ޕީޕީއެމުން މިއަދު މާލޭގައި މުޒާހަރާކުރަނީ: މި މުޒާހަރާ ބޭއްވީ އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް.- ފޮޓޯ: ޕީޕީއެމް
28 އޯގަސްޓް 2020 - 17:49
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެއްވުންތައް މަދުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެމުން އަންނަނިކޮށް "ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތައް ހިފައިގެން މުޒާހަރާކުރަމުންނެވެ. މާލޭގެ މަގުތަކަށް އެއްވި ގިނަ ބަޔަކު މާސްއަޅައިގެން ތިބި ނަމަވެސް ގައިދުރު ކަމެއް ނެތެވެ. މި އެއްވުމުގައި ރާއްޖެ ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތާ އެކު އެކަން ހުއްޓާލުމާއި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ވަނީ ގޮވާލައިފަ އެވެ.
ރާއްޖެއަށް މިހާރު ދިމާވަމުންދާ ހުރިހާ މައްސަލައެއްގެ ޖުމްލަ ހައްލަކީ ޔާމީންކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް، އެ އެއްވުމުގައި ބައިވެރިން ގޮވާލި އެވެ.
ޔާމީން ދޫކޮށްލަން ގޮވާލައި ރަށެއްގައި ބަޔަކު މުޒާހަރާކުރަނީ.-- ފޮޓޯ: ޕީޕީއެމް
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށްފަހު ބައެއް ކަންކަން އަނެއްކާ ވެސް ހަރުކަށިކޮށްފައި ވެ އެވެ. އެޗްޕީއޭއިން ހަމަޖައްސާފައިވާގޮތުން އެއްފަހަރާ އުޅެވޭނީ ފަސް މީހުންނަށް ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ތޮއްޖެހިފައިވާ މާލޭގައި ކުރިއަށްގެންދާ ސައިކަލު ބުރު ހުއްޓުވާކަށް ފުލުހުން މަސައްކަތެއް ނުކުރެ އެވެ.
ޔާމީން ދޫކޮށްލުމަށް ގޮވާއި ރަށެއްގައި ބަޔަކު މުޒާހަރާކުރަނީ.-- ފޮޓޯ: ޕީޕީއެމް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބާއްވަން އިލްތިމާސްކޮށްފަ އެވެ.
ޔާމީން ދޫކޮށްލަން ގޮވާލައި މިދިޔަ އަންގާރަ ދުވަހު މާފުށީ ބޭރުން ކަނޑުމަތީގައި ވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރި އެވެ. އެ ސަރަހައްދު ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރި7
30 August 2020
"ސައްކެއްވެސްނެތޭ ޚަލާލުފައިސާއެއް ނޫނޭ އަޅުގަޑުގެ ގެޔަށްވަނީ " މިހެން ބުނެ ރައްޔިތުންނާ ޔަގީންކޮށްދިން ވައްކަންކުރިކަމަށް
ބޮކި
29 August 2020
އެމީހުން ބުނަނީ ކަލޭމެންނޭ ، ކަލޭމެން ބުނަނީ އެމީހުންނޭ ؟ މިތަނުން ވާނުވާއެއް ނޭންގޭ ؟
އިބިރިހިންބެއްޔާ
29 August 2020
ފ. އަތޮޅު، ސައުދީބަޔަކަށް ވިޔަފާރިއަކަށް ކުއްޔަށްދޭން އުޅުމުން ހަޅޭލެވި. މިހާރު އައްޑޫއާއި ހައްދުންމަތި އަދި ބޮޑުތިލަދުންމަތި އިންޑިޔާގެ މިލިޓަރީއަށް ދޫކުރަން ތެޅިބާލަނީ. ކޮބާ ލަދު؟ ދިރާގު ވިއްކާލާ ރާއްޖޭގެ މައި އެއަރޕޯޓް ނުއަގުގައި ދޫކޮއްލި ބޭފުޅުން. ކޮބާ އަޅުގަޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ؟
އިބް
29 August 2020
އެމްޑީޕީ އެދޭގޮތް އެއީ ޑިމޮކްރަސީއަކީ. އިއްޔެ ސައިޒް ދައްކާލީމާ ބިރުން ތެޅިއަރުވަނީ. އަވަހަށް އިންޑިޔާ އެމްބަސީއަށް ވަދެ ފިލޭތޯ ބަލާ
އިބިރިހިންބެއްޔާ
29 August 2020
މާސްކް ނާޅާ އަނގަ ދައްކައިގެން އެކަކުވެސް ނެތް
ސަންޕަތު
29 August 2020
ރާއްޖެ ބިޑަށް ލާފަ ހަމަ ވިއްކާލަންވީ! އެކަމު ބީޑުގަ ބައިވެރިވެވޭނީ އެންމެ ތަރައްގީވެފާައި ގައުމުތަކަށް. ނުވަތަ އެޕަލް، އެމޭޒަން ފަދަ ކުންފުނިތަކަށް.
ވައިސޫރި
29 August 2020
ޅިޔަނައް ނަސަންދުރާ ދެއްވީވެސް އޮޑިޓަރ ޖެނެރަލް ގޯހޭގޮވަގޮވާއޮއްވާ ސަރުކާރައް ގެއްލުންވާގޮތައް ފެންފޮދަކާނުލާ ދިރުވާލަން
ދިއުޅި
29 August 2020
ކޮބައި ތިކަން ބަލަން ބުނިމީހުން. ގޯހެއް ނެތީމަ މުބަލަން އެތިބީ.
މޯޑޭ
29 August 2020
ފ އަތޮޅު ވިއްކާލަށް އުޅުނި ބައިގަނޑް ގުދޯ ގުދޯ ގޮވަނި. ލަދުގެ ކަންފުޅެއް ވެސް ނުގަނެއޭ މިކަހަލަވާހަކަ ދަށްކާކަށް. ގާނޫނު އަސާސީއަށް ބަދަލު ގެނައި މީހެއް ޔާމީން އަކީ ރާއްޖޭން ތަންތަން ވިންކަށް. އަދުރޭ ފޮގެޓް ވީތޯ.
ގައުމުގެ ދޫ
29 August 2020
ރާއްޖެވިއްކާ ސުންނާފަތިކުރި ބަޔަކު ރާއްޖެ ވިއްކަނީޔޯ ކިޔާ މުޒާހަރާކުރުމަކީ މި ފަހުން ކުރި މަޖާކަންކަމުގެ ތެރެއަށް އަމުނާލެވުނު އިތުރު ބޮޅެއް. ބަލަ އިތުރަށް ވިއްކާނެ އެއްޗެއް އެބައޮތްތޯ! ވެރިކަން ނިންމާލީ މިލިއަނުން އެކައުންޓަށް ޑޮލަރު ޖަމާކޮށްލައިފައި. ދެން؟
ބިނޯދު
29 August 2020
ކޮސްގޮވަނީ.... މީ 1820 އޭ ބުންޏަސް މިމީހުން ގަބޫލުކުރާނެ... ކޮސްބައެއްމީ...
ނަންނުކަތި
28 August 2020
ރާއްޖެ ވިއްކާ ދަރަނިވެރި ކުރުވާހުސްކޮށް ވައްކަން ކުރިމީހާ ވީ ހިފާހައްޔަރުކޮށް ޖަލުގައި، އަލުން ވިއްކާކަށްއެއްޗެއްނެތް ވިއްކާ ހުސްކުރިފަހުން މި ބޭލުނީ ، ޕީޕީ ސާފުތޯ