ހުޅުމާލޭ މެޑިކަލް ފެސިލިޓީ
04 އޯގަސްޓް 2020 - 10:52
ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ އެ މީހާ މަރުވީ ހެނދުނު 9:30 ހާއިރު ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 19 ވަނަ މީހާ އެވެ.
ކޮޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިންފަހުން މި ބަލި ފެތުރޭ މިންވަރު އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ތިން މީހަކު ވަނީ ކޮވިޑް-19 ގައި މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 89 އަހަރުގެ ފިރިހެނަކާއި 71 އަހަރުގެ އަންހެނަކާއި 51 އަހަރުގެ އަންހެނެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި 27 އަހަރުގެ ފިރިހެނެއް ވެސް އިއްޔެ ވަނީ މަރުވެފަ އެވެ. ނަމަވެސް އެ މީހާ މަރުވީ މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެންނެވެ. ޕޮޒިޓިވްކަން ވެސް އެނގުނީ މަރުވާ ކޮންމެ މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އޮންނަ އުސޫލުގެ ދަށުން ޓެސްޓް ކުރުމުންނެވެ. އެހެންވެ އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަކަށް ބަލައިފައެއް ނުވެ އެވެ.
ރާއްޖެއިން މިހާތަނަށް 4،293 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،670 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 1،589 މީހަކަށެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފާ
04 August 2020
އަދިވެސް މާލެ އިން ތޮއްޖެހުން ކުޑަކުރަން އެހެން ތަންތާ ޚިދްމަތް ގާއިމު ކޮށްބަލަ. މީހުން ދާނެ. އޭރުން ތޮ ކޮވިޑެއްވެސް ކޮންޓްރޯލް ވެދާނެ.
ސަލީމް1
04 August 2020
މާލެ ހުޅުމާލެ ތޮއްޖެހޭ ގޮތަށް ސިޔާސަތު ބެހެެެއްޓީމަ ވާގޮތް މިފެންނަނީ، ކަރަންޓީން ވެވޭނެ ގޮތެެއް ނެތް، މީހުން އުޅެނީ އުޅޭނެ ގޮތަކަށް. މި ކެފޭތަކާ ސައި ހޮޓާތައް ހުޅުވަން ޖެހޭ އެއްވެސް ސަބަބެއް ނޭގެޭ
މި ސޮރު
04 August 2020
ޢިގްތިސާދީ ހަރަކަތްތައް ހިންގޭގޮތައް އިސްކަންދީގެން، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. ބޭކާރުގޮތުގައި މަގުމަތީގައި އުޅުން ތާށި ކުރަން ފެނޭ. ސައިކަލް ނުދުއްވޭ ވަގުތުތަކަކާއި ކާރު، ޕިކަޕް ލޮރީތައްވެސް ޝިފްޓްތަކަށް ދުއްވޭގޮތަށް ހަދަން ފެނޭ
ފަހީމު
04 August 2020
ދިވެހިންނަކީ ކުރިން ވެރިންގެ ބަސްއަހާ އުޅުނު ބައެއް. އެކަމުގެ ނާޖައިޒު ފައިދާ ވެރިން ނެގި. ބަސް ނޭހުމާއި ހަޔާތް ކެނޑުވީ މިދެކަމުގެ ފައިދާ ނަގައިގެން ބަޔަކު މީހުން. އެކަހަލަ މީހުން މިހާރުވެސް ޑަކުޓަރުން ދައްކާ ވާހަކަތަކަށް ޖަހަނީ ޖޯކު.
