ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ މައްސަލައިގައި މުޒާހަރާކުރަނީ: ގެމްގެ އެސްޖީއަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލައެއް ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައި. --ފޮޓޯ:ނިޝާން އަލީ /މިހާރު
10 ޖުލައި 2020 - 21:00
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ސައުދުﷲ އަހްމަދު އެ ތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ގޭމްގެ އެޑްމިނިސްޓްރޭޓާއަކަށް އުޅުނު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ވަނީ ބަޔާން ނަގައިފަ އެވެ. މައްސަލަ ހުށަހެޅިކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.
އެކަން ހިނގައިދިޔަ ގޮތް އަންހެން މުވައްޒަފު މިހާރު ވަނީ ތަފްސީލްކޮށް ފޭސްބުކްގައި ވެސް ލިއެފަ އެވެ.
ގޭމް އިން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. ޖިންސީ ގޯނާގެ މައްސަލަ ބެލޭނެ އެކަށީގެންވާ މާހައުލެއް ނެތުމުން ކަމަށް ވިދާޅުވެ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުން މޫސާ ނާސިހް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއާއެކު ސަބަބު ހާމަކުރުމެއް ނެތި އެސްޖީ ސައުދު ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ.
ސައުދަށް ކުރާ ޖިންސީގޯނާގެ ތުހުމަތާ ގުޅިގެން "މިހާރު"ން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި ވިކްޓިމްގެ ތުހުމަތުތައް ރިޕޯޓްކުރާތީ ކޮމެންޓަކަށް އެދި ކުރި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ވިކްޓިމް "މިހާރު" އަށް ކިޔައިދިން އަދި ފޭސްބުކްގައި ލިއެފައިވާ ގޮތުގައި އެކި ފަހަރު މަތިން ސައުދު އޭނާ އަށް ޖިންސީ ގޯނާކުރީ ވަޒީފާ ހަމަޖައްސައިދިނުމަށް ފަހު އޭގެ ބަދަލެއްގެ ގޮތުން ކަމަށް ބުނެ އެވެ. ވަޒީފާއެއް ބޭނުންވެފައި ހުއްޓައި ގޭމް އިން ވަޒީފާ ލިބުނީ ސައުދުގެ އެހީތެރިކަމާ އެކުގައި ކަމަށް ވިކްޓިމް ބުންޏެވެ.
"ވަޒީފާ އަށް ނުކުތް ހިސާބުން ފެށިގެން ވެސް އެކި ދުވަސް މަތިން ދިޔައީ ގޯނާކުރަމުން. ފުރަތަމަ ސަމާސާއަކަށް ހަދާފައި، ބޮޑު މަޖާގަނޑަކަށް ހަދައި އެ އަމަލުތައް ހިންގަމުން ދިޔައީ. އެކަމަށް އިންކާރުކުރާތީ ބުނަނީ ވަޒީފާ ހަމަޖައްސައިދިނީމަ ބަދަލެއްގެ ގޮތުން ކޮންމެވެސް ކަމެއް އޮންނަން ވާނެއޭ،" ވިކްޓިމް ކިޔައިދިނެވެ.
މާޗް މަހުގެ ކުރީކޮޅު ވަޒީފާ އަށް ނުކުތަސް އޭޕްރީލްގައި ކޮވިޑް-19 ގެ ލޮކްޑައުންއާ ހެދި ގޭގައި މަސައްކަތް ކުރަން ޖެހުމުން ސައުދުގެ އުނދަގޫ ކުޑަވާނެ ކަމަށް ހީކުރި ނަމަވެސް ފޯނުން ގުޅައިގެން ނުވަތަ މެސެޖުން ވެސް ފުރައްސާރަ ކުރި ކަމަށް ވިކްޓިމް ބުނެ އެވެ. ވަޒީފާ އިން ވަކިވާން ނިންމައި މައްސަލަ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް ހުށަހެޅުމުން، ޓެރަސްމަތިން ފުންމާލާނެ ކަމުގެ ބިރު ސައުދު ދެއްކި ކަމަށް ވިކްޓިމް ބުންޏެވެ.
"މައްސަލަ ޕޮލިހަށް ރިޕޯޓްކުރީ، އެ ކަންތައް ބޮޑުވެ، އެހެން މީހަކަށް ވެސް އެ ބިރު އޮވެދާނެތީ،" ވިކްޓިމް ބުންޏެވެ.
