ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވަނީ: ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކުރި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
15 އޯގަސްޓް 2020 - 21:00
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާ ބައްދަލުނުވާތާ އެތައް ދުވަހެއް ވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެދިފައިވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކުރުމުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން މިރޭ ފާޅުކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ތުހުމަތުކޮށް، އެ މަނިކުފާނަށް އިތުރު ދައުވާތަކެއް އުފުލައިފައިވެ އެވެ. އެއީ މޯލްޑިވްސް މާކެޓިން ޕަބްލިކްސް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. މި ދެ ދައުވާއާ ގުޅޭ ޝަރީއަތް ފަށާނީ މާދަމާ އެވެ.
ޕީޕީއެމް އާއި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ އަޑުއެހުމެއް މާދަމާއަށް ތާވަލު ކުރުމަކީ، ޔާމީނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމެއް ކަމަށާއި އެ ގޮތް ދޫކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރަން ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
އިދިކޮޅުން ބުނީ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމަކީ ގާނޫނުއަސާސީން ޔާމީނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އަދި އެ ފުރުސަތު ދެއްވުމަށް ފަހު ނޫނީ ޝަރީއަތް ކުރިއަށް ނުގެންދަން އެދިފައިވެ އެވެ.
ޔާމީންގެ ވަކީލުންނާ ބައްދަލުނުވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރި މުހައްމަދު ހަމީދުއާ ވެސް އިދިކޮޅުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށްފަ އެވެ. ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސަދޭން ހައި ކޯޓުން މީގެ ކުރިން އަންގާފައިވާ އިރު، މިދުވަސްވަރު ޔާމީންއާ ބައްދަލުކުރެވޭނީ ވީޑިއޯ ކޯލް މެދުވެރިކޮށް އެކަނި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިދިޔަ މަހުގެ ފަހުކޮޅު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
16 August 2020
ޖޭޕީ އުޅިނީ ވެރިކަން ވައްޓާލަން. މިކަމުގެ ސަބަބުން ޖޭބީގެ ތާއީދު ގެއްލިއްޖެ.
Male City
16 August 2020
ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުކުރެވޭ. ވަކީލުންނާ ކިހިނެއް ބައްދަލުކުރަން ތިޔަ އުޅެނީ؟ އެކަހެރި ބައްދަލުބުމެއްތަ؟؟ ލޮލް
ބަލާސިޓީ
16 August 2020
ކަލޭ ޖަލުގަ ހުރެ ވީޑިއޯ ކޯލްކުރަން ބޭނުންވާނެތޯ ވިސްނާލަބަލަ އިހަށް.
ޓިނު
16 August 2020
ޤާާސި މް ހޮސްޕިޓަލް އޮއްވާ ދަންވަރު 2 ޖެހިއިރު ހުކު މް ކުރިއިރު އަދުރޭ ހުރީ ކޮންތާކު؟
ގިޔާސް
16 August 2020
މިހާރު ގާސިމް ހޮސްޕިޓަލަށް ގޮސްއުޅޭތޯ ކަލޭ އެބަ ބަލަންތަ؟ ހުއްޓާލާކަށްނުވާނެ އެކަހަލަ ކަންކަން.
ރިހި ރާންބާގަސް
16 August 2020
ލިބޭމިންވަރު ނިކަންދަނެގެން ވިބޭނުންތައް ބަހާލައިގެން އުޅޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވާނޭ!
މޮންގް
16 August 2020
ޝަރީއަތް ފަށާކަށް ކޮއްމެހެން ވަކީލަކު ހުއްނާކަށް ނުޖެހޭ. މައްސަލަ ހުށައެޅުމުން މައްސަލަ ސާފްވާކަމަށާއި އަދި ބޭނުންވަނީ ވަކީލަކު އައްޔަން ކޮއްގެން ކުރިއަށް ދާންކަމަށް ބުނުމުން ފަޑިޔާރު ހަމަޖެހިފައިވާ އިސޫލުން ހުއްދަ ދޭނެ.
ނަޝީދު.
