ހައި ކޯޓް: އެ ކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން ވަނީ އިއުލާން ކޮށްފައި -- ފޮޓޯ/މިހާރު
24 އޯގަސްޓް 2020 - 10:26
ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އިއުލާންކުރީ ހައި ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ހަފުތާގައިވަނީ ހަމަވެފަ އެވެ.
ޖޭއެސްސީން އިއްޔެ ކުރި އިއުލާނެއްގައިވަނީ ކުރީގެ އިއުލާނުގެ ދަށުން ހައި ކޯޓަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލާފައިި ނުވާތީ އެ އިއުލާން ބާތިލްކޮށް އަދި އެ ކޯޓަށް އައްޔަންކުރަން ބޭނުންވާ ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ޖެހޭތީ ކަމަށް ދެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ހައި ކޯޓު ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.
ޖުމްލަ 11 ފަނޑިޔާރުންގެ ބެންޗެއް އޮންނަ ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން މިފަހަރު އިއުލާންކުރީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް ދާދިފަހުން އޭނާ އިސްތިއުފާ ދެއްވުމުންނެވެ. އޭގެކުރިން، އެ ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސުފް ސައީދު
24 August 2020
ހައިކޯޓަށް އެޑްމިނިސްޓްރޭޓާރަކާއި ރެޖިސްޓްރާއެއްވެސް ހޯދަން ޖެހޭ
ކަނޑިންމަ
24 August 2020
މިވަގުތު ފަނޑިޔާރުންގެ ޢަދަދު 5 އަށް ބަދަލްކޮށްލަން ފެނޭ ކައުންސިލަރުންގެ އަދަދުވެސް ނިހާޔަތަށް ގިނަ ކުދިކިދި ރަށްރަށަށް3 އެނޫން ރަށްރަށަށް 5 ހަދާނިންމަންވީ އެވެ ށ-ނޫމަރާއަކީ މީހުން ބާލާފައި އޮތް ރަށެެކެވެ ނުގޮސްތިބި އެއްއާއިލާގެ މީހުން ކައިންސިލަރުންނަށެެވެ