ރާއްޖޭގައި ހައްޔަރު ކޮށްފައި ހުރި ޔާސިރު: އޭނާ ގެއަށް ބަދަލު ކުރުމުގެ ވަގުތީ އަމުރެއް ނެރެ ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި
31 ޖުލައި 2020 - 18:22
ރާއްޖޭގައި ހައްޔަރު ކޮށްފައި ހުރި ޔަމަނު ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދަނިކޮށް މާޗް، 2017 ގައި ޔާސިރު ހައްޔަރު ކުރުމަށް ފަހު ތަހުގީގެއް އަދި ދައުވާއެއް ކުރުމެއް ނެތި އޭނާ ބަންދު ކޮށްފައި ހުރީ އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ. ދިވެއްސަކާ ކައިވެނިކޮށް އަދި ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ވިސާ ކެންސަލްކޮޮށް، އޭނާ ޑީޕޯޓް ކުރަން އޮތީ ނިންމައިފަ އެވެ.
ޔާސިރުގެ ވިސާ ކެންސަލްކޮށް އަދި ޑީޕޯޓް ކުރަން ނިންމި ނިންމުން ހުއްޓުވުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުތީ އަމުރަކަށް އޭނާގެ ފަރާތުން އެދުމުން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ސަބަބެއް ނެތް ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ޔާސިރުގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ޔާސިރުގެ މައްސަލާގައި ސަރުކާރުން ކުރިން ބުނެފައިވަނީ އޭނާއަށް ތުހުމަތު ކުރެވެނީ ޓެރަރިޒަމާ ގުޅުންހުރި ކަންތައްތަކެއް ކަމަށާއި އޭނާ ބަންދު ކޮށްފައި ހުރީ އޭނާ ފުރުވާލެވެންދެން ކަމަށެވެ. އެކަމަކު އޭނާގެ ޕާސްޕޯޓާއި ލިޔުންތައް ނެތުމުން އޭނާ ފުރުވާލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޔާސިރު ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރުމުގެ ސަބަބުން ހާލު ދެރަވެ، ހޮސްޕިޓަލްގައި ދާދި ފަހުން ވެސް ފަރުވާ ދީފަ އެވެ. އޭގެކުރިން ވެސް އޭނާ އެފަދަ ހަޅުތާލެއް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު25
02 August 2020
އިންސާފުގެ މަގުން އިންސާފު އަރާހަމަ ކުރަނީއެ، އޯގާތެރި ސަރުކާރު ، ޒީރޯ ޓޮލަރެންސްގަ ހުރިހާކަމެއް މިދަނީ ..
ައަހުމަދު
01 August 2020
ބިދޭސީން ޤަވައިދާއި ޙިލާފް ވެއްޖެނަމަ އެއްމެންނާމެދުވެސް އަމަލުކުރަންޖެހޭނީ ހަމައެއްގޮތަކަށް މިރާއްޖޭގައި އުޅޭ ވިސާނެތި ޤަވައިދާޙިލާފަށް އުޅޭ ބަންގާޅިންގެ ބޮޑެތިކުށްވެރިން ހަމަ ދެވަނަފުރުސަތު ދީގެން ނުވަތަ ޤަވާއިދާޙިލާފަށް މިނިވަންކަމާއިއެކީ އެއޮށް އުޅެނީ ޑްރަގް ވިއްކުމުގަޔާއި ގޭންގުހަދައިގެން ވެސް އުޅޭ ވާއެއްވެސްކަމެއް ނެތް ، މިޤައުމުގެ ޤާނުންއާއި ޤަވާއިދު ހިނގަނީ ވަކިބަޔަކަށް ދޯ . ދެން ޓީ.ވީ އަށްއަރާ ކިޔަނީ ދިވެއްސަކަށްވީތީ ފަޙުލުވެރިވަމޭ!
ރަނާރިހ
01 August 2020
ސަޢޫދީ ޝާހީ އޯޑަރަށް އެމީހުންގެ އެހީތައް ކެނޑިދާނެތީ.
އިސްމީހާ
01 August 2020
އޭނަ އަކީ ޢަރަބި މުސްލިމަކަށް ވީ ހިސާބުން އެއޮތީ ޓެރަރިޒަމާ ގުޅުން ހުރި މީހަކަށް ވެފަ. އެއީ އެމެރިކާ އިން ގެންގުޅޭ ސްޓޭންޑަރޑް، އެހެންވެ ތާ މިގައުމުގަވެސް ކުރި ކުށެއް ނެތަސް އަބުރު ކަތިލާފަ ސައިލެންޓް ކޮށްގެން ތަޙްގީގެއް ނެތި އަނިޔާވެރިވަނީ. ހެޔޮވާނީ ކިހިނެތް މިހެން މުސްލިމުންނަށް ހަދަން؟ އަނިޔާވެރިންނަށް ﷲ ތެދުމަގެއް ނުދައްކަވާނެ.
