ދަރުބާރުގޭގައި މިއަދު ބޭއްވި އެޗްއީއޯސީ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
22 އޯގަސްޓް 2020 - 15:08
ކޮވިޑް-19 އާ ދެކޮޅަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރާ މަސައްކަތްތައް ހަރުދަނާކުރަން ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައި މިއަދު މަޝްވަރާކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ނައިބު ރައީސްގެ ލީޑަޝިޕްގެ ދަށުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެޗްއީއޯސީގެ ބައްދަލުވުންތައް އެ މަނިކުފާނު ޗެއާކުރައްވަން ފެއްޓެވީ ކަމެއް އަދި ސާފެއް ނުވެ އެވެ.
ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވުމާއެކު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިވަގުތު ހުންނެވީ މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
HECC meeting under the leadership of Vice President Faisal Naseem focused on re-strategizing efforts to strengthen COVID 19 operations.@FaisalNasym @presidencymv pic.twitter.com/Y4Ke0PV2T8
— Ministry of Health (@MoHmv) August 22, 2020
މުޅި ދުނިޔޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި މީގެ ކުރިން މަސައްކަތްކުރީ، ސަރުކާރުގެ ގިނަ އިދާރާތަކާއި ކުންފުނިތަކެއް ބައިވެރިވެގެން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިންނެވެ. އެކަމަކު މިދިޔަ މަހުގެ 1 ގައި އެ ސެންޓަރު އުވާލައި، އެންއީއޯސީން ކުރަމުން އައި މަސައްކަތްތައް ވަނީ ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅޭ މުހިންމު ނިންމުންތައް ނިންމެވުމުގައި އެންއީއޯސީން ބޭއްވި ބައްދަލުވުންތައް ލީޑުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ބައްޔާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި މުހިއްމު މައުލޫމާތުތައް އެ ބައްދަލުވުމުގައި ހިއްސާކުރެ އެވެ.
އެޗްއީއޯސީގެ އޮޕަރޭޝަންތައް ހަރުދަނާކުރުމުގެ މަޝްވަރާކުއިރު، ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު އެ ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެއާއެކު ކޮވިޑަށް ސާމްޕަލް ނެގުމާއި ޕޮޒިޓިވް މީހުން އައިސޮލޭޝަނަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ހުރިކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ލުއިތައް ދިން ފަހުން 4،182 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހަކީ، މިިދިޔަ މާޗު މަހު ރާއްޖެއިން ކޮވިޑް ފެނުނު ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު 278 މީހުން ޕޮޒިޓިވްވެފައި ވެ އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 26 މީހަކު މަރުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރުބުލޫ
23 August 2020
ކާފިއު ގަޑި ކަނޑަ އެޅީމަ އެގަޑީގެ ކުރިން ބާޒާރު ކުރުމަށާ އެހެން ކަންކަމަށް މީހުން ޖަމާވޭ. ވީމާ މީ ބޭކާރު ކަމެއް. އެއްފަހަރާ ފިހާރަތަކާ ރެސްޓޯރަންޓް އޮފީސް ފަދަ ތަންތަނަށް ވަދެވޭ މީހުން މަދުކޮށްފަ ހުރިހާ ގަޑިއެއްގަ ވެސް މީހުންނަށް ނުކުމެ އުޅެވެން އެބަޖެހޭ. ޖަލްސާ، ޕާޓީ ފަދަ އެއްވުން މަނާ ކުރައްވާ. ދެން ކަމެއް ކުރަންޏާ ކޮންމެ މީހަކު 6 ފޫޓުގެ ދަނޑި ކޮޅެއް ހިފައިގެން މަގުމަތީ އުޅެންވީ. އަބަދުވެސް ޖެހިގެން ހުންނަމީހާ އާއި ދަނޑި ކޮޅުގެ ދުރުމިން ބަހައްޓާ!
