާގައި ނިންމީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އާތިފާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.
އެ ބަދަލު ގެނައުމާ އެކު، ޕްލޭނިން މިނިސްޓްރީއަކީ މި ސަރުކާރުގައި މިހާރު އެންމެ ބޮޑު މަސްއޫލިއްޔަތު ހަވާލު ވެފައިވާ މިނިސްޓްރީއަށް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަކޮއި
28 June 2020
ތީ ވަރަށް ކަމެއް ނުވާ މީހެއް. މުޅިން އަނގައިން ހިފަހައްޓާ މީހެއް. ހިނގުން ރީތި ވާނެ.
ރީތި މޫސަ
28 June 2020
މުޅިންވެސް ނަޝީދު ބޭނުންގޮތަކަށް ކަންކަން ކުރާތަންމިފެންނަނީ މިސަރުކާރުހިޔެއްނުވޭ ކުޅޭކުޅޭކުޅުން ހުއްޓާލާނެހެހެއް އާދޭސްކޮށްފަމިބުނަނީ ރައްޔިތިނުން ހަނާނުވަނީސް ކުޅިވަރުކުޅުންޓާލާފަ ރައްޔިތުންގެ ޖީބަށް އެއްޗެއްލެވޭވަރުކޮށްދީބަލަ ތީކުރިންވެސް އެއްވެސްކަމެއްމާލެއަށް ކޮށްނުދެވުނުމީހެން
އަލީ ރަސްގެފާން
27 June 2020
އެމްޑީޕީ ވެރިކަން ކުރާނެ ފަހުފަހަރުމީ އިންޝާﷲ
ކާސިމު
27 June 2020
އަދި ޕީޕީއެމް ވެސް... ހެޑް އިނަފް އޮފް ދީސް ޓޫ
ނާސިރު ބޭނުމީ މިނިވަންކަން.
27 June 2020
ދިވެހި ރާއްޖެ އަމިލްލަ ފުޅައް އިންޑިޔާގެ އަޅުވެތިކަމައް ދިޔަ ސަރުކާރެއް މީ. މިކަމުން އަރައިގަންނަން ވަރައްގިނަ އަހަރުތަކެއް ވަނެ. އިންޑިޔާގެ ނުފޫޒާ ހެދި ރާއްޖެ ކުރިއަރަން އުދަގޫވާނެދެން.
ޢިބޫ
27 June 2020
ދެން ހިޔެއްނުވޭ މާލޭގެ ރައްޔަތުންނެއް އެމްޑީޕީގެ އެއްވެސް ކަމަކަށް ވޯޓްދޭނެހެނެއް. އެއީ މިވެރިކަމުގަވެސް މާލޭގެ ރައްޔަތުންނަށް އެއްވެސް ކަމެއް ނުކޮއްދޭތީ ހާއްސަކޮއް އަސްލަމް ހުރެގެން މާލޭ ރައްޔަތުންނަށް އެއްކަމެއްވެސް ނުކޮއްދޭނެ.
ގުދުގުދާ
28 June 2020
ކުޅުދުއްފުށި ފަދަ ރަށްތައް ވެސް ހިއްކީ ދައުލަތުގެ ފައިސާއިން! އެކަމަކު އެރަށުން އެހެން ރަށެއްގެ ބަޔަކަށް ގޯތި ނުލިބޭ! އެކަމަކު މާލެ ސަރަހައްދުން ރާއްޖޭގެ އެންމެނަށް ފުލެޓް ގޯތި ލިބޭ! މާލޭ މިހުންނަށް އެއްވެސް ހަމަ ހަމަ ކަމެއްނެތް! މިފަހަރު ވޯޓް ލިބޭނީ މަލޭ މީހުންނަށް ރަށްރަށުގައި އޮންނަ އުސޫލުން ގޯތި ކަނޑާ ދިނީމައި!
ކުމާރު
27 June 2020
ފެލެޓް އަޅަން އުޅޭތަނެއް ނުފެނޭ, ގުޅީފަޅު ހިއްކަން އެބައުޅޭ.
ޝޮކްތެރަޕީ
27 June 2020
އެމްޑީޕީ އަކީ މަކަރާ ހީލަތުން ވެރިކަން ކުރާ ބައެއް.
ފަހުދު
27 June 2020
ހުވާތަ؟ ހިޔެއްވެސް ނުކުރަން
ރާއްޖެ
27 June 2020
2 އަހަރު ވާ އިރު މީނާ ކުރީ ކޮން މަސައްކަތެއް؟
ބޮޑުމީހާ
27 June 2020
ތި ރުހުން ދީގެން ވިޔަސް ވައުދެއް ފުއްދެވޭތޯ ބަލާ، އެއްގަމުގަ ފްލެޓެއް ނޭޅިގެން އުޅެނިކޮށް މީނަ ބުނި ދިވެހިން ދެން ގެދޮރު އަޅަންވީ ފަޅުމަތީގައޭ، ރިސޯޓުގަ ހުންނަ ގޮތަށް