މިނިސްޓަރު ފައްޔާޒް "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 އޯގަސްޓް 2020 - 14:25
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން ބައެއް މެމްބަރުންގެ ސޮއި ހޯދަން ފަށައިފި އެވެ.
އެ ލިސްޓުގައި އެންމެ ފުރަތަމަ ވެސް ސޮއިކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ލިޔުން ފެނިވަޑައިގެންނެވި މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި ކަމަށް ވާއިރު، މިހާތަނަށް 18 އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ. ސޮއި ހޯދުމުގައި އިސްކޮށް އުޅުއްވަނީ ފައްޔާޒު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރައްވަނީ އެ ޕާޓީން ވެރިކަމަށް އަންނަން ވި ވައުދު ފުއްދައިދިނުމުގައި އޭނާ އަށް މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެ ކަމަށް ލިޔުން ފެނިވަޑައިގެންނެވި އެހެން މެމްބަރަކު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ލިޔުމުގައި ސޮއިކުރެއްވި ބޭފުޅުން ވެސް ތަފުސީލަކަށް ވަޑައެއް ނުގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮސެޖް
13 August 2020
ސޮއި ހޯދަ ހޯދަ ތިބޭ، ފަޔާ ބޭރުކޮއްފިއްފަ ފިސާރި ހިތިރަހަ ލައްވާލާނަން.
އަޅުކަލޭގެ
13 August 2020
ރައީސް ނަޝިދު ރީތިގޮތަކަށް މިފަހަރު ބަލިވާނެ.
އާންމުމީހާ
13 August 2020
ތީ ހަމަ ބޭރު ކުރަންޖެހޭ މީހެއް.. ބަދަލު ދިނުމުގެ ނަމުގަ މުޅި ދައުލަތް ދަވާލި ސޮރު މީ..
ޚިޔާލު
13 August 2020
ބޯގަންވިލާ އާއި ކެނެރީގޭ ހަނގުރާމައެއް. އަހަރެމެންނަކާ ބެހޭ ކަމެއް ނޫން.
ކެޔޮޅު ހަސަންބެ
12 August 2020
ފައްޔާޒުއާއި ލޭބާ އޮތޯރިޓީން މަޖްލިސް މެމްބަރަކާ ދެކޮޅަށް ނިންމުމެއް ނިންމީ ހަމަ އިހައްދުވަހު. ނަސީދު ބޭނުންވި ގޮތަށް ބިދޭސީންނަށް ރެޒިޑެންޓް ވިސާދޭން ވެސް ތާއީދު ނުލިބުނު. މިއީ އިތުބާރު ނެތިގެންނެއްނޫން. މިއީ ހަމަ ބަދަލުހިފައި، ކުޅިދައްކާލުމެއް. ނަސީދު ބޭނުންވާގޮތަށް ނަހަދަންޏާ ވާނީ މިހެންނޭ މިނިސްޓަރުންނާ ދިމާލަށް ބުނާކަހަލަ ހަމަ.ވިސްނާ ފިކުރުކޮށްފި މީހަކަށް އިބްރަތެއް. ގ.ކެނެރީގެ މުޙައްމަދު ނަޝީދުގެ ކިބައިން އަޅަމެން މިންޖުކުރައްވާށީ، އާމީން!
އަހަންމަދާ
13 August 2020
އާމީން
ޢިބޫ
12 August 2020
މިނިސްޓަރެއްގެ ގޮތުގަ ހުރިނަމަ މައްސަލައެއްނެތް އެކަމު މިއޮތް ހުރިހާދުވަހު މަސައްކަތް ކުރަމުން މިއަންނަނީ މުޅިގައުމުގެ ކޮންޓްރޯލް ނަގަމުން، މީނަގެ ރުހުން ނުލިބި ވަޒީފާ އެއްވެސް ނުދެވޭ، ޕޮރޮޖެކްޓެއް ނުހިންގޭ، ކޮމިޝަނަކަށް މީހަކު ނުލެވޭ ނުވިތާކަށް މުޅި އާއިލާ އާއި ޅިޔަން ފަހަރިންނަ ދާންދެއް ސަރުކާރުގެ ބޮޑެތި މަގާމުތަކުގަތިބީ، މިސަރުކާރުގެ ބްރޯހެދިފަ މިހުންނަނީ.
ޝާން ގެ ބޮސް
13 August 2020
ނުވިތާކަށް ބަަދަލު ދިނުމުގެ ނަމުގަ މީނައާ ގުޅުން ހުރި ކުންފުނިތަކަށް ބިލިއަނުން
އަހަންމަދާ
13 August 2020
ބްރޯ ހެދިފަ ހުރެގެން ނުވާނެ.
އީދުކަޅުބެ
12 August 2020
ރައީސް ނަސީދު، އެމްޑީޕީގެ ރައީސް، މަޖިލިސްގެ ރައީސް އަދި އެންމެފަހުން އަމިއްލައަށް މިޖިލިސްގެ ރައީސްކަމުން އިސްތިއުފާދޭނެއެވެ. ބަލަންތިބޭށެވެ.
ހަސަދު
12 August 2020
ކޮންމެ އެއްޗެއް ބަޔަކު ކިޔަސް މިއީ އެއްވެސް ގާބިލް މީހެއްނޫން. ކަންކަމަށް ގާބިލް މީހުން ލައިގެން ނޫނީ ގައުމު ބިނާ އެއްނުކުރެވޭނެ
އެމްޑީއިސްލާމް
12 August 2020
ރައްޔިތުން ނުރުހޭނަމަ ރެސިޑެންޓް ވިސާ ގާނޫނު އިސްލާހު ނުކުރާނެ ކަމަށް ވިދާޅުވީމައި ކަމަށް ވެދާނެ 99 ޕަސެންޓް ރައްޔިތުން ނުރުހޭ ކަމެއް ކުރުމަކީ ޑިކްޓޭރުން ކުރާކަހަލަ ކަމެއް ކޮބައި އަޅެ ހިޔާލު ފާޅު ކުރުމުގެ ބޭނުމެއް އަޑު ނާހަންޏާ.
ޢަމަލް
12 August 2020
ކޮންއިރަކުންތަ އަންނި ގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަނީ؟ އެކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެކަމަށް ފެނޭ! ކޮންފަދަބޮޑު މުސީބާތެއް އަންނި މީ...މުނާފިގު.
ޓަކިބެ
13 August 2020
އަންނިއަށް ނެތް އިތުބާރެއް އެއްވެސް ދިވެހި ރައްޔިތަކަށް ނޯންނާނެ. އަންނިއަށް ބޭނުންހާ އެއްޗެއް ނެހެދޭނެ އެއީ ދުނިޔެ ބަލައިގެންފަވާ ފިސާރި ދިވެހި ދަރިއެއް.