ގޭމްގެ އެސްޖީގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުކޮށް މައްސަލަ ފުލުހުންނަށް މި ހުށަހެޅީ، ހުޅުމާލެ ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގަށް ސިޔާސީ ނުފޫޒު ވަދެ އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމުގެ ކަންބޮޑުވުންތަކާ އެކު ގިނަ އަދަދެއްގެ ބަޔަކު އެ މީހުންނަށް ދިމާވެ، އިންސާފު ނުލިބި ހުރި މައްސަލަތަކުގައި އަޑުއުފުލަން ނުކުތުމުންނެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޭނާގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތާ އެކު ވަޒީރު ކަމުން ވަނީ ވަކިކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
11 July 2020
ބަލަ ބަރަހަނާ ފޮޓޯތަކާއިއެކު އިންޓަނެޓްގައި ބޭޒާރު ކޮށްލި ޕްރެޒެންޓަރެއް ޕަބްލިކް ކޮމްޕެނީއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރުވެސް އެބަ ހުރި. ކީއްވެބާ ތިލަފަތް ހަމަ ނުވެގެން މި އުޅެނީ.
ޙަބީބު
11 July 2020
ތިޔަސަރުކާރު އޮފިސްތަކަކުނޫޅޭ މަގު މަތީ ބާޒާރުން ގަންނަން ނުލިބޭ އެއްޗެއް ހިތުންސޯލިހު ދީންވެރި އަޅުވެރި ލަދުރަކި ބެލުންތިރި ހިތްހެޔޮ ހިނިތުންވުންހުރި ނަ މަވެސް ބިނދެލީ މަ ހަ މަފީކާއްޓެއް
ކަންނާޑި
11 July 2020
އަތޮޅުވެރިން ޒަމާނު ރަށް ރަށުގެ ކަތީބުންނާ އަތޮޅުވެރިން އަދި ވަޒީރުން ގެ ފަރާތުން ލިބިފައިވާ ޖިންސީ އަނިޔާތަކަށް އިންސާފު ލިބެންޖެހޭ ! އިންސާފު ގާއިމުކުރޭ ! އިންސާފު ގާއިމް ކުރޭ !
10 July 2020
މީ އަލަށް ދިމާވި ހިތާމަވެރި ހާދިސާ އެއް ނޫން... މިކަހަލަ އެތަށް ކޭސްތަކެއް އުޅޭނޭ... ހުރިހާ އަނިޔާވެރި ރޭޕިސްޓުންނާ ޖިންސީ ފުރައްސާރަ ކުރާ މީހުންތަށް ފަލީހަތް ކުރަންވީ... އެމީހުންގެ ނުލަފާ އަމަލްތަކުގެ ވާހަކަތަށް އަންގާ ފިޔަވަޅު އަޅަން ވީ... ޖިންސީ ގޯނާ ކުރާ މީހުންތަކަށް އަދަބް ދޭންވީ.... އެހެން ކުދިންނާ އަންހެނުން ޖިންސީ ގޯނާ ކުރާ މީހުންގެ ޝިކާރަޔަކަށް ވުން ހުއްޓުވުމަށް ޓަކައި... ސާބަސް ފުލުހުންނަށް ހުށަހެޅީތީ... Be strong
މީޓޫ
10 July 2020
ތިކަމުގައި ބައިވެރި ނުވެ ސަލާމަތްވާނެ ގޮތް އެބަޖެހޭ ދަސްކުރަން. ބައިވެރިވެފަ އެވާހަކަ ދެއްކުން ފަސްވަނީ.
ދިއްދޫމީހާ
10 July 2020
މި ޖިންސީ ގޯނާ ކުރުމުގެ ކަންތައްތައް ހަރުކަށި ކަމާއެކު ހުއްޓުވަން ނޫޅެފިއްޔާ ރާއްޖޭގެ މަސްތުވާތަކެތީގެ ވަބާ ފެތުރުނު ގޮތަ ފެތުރިގެން ދާނެ،މަސްުތުވާތަކެތިވެސް ފެތުރިގެން ދިޔަ ގޮތަ މިހާރު މިކަންތް ވެސް މިދަނީ
ޖަލީލު
11 July 2020
ހަހަހަހަ.. މީކީ ދިވެހީންނަށް އަލަށް ތައާރަފުވެގެން އުޅޭކަމެއްނޫން. މިކަން ނޯްންނަ ޒަމާނެއް ހިޔެއްނުވޭ އޮންނާނެހެނެއް. ރާއްޖެ އިސްލާމްވި ވާހަކައިން ފެށިގެން މިހާ ހިސާބަށް އައިއިރު މިކަން ވީ އިތުރެއްވާނީ އާބާދީ އިތުރުވެ މީހުން ގިނަ ވުމުގެ ސަބަބުން. އެ ޒަމާނުގައި އެކަން ކުރީ ރަންނަމާރި އެރިޔަނުދޭން ކަމަށް ދައްކައިގެން. ރާއްޖެ އިސްލާމް ވުމަށްފަހު ފަންޑިތައިގެ ނަމުގައި ވެސް ކުރޭ. އޮފީސް މާހައުލުގައި އާއްމު ކަމެއް. ނަތިންގް ނިއު.