ވިލިނގިއްޔަށް ގެންދިޔަ ބަލި މީހާ އެރަށަށް ނޭރުވިގެން ސީއެމްބިއުލާންސް އެރަށުގައި މަޑުކޮށްގެން: އެ މީހާ މިރޭ ވަނީ މާލެ ގެނެސްފައި
31 އޯގަސްޓް 2020 - 21:34
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގއ. ވިލިނގިއްޔަށް އެރުވިޔަ ނުދިން ބަލި މީހާ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނެސްފި އެވެ.
ގދ. ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ވިލިނގިލީގައި ހުންނަ ޚާއްސަ ފެސިލިޓީ އަށް ގެންދިޔަ މީހާ ވިލިނގިއްޔަށް އެރުވުމާ ދެކޮޅަށް އެ ރަށު ބަޔަކު ނުކުމެ މިއަދު އިހްތިޖާޖް ކުރުމުން އޭނާ ތިނަދޫ އަށް އަނބުރާ ވަނީ ގެންގޮސްފަ އެވެ. އެ މީހާއަކީ އުމުރުން ދުވަސްވީ މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ވައިގެ މަގުން އެ މީހާ މިރޭ މާލެ ގެނެސް، ހުޅުމާލޭގައި ހުންނަ ޚާއްސަ ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރޭގައި ޚާއްސަ ފެސިލިޓީތައް ގާއިމް ކުރުމުގެ ގޮތުން ދެކުނުގައި ގާއިމްކުރި ދެ ފެސިލިޓީ ހުންނަނީ ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީގަ އެވެ. ވިލިނގިއްޔަށް އެ މީހާ އެރުވުމާ ދެކޮޅު ހެދުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވެސް އެކަމާ ބެހޭ ބަހުސްތައް ހިނގައި، އެހެން ރަށަކަށް ފެސިލިޓީ ބަދަލުކުރަން ބައެއް މެމްބަރުން ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
01 September 2020
އަދުރޭމެން ސްޓްރެޓަޖީއަކީ އަބަދުވެސް ބޭނުންވަނީ ޖާހިލުން ލައްވާ އޭރަކުއޮންނަ ސަރުކާރަކަށް ޖެއްސުން ކުރަން.
ހުތް އާދަނު
01 September 2020
އަދިވެސް ޤަބީލާމީހުން ގޮތަށް ދޯ އުޅެނީ ގއ. ވިލިނގިލީ މީހުން
އޮޅުވާލުން2
01 September 2020
އެމިހާ އިން ސީޕްލޭން އައި މަގުމަތީ އިރުއޮއްސުމުން ޖެއްސީ މެދުފުއްޓައް
ބިންގާ2342
31 August 2020
ދެން ބުނާނެ މާލެ މީހުން އަށް ށޭ ހުރިހާ ކަމެއް ކޮށްދެނީ...
ކުޑޭ
31 August 2020
ވިލިގިލީގައި ތި ނަތހުޒީބު އަމަލު ހިންގި މީހުން ހިފާ ހައްޔަރުކުރޭ
ކޮބާ އިންސާފު
31 August 2020
ގއ. ވިލިނގިލީގައި ހުރި ސަރުކާރު ފެސިލިޓީއަކަށް ގެންދިޔަ މީހަކު އެރަށު މީހުންގެ ތެރޭން ބަޔަކު ނޭރުވީތީ ނުގެންދެވިއްޖެއްޔާ ތިޔަދެވުނު މެސެޖަކީ އެރަށުގަ ތިލާއިންސާނީ އަމަލު ހިންގި ބައެއްގެ ކުރިމަތީ ސަރުކާރު ކުޑަކަކޫ ޖެހިކަން.
ރަދީފްއޮފިޝިއަލް
01 September 2020
ނޫނޭ.މިވަގުތު ރަށް ހަލަބޮލިކޮށްލުން އެއީ އެންމެ ރަނގަޅުގޮތެއް ނޫން.ފުލުހުން ގޮސް އަކަން ކުރަން އުޅުނުނަމަ އެކަންކުރެވޭނެ.ނަމަވެސް އެންމެން ގައިދުރުކޮށް އުޅެން ޖެހިފަ އޮތް ވަގުތެއްގަ އެންމެން އެއްވެ ގައިދުރުކަމެއް ނެތި އުޅެން ޖެހޭފަދަ ހާލަތަށް އަންނާނެ ފުލުހުން އެކަންކުރަން އުޅުނުނަމަ.މިހެން ވެއްޖެނަމަ އެރަށުގަވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ.ސަރުކާރުގެ ނިންމުން މިވަގުތަށް ރަނގަޅޭ ބުނެވިދާނެ.ވ.ވެދުން
ޤައުމު19
31 August 2020
ކޮބާ ގއ.ވިލިގިލި މީހުން އެރުން މަނާ ރަށްތަކުގެ ލިސްޓް.. މިވަރު ރަށެއްގަ ފެސިލިޓީ ހެނދިއިރު ނޭނގޭތަ މީ ބަލިމީހުންނަށް ފަރުވާ ދޭން ހމަޖައްސާ ތަނެއްކަން... ހީކުރީތަ ރަށު މީހުންނަށް އަޅައިދިން ހޮޓަލެއް ކަމަށް... ވިލިގިލީގެ ހުރިހާ ރައްޔިތުންވެސް ލަނދު ގަންނަށް ޖެހޭނެ ...
އިބްރާހީމްދީދީ
31 August 2020
ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރާ މިފަދަ ތަންތަނަށް ހަމަ ކޮންމެ ރައްޔިތަކަށްވެސް ގޮސް ހިދުމަތް ލިބެންވާނެ. އިންސާނީ ޙައްޤަކަށް އަރައިގަތުމުގެ ފުރުސަތު އެކަކަށްވެސް ދީގެން ނުވާނެ. މިއަދުވެސް ފެނުނު ހަބަރުގަ އޮތީ ކުޅުދުއްފުށި އަދި އެހެން ބައެއް ރަށްރަށުގަ ހިދުމަތްތައް ފުޅާކުރި ހަބަރު.
މުހައްމަދު25
31 August 2020
ތިބަޔަކާދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ ، އެއީވަކިބަޔަކައް އެރޭ ރަށެއްބާ ، ޖާހިލްވިޔަސް ތިދެން ބޮޑުވާރު ، މީހުން ހާލުގައިޖެހޭ ވަގުތުގައުވެސް ތިއިސްކުރަނީ އަނިޔާވެރިކަން...ރަހްމެތް ހިތެއްނެއްބަޔެއްބާ މިރަށުގަ އުޅެނީ، ބަލިމަޑުކަން ޖަސަވަނީވެސް ﷲ ،އެޔައް ސިފާދެއްވަނީވެސް ކީރިތިވަންތަ ﷲ. ..ބަލިމީހާއައް އަވަސްސިފާއަކައް އެދެން...
ކަކުނިބޯ
31 August 2020
ހުޅުމާލެއިން ގެދޮރު ނޫނީ ފުލެޓު ހޯދަންވީ މާ ދިވެހި ރައްޔިތުންނޭކިޔާ މިކަން މިހެން ވާންޖިހެއޭ ބުނެވޭ އެކަ މު އެއްރަށުގެ ބަލި މީހާ އަނެއްރަށަށް ނޭރުވޭ. ކީއްވެނޭރުވެންވީ އެރުވެންޖިހޭނީ އެހެންނޫނީ ކުޑަސިޓީހައްދާގެން މާލެއަރަންވެސް ޖިހޭނީ