ކުޑަ ކުއްޖަކަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ-- ފޮޓޯ: ޕޮލިސް
18 ޖުލައި 2020 - 19:18
ކުޑަ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވެނީ، ނ. ލަންދޫ، ޗިޗަންޑާގެ، އިބްރާހީމް ނިހާނު، 22، އަށެވެ.
ތުހުމަތު ކުރެވެނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް، ގެސްޓް ހައުސްއަކަށް އެ ކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި ކަމަށެވެ. މި މަހުގެ 5 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ނިހާދު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ނިހާނު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާ އިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާކުރާ މައްސަލަތައް އިތުރުވަމުން ދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް ޝާއިއު ކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
މި ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށް، އެ ވާހަކަތައް ދައްކާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެނ
19 July 2020
ކޮބާ ރޯޔަލް ބޭފުޅުން...އެބޭފުޅުންވެސް ޖިންސީ ގޯނާފުޅު ކުރެއްވިވާހަކަ ފުލުހުން ވިދާޅުވި.... އެބޭފުޅުންގެ ފޮޓޯފުޅު އާއްމު ނުކުރެވުނީ ރޯޔަލްފުޅު ވީމަތޯ؟ ފުލުހުން ވިދާޅުވާނެ އެއްއުސޫލަކުންނޭ މިފަދަމައްސަލަތައް ކުރިޔަށްގެންދަނީ... ކޮންކަހަލަ އެއް އުސޫލެއް؟؟؟
ބޮޑުމީހާ
19 July 2020
ރޯޔަލް ރޭޕިސްޓް ކޭސްގަ ފުލުހުންގެ ބަޔާނުގަވެސް އެބައޮތް ޖިންސީ ގޯނާކުރިޔޭ! ކޮބާ ރޭޕިސްޓުންގެ ފޮޓޯ! މައްސަލަ ތަހުގީގުކޮށްލަންވެސް ހައްޔަރުކުރަން ނުކެރުނު! ބޮޑުމީހާއަާް ބޮޑު އިންސާފު، ނިކަމެތި މީހާއަށް ކުޑައިންސާފު
ރަދީފްއޮފިޝިއަލް
18 July 2020
ހީވާ ގޮތެއް ދޯ.ލަދު ކޮބާ؟
ހުކޫމަތު
18 July 2020
ބޮޑުގޮޅިޖެހި ގަމީސްލީ ނޫކަށިފުރާ ޒުވާނެއް ނިހާނު ބުނާކަހަލަ ކަންމަތީ ޒުވާނެއް
ދޮންމަ
18 July 2020
ކޮބާތަ؟؟؟؟ ރޯޔަލް ރޭޕިސްޓުން ޒީރޯލަރެންސް
ޙުސައިން.
18 July 2020
އާންމު އާދާގެ ރައްޔިތެއްވީމާ ފޮޓޯގަހާ ވަނަވަރު އާންމު ކޮއްފައި. ކޮބާ ރޯޔަލް ރޭޕިސްޓުން. ރޭޕިސްޓެއް ވިއްޔާ ކޮންމެ މީހެއްވެސް ވަނަވަރު އާންމުކޮއް ފޮޓޯޖަހައް ޖެހޭ.
ހަކީމް
18 July 2020
މިކަން މިހެން އޮންނަ ނަމަ ވިޔަފާރި އުސޫލުން ކުޑަކުދިން ބޭނުން ކޮއްގެން ލާރިއޮންނަ ވަހުށީ މީހުން މަޅީގަ ޖައްސައިގެން ބިރުދައްކައިގެން ލާރި ހޯދުމާއި އެހެނިހެން ފައިދާ ނެގިދާނެ. މިނިންމުން ވަރަށް ރަނގަޅު ... ދެން ލާރި ވެރިން ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުން މަދުވާނެ.
އަސްލު.
18 July 2020
ޖިންސީ ގޯނާާކުރުން ގޯސް. ވަކި ބައެއްގެ ފޮޓޯޖެހުންވެސް ގޯސް. ތިލަފަތް ހަމަހަމަވާންޖެހޭނެ!
ހަކީމް
18 July 2020
ފޮޓޯ އާމު ކުރަނީ ކޯޓަކުން ހުކުމެއް ކުރާހިސާބުން. ރޯޔަލް ސަފާރީ ކޭސް ގައި ފުލުހުން ވަކި ހިސާބަކުން މައްސަލަ އޮއްބާލީ ... ދެން މިހާރު މަތިޖަހަން ވެގެން ކުރާ މަސަތްކަތުގައި ބޭލެނީ އަމިއްލަ ސޯޓު.
1828
19 July 2020
ކޯޓުން މީހަކު ބަންދުކޮށްފައި ބަހައްޓަން އަމުރެއް ނުނެރޭނެ ފުލުހުން ގޮސް ކޯޓުގައި ނޭދެނީހެއް. ރޯޔަސް ރެޕިސްޓުން ހައްޔަރު ކުރަން އަމުރު ނުނެރެނީ ފުލުހުން ކޯޓްގައި އަމުރަކަށް އެދިފައި ނުވާތީ.