ސީއެސްްސީ އަށް އާ މެމްބަރުން އައްޔަންކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ ހަތަރު މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.


ސީއެސްސީ އަށް ރައީސް މިއަދު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނު ފޮނުއްވި 41 ނަމުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުންނެވެ. މެމްބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަތަރު ބޭފުޅުން މެމްބަރުކަމުގެ ހުވައިކުރެއްވި އެވެ. ހުވައި ލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭގެ ފަހުން ރައީސް އެ ބޭފުޅުންނާ މެމްބަރުކަމުގެ ލިއުން ހަވާލުކުރެއްވި އެވެ.

ސީއެސްސީއަށް އައްޔަން ކުރެއްވީ:

1- ފާތިމަތު ޝަރީފް، މާކޯޅި. ގދ. ތިނަދޫ

2- މުހައްމަދު ނާސިހު. މ. ފަލްކަން، މާލެ.

3- މުހައްމަދު ފަރުސަތު، ހ.ޓޫހާޓް، މާލެ

4- އިބްރާހީމް ރަޝީދު، ބްލެކް ރ. މީދޫ

މި ހަތަރު ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. މިއީ ސީއެސްސީގައި ކުރިން ތިއްބެވި ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އޭގެ ތެރެއިން ތިން ބޭފުޅަކު އިސްތިއުފާ ދެއްވުމުންނާއި އިސްތިއުފާ ނުދެއްވުމުން ވަކިކުރި މެންބަރެއްގެ ބަދަލުގައި އައްޔަންކުރި ބޭފުޅުންނެވެ.