ސަލީމު އިދުރީސް
04 August 2020
ހުރިހާވެސް މައްސަލަޔަކީ މާލެ ކުރިން ތުރާކުނުން ބަލިޖެހުން މީހަވެސް މުޅިރަށައް ނުފެތުރި ރަގަޅުވި އަދި ނޮޅިވަމުވެސް ދެމިހުން އެގޮތައް ރަނގަޅުވި މާލެ ނޫން އެހެން ގޮތެއް ނުހޯދި މިގައުމުގެ ކުރިމަގެއްނެއް
1984
04 August 2020
އަސްލުގަވެސް.. މިއަދު މިކާރިސާއިން މިއެންގުނީ ގައުމުގައި ހުރި އެންމެ ނުރައްކާ ކަންކަން.. އެއީ މާލޭގައި ތޮއްޖެހިގެން ރައްޔިތުން އުޅުން.. އަދި ބިދޭސީންގެ މައްސަލަ.. މިހާރު ދައުލަތައްމިޖެހެނީ މިތާ އުޅޭ އެހެންގައުމުތަކުން ގަވައިދާހިލާފައްއުޅޭ ބިދޭސީންނައްވެސް ހަރަދުކުރަން އިންސާނިޔަތައްޓަކައި.. އެމީހުންގެ ކަންތައްވެސް މިވަނީ ގައުމީ ކާރިސާއަކައްބަދަލުވެފަ.. މާލެނޫންގޮތެއް ދިވެހިންނަށްބޭނުން...
ގައުމީ ހިދުމަތް
04 August 2020
މިވަރު ވާއިރުވެސް މުއައްސަސާ ތަކުގެ ވެރިންނަން ނުފެންނަނީތަ؟. އެމް.އެން.ޑީ.އެފް ގެ ޔުނިޓްތަކުގެ ވެރިންނަށްވެސް ގައި ދުރުކޮށް ސިފައިން ގެންގުޅެން ވަކިން އަންގަންޖެހޭ ކަންނޭންގެ.
ބޮލް ރޮދި
04 August 2020
މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކެނެރީގެ ނަޝީދުއާއި ޕްރޮފެސަރު އަދުރޭ. މުޒަހަރާކޮށް އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ވައްޓާލި މީޙުން ހީނުކުރާތި ރައްޔިތުން ލޮލުގައި އަނދުން އަޅުވާފައި ސަލާމަތް ވެވޭނެ ކަމަށް. ރައްޔިތުން ތިބީ ހޭލާ. ރައްޔިތުންނަށް އެނގޭ އެމީހުން އަނދަވަޅަށް މި ވައްޓާލަނީ ކޮން ބައެއްކަން.
ޖުމާހާ
04 August 2020
ފެންނަނީ މެނޭޖު ނުކުރެވޭ ތަން
1984
04 August 2020
އެންމެބޮޑުމައްސަލައަކީ ރައްޔިތުން އެޗްޕީއޭއިން އަންގާ އެންގުންތަކައް ބޯނުލަނބާތީ.. މީގެ ސަބަބުން ކޭސްތައްގިނަވީ .. ތިހެންބުނީމަ މިތާގިނަމީހުންނައްހަޖަމެއްނުކުރެވޭނެ.. ހަމަ ހަގީގަތުގަވެސް މިހާރުމިފެންނަނީ މެނޭޖްކުރުމަގަ މައްސަލަތަކެއް.. އަހަރުމެން ޓެކްސްޕޭޔަރުންގެ ލާރިދީފަ ހަރަދުކުރަނީ ބަހައްޓަނީ މެނޭޖުކުރަން.. ނުކުރެވެންޏާ އެވާހަކަވެސް ދެއްކޭނެ ހަޖަމުނުވިޔަސް.. މިވަރުން މެނޭޖުނުކުރެވެންޏާ ބޮޑުސިންގާ ސާރޖެއްއަތުވެއްޖެނަމަ ދެންވާނެވަރު ވިސްނަވާލައްވަބަލަ..
ޒިލޭބީ
04 August 2020
ފަރުދީ ޒިންމާ އަދާކޮށްބަލަ، އޭރުން ހުރިހާ ކަމެއްވެސް ކުރެވޭނެ
1984
04 August 2020
ނޫނޭ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ޕޮޒިޓިވްވީމަ ދެން ކުރާނެ ކަމެއް ނޯންނާނެ! ބޮޑު ސިންގާ ސާޖެއް އަތުވެއްޖެ މުޒާހަރާ ފެށުނު ހިސާބުން. މެނޭޖްކުރެވޭނީ މިވަރަށް. މަސައްކަތްކުރަންތިބީ އެއް ބައެއް، މަތިން ފައިބައިގެން އާ ބައެއް ނާދޭ، ދެންވެސް ގުދޯ ގުދޯ ނުގޮވާ ފަރުދީ ޒިންމާ އަދާކުރޭ!
