އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް: މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތައް ދައުލަތުގެ އިދާރާތަކުން އަހަރަކު އެއްފަހަރު އާންމުކުރަން އަންގައި، އައިކޮމް އިން މިއަދު އިއުލާނެއް ނެރުނު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 އޯގަސްޓް 2020 - 16:32
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތަކުގެ ތަފްސީލް އެ ތަނެއްގެ ވެބްސައިޓުގައި އާންމުކުރަަން އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) ގެ އޮފީހުން މިއަދު އަންގައިފި އެވެ.
އިންފޮމޭޝަން ކޮމިޝަަނަރު ހުސެއިން ފިޔާޒު މޫސާ ސޮއިކުރައްވާފައި ނެރުނު އެ އިއުލާނުގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ދޭ މުސާރައަކީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު" ގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ. ދައުލަތުގެ ހުރިހާ އިދާރާތަކަށް ފޮނުވި އެ އިއުލާނުގައި ބުނެފައި ވަނީ، އަހަރަކު އެއްފަހަރު ކޮންމެ އިދާރާއަކުން އެ މައުލޫމާތު އެ ތަނެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށް، އާންމުކުރަން ޖެހޭނެ ކަމަށެވެ.
Dhaulathuge musaara aai allowance thah hageegee verinnah (Rayyithun) ah egen jehey. Haama kuri varakah nazaahaitheri dhaulatheh ufedheyne. #HaamaKurey #Maahdhaa29 https://t.co/QoDfu1R7ZX
— Hussain Fiyaz Moosa (@hussainfiyaz) August 13, 2020
އިންފޮމޭޝަން ކޮމިޝަނަރު މިއަދު ކުރި ޓްވީޓެއް
"... ނުވަތަ އެ އިދާރާއަކުން ކަނޑައާޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިއުކުރަން ޖެހޭނެ،" އައިކޮމް އިން އެންގި އެވެ.
އެ މައުލޫމާތު އާންމުކުރަން ވާނީ ކޮންމެ މުވައްޒަފަކަށް ދޭ މުސާރަ އާއި އިނާޔާތްތައް ވަކިވަކިން އެނގޭނެ ގޮތަށް ކަމަށް އައިކޮމް އިން ބުންޏެވެ.
މިގޮތަށް އައިކޮމް އިން ނިންމީ، ދައުލަތުގެ މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔާތްތަކުގެ ތަފްސީލު ހޯދަން ތަފާތު އިދާރާތަކަށް އާންމުން ހުށަހަޅަމުން ދާތީ ކަމަށް އެތަނުން ބުނެ އެވެ.
Geography Teacher, Computer Science Teacher, Primary Teacher, STEM Teacher, Physical Education Teacher, Counselor Teacher
Brightway International School
English Teacher, Mathematics Teacher, Physics Teacher, Science Teacher, Business Studies Teacher, Economics Teacher, Accounting Teacher
Brightway International School
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
14 August 2020
ފްރަންޓް ލައިން މީހުންނައް އެލަވަންސް ދިންނަމުގަ 3 މަސްދުވަހު ކެނޑިނޭޅި މަސައްކަތް ކުރިމީހުންނައް އެބަހުރި އެއްމެ 200ރ ދީފަ އެއީ އެލަވަންސް އޯ ކިޔާފަ ކޮބަތޯ އިންސާފު މިކަމުގަ އޯގާތެރީ ރައީސް އަދި އިންސާފުވެރި އެމް.ޑީ.ޕީ. މިޔައްކިޔަނީ ރައްޔިތުން ގުންބޯހެއްދުންތޯ ނުވަަތަ މަކަރާހީލަތް ހެދުންތޯ
އެކަނި ވެރިޔާ
14 August 2020
މިހާރުން މިހާރަށް މީނާ މަގާމުން ވަކިކުރުމަށް ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން މިކަހަލަ މީހުން ތަންތަނަން ލީމަ ސަރުކާރު ޕުރެސަރަށް ދާނީ!!