16 August 2020
އެޖެންޑާ19ގަ ހައްގުމިންވަރު ހޯދައިދޭން ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟
އަލީ
16 August 2020
ޔާމީނު ބޭނުންވާ ގޮތަކަށް ނޫނީ ވަކީލުންނާ ބައްދަލު ނުކުރަން އެ ހުންނަނީ. އޭނަގެ ބޮޑާކަމާ ކިބުރުވެރިކަމުން ވަކީލުންނާ ބައްދަލު ނުވަނީ. މި ޙާލަތުގައި ވަކީލުންނާ ބައްދަލު ވެވެން އޮތްގޮތަށް ސަރުކާރުން އެވަނީ ފުރުސަތު ދީފައި.
ރީތި މޫސަ
16 August 2020
މިހާރު މިކަންކުރަމުންމިގެންދަނީ އެއްވެސް އުސޫލަކުންނޫން ދުއިސައްތަ އެތައްމީހުނެއްގެ ވާހަކަދައްކާފަ މިހާރު ހަމައެކަނި ޔާމީނު އެހެންވީމަ ކަމަކުނުދޭ މަޖުލީސްތެރޭ މަޖުލީހުގެ ނައިބު ރައީސްވެސްވަނީ މިވާހަކަގޮވާފަ މަޖުލީހުގަވެސް މިފައިސަޔާގުޅޭބަޔަކު ތިބިކަމަށް
ވަކީލު ސާހަބު
15 August 2020
ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އެބައޮތް ވީޑިޢޯ ކޯލް މެދުވެރިކޮށް، ކޮވިޑުގެ މިހާލަތުގައި ޑޮކްޓަރަށްވެސް މިދައްކަނީ މިހެން ޝަރީޢަތް ހިންގަނީ މިހެން މައިންބަފައިންނާވެސް ބައްދަލު ކުރަނީމިހެން ދެން ކޮބާތަ ވަކީލުންނާ ބައްދު ނުވުމަކީ، ވަކީލުންގެ ގައިގާ ހިފައިގަނެގެންތަ ބައްދަލު ކުރަނީ. ވަކީލުންނާ ބައްދަލުވެ ކޮވިޑް ޖެހިއްޖެނަމަ އަނެއްކާ އަނެއް ކަންތައް ޔާމީނުގެ ރައްކަލަކަށް އެ ތަނަށް އިތުރު މީހުން ނުވައްދަނީ
މޮއްބެ
16 August 2020
ކަލެޔަށް އެނގޭނެތޭ ވަކީލެއް ފެނުނަސް
އިއްސެ
16 August 2020
ކޮން ހާލަތެއްގައި ތޯ؟ އަޅުގަނޑު މިދިޔަ ހަފްތާގައިވެސް ދޫނިދޫ އަށް ގޮސް އެތަނުގައި ބަންދުގައި ތިބި މީހުންނާ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބައްދަލުކުރިން އިނގޭތޯ.. އެހެންކަމުން އެކަން ޔާމީނަށް ނުކުރެވެންވީ ސަބަބެއް ނެތް....ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ބައްދަލުކުރުމަކީ މޮޔައިންވެސް ކުރާނެކަމެއް ނޫން....ޢަލީ ފުރަތަމަ ދާންވީ ކިޔަވަން އިނގޭތޯ
ބާހަބު
16 August 2020
ޔާމީނަށް ކޮވިޑް ޖެހެން ތިކަހަލަ ވަކީލު ސާހަބުން ހަގީގަތުގެ އެދިއެދި ތިބޭނީ. ޔާމީނުގެ ރައްކަލަކަށް އެއްކަމެއްވެސް ނުކުރާނެ މިސަރުކާރުންނެއް. ކޮވިޑް ބަހަނާއަކަށް ހަދައިގެން ވަކީލުންނާ ބައްދަލުވިޔަ ނުދިނުމަކީ ނުލަފާކަން ދެއްކުން. ޔާމީނުވެސް ވަކީލާ ބައްދަލުކުރާނީ ޑިސްޓެންސް ބަހައްޓައިގެން ކަލެއަށް އެވަރު ނޭނގުނަސް.
ދަރަނި ދަންތުރަ
15 August 2020
މިހާރު ސަރުކާރުގެ ކަންތަށް ހައްދުފަހަނައަޅާ ތިޔަދަނީ ، އެމް ޑި ޕީ ޔަށް ތާއީދުކުރާ މީހުންނޫން ބަޔަކުވެސް މިގައުމުގައި ތިބިކަން ހަނދާންކުރާތި މިބުނީ ވަރަށް ގިނަ ވާހަކަ ކުރުކޮށް ...