ޕީޕީޕީއޭ
04 August 2020
އެވަރަށް މަގުމައްޗަށް މީހުން އެއްކޮށް މަސްކުނި ކޮށްފިއެވެ
ހަބީބާ
04 August 2020
މިހާރު މަޖިލީސްވެސް ބަންދު ކުރެވިދާނެ، މިހާރު މުޒާހަރާވެސް ހުއްޓާލެވިދާނެ، އެކަމަކު ހީނުކުރާތި ރައްޔިތުންނަށް މި ދިން ލަނޑު ދުވަހަކުވެސް ހަނދާން ނެތޭނެއޭ. މި ދަތި ދަނޑި ވަޅުގައިވެސް ބަޔަކު މީހުން ބެލީ މިކަން ސިޔާސީކޮށް މިކަމުން ސިޔާސީ މަންފާ ހާސިލު ކުރެވޭތޯ. ދިވެހި ރައްޔިތުން ހަނދާންކުރާތި، މިފަދަ ގައްދާރުންނަށް ދެން ދުވަހަކުވެސް ވޯޓެއް ނުދޭތި. ގައުމުގެ ރައްޔިތުންނާ މެދު ނުވިސްނާ ބަޔަކަށް ކޮން ވެރިކަމެއް ކުރެވޭނީ.
އަލި
04 August 2020
ހަބީބޫ ބަޔަކު ކުރި މުޒާހިރާއަކުންތަ ބަލި ފެތުރުނީ. ނޫނީ ހަމައެއް އުސޫލެއް، ޑިސްއިންފެކްޓް ކުރުމެއްނެތި އޮފީސްތަކަށް މީހުން ގެންގޮސްތަ؟. ނޫނީ މިބުނާ މީހުން ކޮފީތަކަށް ކެއުންތަކަށް ގޮސް މަޖާކޮށްގެންތަ؟.
ޗޮކްސީ
04 August 2020
ހަބީބާ... މިވަގުތުގަވެސް ތިބޭފުޅާވެސް ފުރުސަތުގެބޭނުންކޮށްގެން އެމްޑީޕީގެ އެޖެންޑާދޯ ތިފަތުރަނީ... އަދުރޭއިސްވެ ހުރެގެން ކުރިމުޒާހަރާއަކީ ވަރަށްގޯސް އަމަލެއް.. އޭގެސަބަބުން ވަރަށްްގިނަބަޔަކު ނުރައްކަލުގެ ތެރެޔައް އެވައްޓާލީ.. ހަމަ އެގޮތަށް އެމްޑީޕީގެފިކުރަކީ މިކަންނޯމަލްކޮއް އޮފީސްތަކާ ކެފޭތަކާ މީހުން ލާހޫރޭން ބޭނުންގޮތަކަށް ހުޅުވާލުން.. އޭގެސަބަބުން އޮފީސްތަކުން ގިނަ ކޭސްތައްއަތުވެފައި މިއޮތީ.. އޮފީސްތަކުގަ ކޮފީބޮއި މަޖާކޮށް އޭސީތެރޭ މަސައްކަތްކުރީމަ..
ރަދީފުގެ ވިހައަނގަ
04 August 2020
އަލި، ބޮޑެތި އެއްވުންތަކުން ބޮޑެތި ކްލަސްޓަރ އުފެދެނީ. ދެން އަދިވެސް މިބައްޔާއި ބެހޭ ގޮތުން ނޭގެންޏާ އިތުރަށް ބައްޔާއި ބެހޭ ގޮތުން ކިޔާލީމަ އެނގިދާނެ! ވަރަށް ވެދުން!