ތިން ކުއްޖަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން ސަރަހައްދުގެ ރަށެއްގައި ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އޭނާ ހައްޔަރުކުރީ އޭނާގެ އަންހެން ދަރިފުޅާއި އިތުރު ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހެޅުމުން އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.