ޔަމަނީ1
01 August 2020
ޔާސިރު ހައްޔަރުކުރީ ފުލުހުންތޯ އިމިގްރޭޝަންއިންތޯ. އިމިގްރޭޝަންއަކަށް ނޯވޭ މީހުން ހައްޔަރުކުރުމުގެ ބާރެއް. އެމީހުން އެގޮތަށް އެކަން ކުރިޔަސް އެމީހުންނަކަށް ބިދޭސީން ހައްޔަރުކޮށްގެން ގެންގޮސް ހުޅުމާލޭގަ ނުބޭތިއްބޭނެ. ގާނޫނުގަ އެބާރެއް ނޯވޭ. އެކަމަކު އެމީހުން އެހެން ހަދާ. ފުލުހުން ހައްޔަރުކޮށްފިއްޔާ ފަނޑިޔާރެއްގެ ހުއްދަ ހޯދަންޖެހޭ 24 ގަޑިއިރުތެރޭ. އެހެންނޫނީ އެއީ ގާނޫނާ ޚިލާފު ހައްޔަރެއް. ޔާސިރުގެ ލޯޔަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލީ.
ރަދީފްއޮފިޝިއަލް
01 August 2020
ފްރީ ޔާސިރު.
އަޒްާ
01 August 2020
އެންމެ ހެއްވާ ކަމަކީ ޔާސިރުގެ ކުށަކީ ކޮބައޮކަން ބުނެނުދެވޭ އޭނަގެ ނުރައްކަލަކީ ކޮބައިކަން ބުނެނުދެވޭ ދައުލަތެއްގެ ވޤޖިބެއް އޭނަގެ ކުށެއް އޮތިއްޔާ އޭނައަަށާްވެސް އެކަން އެހެންޖެހޭ
ޑަކްޓަރު
01 August 2020
ޔާސިރުގެ ކުށަކީ ވިސާ ނެތި ރާއްޖޭގަ އުޅުން. ޔާސިރުގެ ވިސާ އެޕްރޫވް ނުވީ ޔާސިރަކީ މީގެ ކުރިން އެތަކެއް ތުހުމަތު ތަކެއް ކުރެވޭ ނުރައްކާތެރި މީހަކަށްވާތީ. ވިސާ ނެތި ރާއްޖެ އަކު އޭނާއަށް ނޫޅެވޭނެ. ފުރަން އެތައް ފަހަރަކު އޭނައަށް ފުރުސަތު ދިން. އެކަމަކު އޭނަ ގަދަ ހަދާފަ ނުފުރާނެ ކަމަށް އަންގަނީ. އެހެން ވީމަ އޭނަ ފުރަންދެން ހުޅުމާލޭގަ ހުންނަ ޑިޓެންޝަން ގަ ހުންނަން ޖެހޭނީ. މިއީ މިކަން އޮންނަ ގޮތް. އަދި އެއްވެސް ގައުމަކަށް އޭނަ އަކަށް އެތެރެ ވެވެން ނެތް.
ޙުއްޖަތްމަނިކު
01 August 2020
ދިވެއްސަކާ އިނދެ ދަރިއަކު ލިބުމަކީ ޖަރީމާތައް ބާތިލްވާނެ ހުއްޖަތެއްނޫން. ދެރައީ ފުރާނަދާއިރުވެސް އަނބުރާ ގައުމުަށް ފޮނުވާނުލެވޭތީ
ކެލާ
01 August 2020
ގާގެ ޖަރީމާއެއްތަ؟ އޭނަ ޖަރީމާއެއް ހިންގިނަމަ ދައުވާކުރެވެންވާނެ.
ޢަސްލު ތެދު
01 August 2020
ޔާސިރު އަކީ ޓެރަރިސްތޓެއް ކަމައް ދުނިޔޭގެ ހުރިހާ އިންޓަލް ރިޕޯޓް ތަކުން ހެކިދޭ ސައުދީ ރަސްގެ ފާނު ވަޑައި ގަންނަންވެގެން ރާއްޖޭގެ ބޯޑަރު ބޭރުގެ ބަޔަކު ޗެކުކުރި އިރު ޔާސިރު ހުރިކަން އެގުނީ އެއި ނުރައްކާ މީހެއްކަމައް ވީމަ ވަގުތުން ހައްޔަރު ކުރީ
އަލީބަލީ
31 July 2020
އެތައް ކުށްތަކެއްކޮށްފައި ދުނިޔެއަށް ފިލަން ރާއްޖެއައިސް މީހަކާ އިނަކަސް ކަމަކު ނުދާނެ. މިއީ ދިވެހި ރާއްޖެއަށް އެތެރެވުމުގެ ވިސާ ކެންސަލްކޮށް އަދި ގައުމީ ސަލާމަތަށްޓަކާ އެފަދަ ވިސާއެއް ދެވެން ނެތިގެން އަމިއްލަ ގައުމަށްދާން އަންގާ ޑީޕޯޓުކޮށްލާފައިވާ މީހެއް. މީނާ ޕާސްޕޯޓެއް ނެތޭ ނުދެވޭނެއޭ ކިޔައިގެން ބޮޑާހާކާފައި ހުންނަނީ. މިހާރުވެސް އޭނާއަށް ފުރުމުގެ މިނިވަންކަން އެބައޮތް.
ގުރާ
01 August 2020
ނޫހުގެ ކޮމެންޓުގަތަ އޭނަގެ ކުށް ސާބިތުކުރަނީ؟ އޭނައަށް ވިޒާދީ ދިވެއްސަކާ ރަސްމީ އިދާރާތައް މެދުވެރިކޮށް ކައިވެނި ކުރި އިރު ތިބުނާ ވާހައެއްނެތް! ދެން ވޯންޓެޑް ޓެރެރިސްޓެއްވިއްޔާ އޭނާ ބޭނުންވެގެން އުޅޭ ގައުމެއްވެސް އޮންނާނެތާ؟