ހަރުދުވެލި
23 August 2020
ހަރުދަނާ އޭތޯ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 August 2020
ސުބްހާނައްލޯހް. އަވަހަށް ( ޑަބްލިއުއެޗްއޯ ) ގާތު އަހާ. ވެންޓިލޭޓަރު ގަންނަން ކަންމަތީ ފިހާރައެށް ދެއްކި ކަމަށް ބުނާ ޒާތު ލަފާ ހޯއްދަވާ ކަން ނިންމާލުން ކިހިނެއްތޯ ؟
ހުރިހާކަމެއްގެ މާހިރު
23 August 2020
ދެން ތި ބުނީ މިކަމަށް ހާއްސަކޮށް ސަރުކާރުން ކޮންމެ އޮފީހަކަށް ކަނޑައަޅާފައިވާ ބިޑް ކޮމިޓީގެ ފަންނީ ލަފާ ދޫކޮށް ކަލޭ ގާތު އަހާށޭ؟ އެ ބުނާ ބިޑް ކޮމިޓީގައި ހިމެނޭ ޔޫކޭއިން ކިޔެވި ކަމަށް ބުނާ މެޑިކަލް ޑޮކްޓަރެކޭ ކިޔާ މީހެއްވެސް. އޭނާ ގަސްތުގަ ލަފާ ރަނގަޅު ނުކުރީ އެެހެން މީހަކު މި އަނދަވަޅަށް ވައްޓާލަން ކަމަށްވޭ
ހަސަންފުޅު
23 August 2020
މާލިމީ އެއް ނެތް އޮޑިއެއް ފަރަށް އުރުނީމަ ހައިރާން ވާކަށް ނުޖެހޭ.. ބަޔަކު މި ކުޑަކުޑަ ދިވެހިރާއްޖެ ހަރާބުކޮށްފި..
އަސްތާ
22 August 2020
އަދި ތަންކޮޅެއް އަވަސް. ބޯހަލާކު
މޯޑް
22 August 2020
އަދި ނުވެ ހަރުދަނާ ކުރާކަން.
ހަނާ 9
22 August 2020
ހަރުދަނާ ކުރަނީ އެހެން އިދާރާގެ މުވައްޒަފުން ތިތަނަށް މަސައްކަތަށް ނެރިގެން؟
ދެރަވޭއޭ
22 August 2020
މިނިސްޓަރ އަމީން ނެތީމަ އޭގެ އަސަރު ފެންނާނެ. އެވަރަށް ހިންގޭ މީހުން މަދުވާނެ. އަދި ކޮބާ ފައިތުވި 7 މަސް ދުވަހު އޮޕަރޭޝަން ލީޑްކުރުމުގައި އޭނާ ހޯދި ތަޖުރިބާ. މިހާރު ލީޑުކުރާ މީހަކު ބުރަވާން މިފަދަ ތަޖުރިބާއެއްވެސް ނެތް.
ހަކީމް
22 August 2020
ވާއެއް ނުވާއެއް ނުއެނގޭ .. މުޅިތަން ބޮއްސުންލާފަ. ކޮންމެ މީހަކުވެސް ބަލަނީ ލާރިކޮޅެއް ލިބޭނެ ކޮޅެއް. ޔާމީނު ބުނިހެން ހަލާލެއް ހަރާމެއް ބަލާކަށް ބޭނުމެއް ނޫން.
ައަފުރާސިޔާބު
22 August 2020
މިކަމުން މިފެންނަ އަޅުގަނޑުމެންގެ ގައުމުގެ ޕޮލިސީ މޭކަރުން ފޭލްވެފައިވާކަން. މާލެ ބަންދުވުމާގުޅިގެން އެއަރޕޯޓް ބަންދުވީ. ރާއްޖޭގެ ރަށްތައް ހުރިގޮތުން ގިނައީ މިބަލި ނެތް ސަރަހައްދުތައް. އެސަރަހައްދުތަކަށްވެސް ފްލައިޓެއް އޮޕަރޭޓްކުރެވެން މިއޮތީ ރާއްޖޭގެ "މަހާ" އެއަރޕޯޓް ހުޅުލޭގައި އޮތް އެއަރޕޯޓް ހުޅުވިގެން. ރަށަކަށް ކާއެތިކޮޅެއް ގެންދެވެން އޮތީ "މަހާ" މާލެ ހުޅުވިގެން. އެހެޔޮ ދެންތިބީން ބަނޑަށް މަރުވިޔަސް. މީ ބޮޑުވަރު ހުރިހާކަމެއް މާލެއަށް ބަރޯސާވެގެން