30 ޖޫން 2020 - 18:46
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ ކުއްޖާ މިހާރު ބަނޑުބޮޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަަމުން އަންނަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްރަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އިތުރު އެއްވެސް ތަފްސީލެއް ވެސްް އަދި ނުދެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގެ ގެސްޓްހައުސެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
02 July 2020
ހުރިހާ ރޭޕިސްޓުންތަށް ހައްޔަރުކޮށް ޖަލަށް ލާންވީ... ގަދަ އަދަބް ދޭންވީ.... ބަލާނެ ކަމެއް ނެތް ނިކަމެއްޗެއް، ފަގީރެއް، މުއްސަންޖެއް، ސިޔާސީ މީހެއް ޖިންސީ ގޯނާ ކުރާ ހުރިހާ ނުލަފާ ފިރިހެނުންތަކަށް ގަދަޔަށް އަދަބް ދޭންވީ.... ނުފޫޒް ގަދަ މީހަކަސް އަދި ނުފީޒެއް ނެތް މީހަކަސް ޖިންސީ ގޯނާ ކުރާ އެންމެންނަށް އަދަބް ދޭންވީ...
އަލީ އަސްފާގު
01 July 2020
ޖެންޑަރ މިނިސްޓަރު އިސްތިއުފާ ދެއްވަން ނުވޭތޯ. އަދި މަޖިލީހަށް ހާޒިރުކުރަން ނުޖެހޭތޯ. ނުވަތަ މިކަން ކުރަން މަޖިލީހުގެ ރައީސް ހަނދާން ނެތީތޯ. ނުވަތަ ހަނދާން ކުރަން ބޭނުންވާ މީހަކަށް ނުވަނީތޯ،
ސަފާރީ
01 July 2020
ކޮން ސަފާރީއެއް ކިޔާކަށް... ސަފާރީ mއޮތީ ހައްޔަރުގައި، ބޮޑު ކުށެއް ކޮށްގެން.
ކޮރޯނާ.
01 July 2020
ހާދަ ކޮމްންޓް މަދޭ.. ސަފާރީއެއްގަ ނޫންވީމަދޯ!
ކިއްލިބާޝާ
01 July 2020
މިހާރަކަށް އައިސް ތަނެއް ދޮރެއް ނުބަލާ ވާނުވާ ނޭނގި އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒުކުރަން އެބަ ކޮމެންޓްކުރޭ. ވަރަށް ހިތާމައާއިއެކު ބުނަން އިސްލާމީ ޝަރީއަތުގައި ރޭޕެއް ނޯވޭ. އަވައްޓެރި ޕާކިސްތާން އަފްގާނިސްތާން އަދި އަރަބި ބައެއް ގައުމުތަކުގައި ގިނަފަހަރު ކުއްވެރިވަނީ ރޭޕްކުރެވުނު އަންހެނާ. އޭނަ އޭގެފަހުން ނަޖިހަކަށްވަނީ . ނަތީޖާއަކަށްވަނީ ކުށެއްނެތް އަންހެނާ އޮނަރ ކިލިންއެއްގައި އާއިލާގެ މެމްބަރުންވެގެން މަރާލަނީ. (ނުނިމޭ).
ޥިސްނާ
01 July 2020
ޑިމޮކްރަސީ ފައްކާވެ ނެޕީ ޖަހަންނުޖެހޭ އެމެރިކާ އިގިރޭސި ވިލާތު އިޓަލީ ފަދަ ބަޔަކު ނިހާޔަތައް ލޯބިވާ ތަހުޒީބް ކަމަށް ބުނާ އަދުލު އިންސާފު ގައިމުވެފައިވާ ކުރިސްޓިއަން ގައުމުތަކުގައި ދުވާލަކު ރޭފްކުރާ ކުޑަކިދިންންނާ އަންހެނުން ނަމޫނާ އެމެރިކާ Statistics| RAINN Statistics. Every 73 seconds, an American is sexually assaulted. And every 9 minutes, that victim is a child. ވަމުންދާއިރު އަދަބަކީ 2 ނުވަތަ 3 އަހަރައް ޖަލަށް! ވީއިރު ޑިމޮކްރަސީ ބެސްޓް
ފާމްދޭރި
01 July 2020
މަހީކުރީ ޝިދާތާ ވަކިވީމަ ރޭޕް ކުރުމާ ކުދަކުދިންނާ ބެހުން އެ ނިމުނީކަމަށް!
ކޮރޯނާ
30 June 2020
މިކަހަލަ ރޭޕްކޭސް ތަކުގަ މީޑިއާތަކާ އިދިކޮޅު ފަރާތްތަށް އަޅާނުލަނީ ކީއްވެތަ..؟ ކެންޏާ ކުއްޖެއްނޫންވީމަތަ؟
ވައިރަސް
01 July 2020
އަަސްލުވެސް! ކަމެށް ސިޔާސީ ނުކޮއްލެވެންޏާ މާބޮޑު އަޅާލުމެއްނެތްތަން ފެންނަނީ!
ތޫފަ
30 June 2020
ރޭޕް ނުވަތަ އެކިބާވަތްތަކުގެ އެބިއުސް... މިީކީ ވަކި ފިކުރެއްގެ ވަކި ސަރުކާރަކުން ކުރާ ކަމެއް ނޫނޭ. މީ މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ނުބައި ނުލަފާ ޖާހިލުން ކުރަމުންދާ ކަމެއް. ސިޔާސީ އޮއިވަރުންނާއި ފައިސާގެ ދަހިވެތިކަމުން އެއްކިބާވެ އެކަތިގަނޑަކަށް ވެ މިކަން ކުރާ މީހުންނަށް ހައްގުއަދަބު ހޯދުމަށް އެންމެންވެގެން މަސައްކަތްކުރަމާ، އިހުސާސް ނުކުރެވޭކަމަށްވަންޔާ މީކިހާވަރެއްގެ ބިރުވެރިކަމެއްކަން ނުދަންނަ އލތނ މަޑުން ތިބެންވެއްޖެ ދޯ؟
މިހާފީ
30 June 2020
ބަލަ ކުރިން މިކަހަލަ ކޮންމެ މައްސަލައަކީ ޝިދާތާގެ މައްސަލައެއް. އޭރު ޖެންޑާ މިނިސްޓްރީއިން އަޅާނުލާކަމަށް ވަނީ. މިހާރު ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަނީ. ކިޔާ ކޮންމެވެސް އެކައްޗެއް ކިޔާބަލަ.
ރައްޔެތު.
30 June 2020
މި ގައު މު މަތިން އުން މީދު ކަނޑާލައިފިން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