ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް: ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ދަނީ ބަލަމުން
31 ޖުލައި 2020 - 17:49
ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ގއ އަދި ގދ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަމުން ދާއިރު، އައްޑޫގައި ޚާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މިއަދު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ދަނީ ރާއްޖޭގައި ފެންމަތިވަމުންނެވެ. މި މައްސަލަތަކުގައި އިންސާފު ލަސްވުމުގެ ކަންބޮޑުވުމާ އެކު ދާދި ފަހުން ސިލްސިލާ މުޒާހާރާތަކެއް ވެސް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
01 August 2020
ކުޑަފިރިހެން ކުއްޖާޔާބެހުނު މައްސަލަ ސަފާރީ މައްސަލަބެލިގޮތަށް ނުބެލިއްޔާރަނގަޅު މިހެންމިބުނީ މީހާގެގޮތުން އެކަމަކު ރައްޔިތުންތިބީ ދޫކުރާގޮތަކަށްނޫން
ސުޒާން
31 July 2020
ރޭގަ ހުށައެޅި މައްސަލައެއް އަޅާނުލާތީ ރައްޔިތުންނުކުމެ މުޒާހަރާ ކުރަންފެށީމަ އެބުނީ މައްސަލަ ބަލަމުންނޭ ދަނީ..