ބާބާ
14 August 2020
މަ ޢެކި މަގާ މްތަކުގެ މުސާރަ ހާ މަކުރެވޭނީ. ތަންދޮރު ނޭނގޭ މީހަކީތަ މިއީ. ވަކިވަކި މީހުންގެ މުސާރަޔަކީ އެ މީހާގެ ޒާތީ މައުލޫ މާތު. މިސާލަކަށް ކާތިބަކަށް ހުރި އަލީ އަށް ލިބޭ މުސާރަ ބުނެދޭން ނުޖެހޭނެ. އެކަ މަކު އެތާގައި ކާތިބަކަށް ލިބޭ މުސާރަ ހާ މަކުރެވިދާނެ. ކޯޓު އަ މުރަކުން ނޫނީ ޒާތީ މައުލޫ މާތު ހާ މަކުރުން ލާޒި މެއް ނުކުރެވޭނެ.
ދަންނަ ނުދަންނަ
14 August 2020
ގާނޫނުގައި ބުނާ އެއްޗެއް ނޭނގެންޏާ ދަސްކުރާށެވެ. ގާނޫނުގައިއޮތީ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް ހާމަކުރާށެވެ. އެއަކު ކޮންމެ މުވައްޒަފަކަށް ދެވޭ އިނާޔަތް ވަކިން ހާމަކުރާކަށް ނެތެވެ. އޭގެ މާނައަކީ މުވައްޒަފުންނަށް އެކިއެކި ނަންނަމުގައި ދެވޭ އުޖޫރައާއި އިނާޔަތްތައް ވަކިވަކިން ހާމަކުރަންޖެހޭ ވާހަކައެވެ. އެއީ މިހާރުވެސް ކޮންމެ އޮފީހަކުން ކޮންމެ އަހަރަކު އެއްފަހަރު ހާމަކޮށްފައި ހުންނަ މަޢުލޫމާތެކެވެ.
ޮެރޯނުއެދުރު
14 August 2020
އޮފީހެއްގެ އެކި މަގާމުތަކަށް ދޭ މުސާރައާބެހޭ މަޢުލޫމާތު ދެވިދާނެ. ސްޕެސިފިކްކޮށް މީހެއްގެ މަޢުލޫމާތު އެހެން މީހަކަށް ނުދެވޭނެ. އެއީ އެމީހާގެ ޒާތީ މަޢުލޫމާތު. އެއީ އެމީހާގެ ސެކިއުރިޓީއާ ގުޅިފައި އޮތް ކަމެއް. ގާނޫނަކީ އެންމެ ގާނޫނެއް ނޫން. ގާނޫނަކީ ހެދިފައިވާ ހުރިހާ ގާނޫނަކުން ނުކުންނަ ނަތީޖާ. ނިކަން މީހަކަށް ވާކަހަލަ މީހެއްގެ މައުލޫމާތު ހާމަކޮށްލަ ބަލަ. ގާނޫނުގެ ތެރެއިން ކުޅިވަރު ދައްކާލާނެ.
އީދުބެ
15 August 2020
ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަންޏާ އެމައުލޫމާތު ދެވެން ޖެހޭނެ.
ގާނޫނު
13 August 2020
އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތެއް ހާމަކުރެވޭނީ އެމީހަކަށް އެކަމަކުން ގެއްލުމެއް ނުލިބޭގޮތަށް. ގާނޫނު މާނަކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ ގެއްލުމެއް ނުވާނެ ގޮތަށް، އަދި އެ ފަރުދަކަށް މަންފާވާގޮތަށް. ކޮންތާކު އޮތް ގާނޫނެއްގެ ކޮން މާއްދާއެއްގައިތަ އޮތީ ކޮންމެ މުވައްޒަފެއްގެ މުސާރަ ވަކިވަކިން ހާމަކުރަންވާނެ ކަމަށް. ނެތިއްޔަކާ ތިމާ ހިތުހުރި ގޮތަކަށް ގާނޫނު މާނައެއް ނުކުރެވޭނެ.
ފޮނި ތޮށި
13 August 2020
ގާނޫނު އަލުން ކިޔަން ވީނު. ސަރުކާރުގެ ގިނަ ކަންތަކަކީ އާންމުން ނަށް ބަލަން ބޭނުން ވެއްޖެޔާ ހޯދޭ ގޮތަށް އޮންނަ ކަންތަކެއް.
ގާނޫނު
13 August 2020
އާންމުން ބަލަން ބޭނުންވިޔަސް އެހެން މީހެއްގެ ޒާތީ މަޢުލޫމާތެއް ނުބެލޭނެ ކަމަށް ގާނޫނުގައި އޮންނަނީ. ފޮނި ތޮށި އިހަށް ގާނޫނު ކިޔާ.
ބާބާ
14 August 2020
ފޮނިތޮއްޓާ. ކައޭ މީހުންގެ މުސާރަ ބަލަންޖެހޭ ސަބަބަކީ ކޮބާތަ؟ ދެން ބުނޭ ތި މަންނަގެވެސް ލާރިއޭ. ބުނު މުގެ ކުރިން މިބުނަނީ މުސާރަލިބޭ މީހާގެ ވެސްލާރި އެއީ.
ނަން
13 August 2020
ޤާނޫން ކޮމިޝަނަރަށް ލިބިދީފައިވާ ބާރެއް ނޫން. ޤާނޫނަށް ވުރެ މައްޗަށް އަރަން އުޅުމަކީ ނިކަން އަވަހަށް ވެއްޓޭނެކަމެއް.
އާދަމުގެދަރި
13 August 2020
މިކަހަލަ އުޑެއްބުޑެއް ނުދަންނަ ގަމާރުން ތަންތަނަން ލީމާ މިކަހަލަ ތާކުންތާކު ނުޖެހޭ ހިކިއަމުރު ނެރޭނެ. މިހެން މިކަން ކުރަން އަމުރު ނެރުމުގެ ބާރު ލިބުނީ ކޮން ގާނޫނަކުންތަ؟ ގާނޫނެއްގައި މުޠުލަޤަށް ލިޔެފައި ނެތިއްޔާ ތިޔަ ކަމެއް ނުކުރެވޭނެ.
ައަފުރާސިޔާބު
13 August 2020
އެހުރެޔޭ މިހާރުވެސް ގެޒެޓްގައި ޝާއިޢުކޮށްފައި. މިސާލަކަށް އެޑްމިން އޮފިސަރަކަށް ލިބޭ މުސާރައާއި ޢިނާޔަތް. ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ލިބޭ މުސާރައާއި ޢިނާޔަތްތައް. ނޭގެނީ ކާވަރޭ. މިސާލަކަށް މަޖިލީހުގެ މެންބަރުންގެ ކެއުމާ ސަޔަށް ދައުލަތުގެ ބަޖެޓުން ހޭދަކުރާ ވަރެއް. ޖަލުގައި ތިބި މީހުންނަށް ދައުލަތުގެ ބަޖެޓުން ހޭދަކުރާ ވަރެއް. މިބާވަރުގެ ބައިތަކާއި ދަށުން ދަމާވަރޭ ރައްޔިތުންނަށް މި ނޭގެނީ.
ކޮހެއް
13 August 2020
ކޮހަކު ނޫނީ މިކަހަލަ އަމުރެއް ނުކުރާނެ. ބަލަ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހެން ހާމަކުރޭތަ؟ ހާމަނުކޮށް ކުރަންޖެހޭ ޚަރަދުވެސް ހުންނާނެ. އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެތީ. ދައުލަތުގެ މަގާމުތަކުގެ އޮނިގަނޑަކީ ހާމަ އެއްޗެއް. އެކި މަގާމުތަކަށް ދެވޭ މުސާރައާއެކު ހުރިހާ އިއުލާނެއް މިކުރަނީ. ދައުލަތުގެ ބަޖެޓުގައި މުވައްޒަފުން މުސާރައަށް ހިނގާ ޚަރަދު ވަކިވަކިން އޮފީސްތައް ހިމަނާފައި ކޮންމެ އަހަރަކު ހިނގި ޚަރަދުވެސް އޮންނާނެ.