ހެލްތު މިނިސްޓަރު އަމީން (ވ) އާއި އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަސްލަމް އަދި އަދުރޭ.
06 ސެޕްޓެމްބަރ 2020 - 12:52
ހެލްތު މިނިސްޓަރަކު ނެތި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރެވިދާނެ ކަމާ މެދު އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބޭ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަތް ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން އިތުރުކުރި އެއް މަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުގެ ބާރު އޮންނަނީ ހެލްތު މިނިސްޓަރަށެވެ. އެކަމަކު މިނިސްޓަރު އަބްދުﷲ އަމީން މިހާރު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެވަޑައިގެންނެވެ. އެއީ، ކޮވިޑުގެ ފަރުވާ އަށް ތިން ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފާހަގަކޮށް، ތަހުގީގުކުރުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ލަފާ ދެއްވުމުން ތަހުގީގީ އިދާރާތަކުން އެކަން ބަލަން ޖާގަ ދެއްވަން ކަމަށް ވިދާޅުވެ އެވެ.
އެ ވުޒާރާ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ މި ސަރުކާރުގައި އެންމެ ގިނަ ޒިންމާ އާއި މަސްއޫލިއްޔަތުތައް އެއް މިނިސްޓްރީއެއްގެ ދަށަށް ބަދަލުކޮށްފައިވާ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ އެވެ.
އަބްދުރަހީމް ފޭސްބުކްގައި ލިއުއްވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވޭނެ ވަޒީރަކު މިވަގުތަކު ނެތެވެ. އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެން ހުންނެވި ކަން ފާހަގަކުރައްވައި ވިދާޅުވީ މިނިސްޓަރު އަސްލަމަށް ސިއްހީ ނުރައްކާ އިއުލާންކުރުން ފަދަ ގާނޫނީ ޒިންމާ އަދާނުކުރެއްވޭނެ ކަމަށެވެ.
އަދުރޭ ހަވާލާ ދެއްވީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 98 ވަނަ މާއްދާގެ (ޑ) އަށެވެ. އެ މާއްދާގައި އޮތީ "ވަޒީރު" ކަމަށް އެ ގާނޫނުގައި ބުނެފައި ވަނީ ސިއްހީ ކަންތައްތަކާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާގެ ވަޒީރަށެވެ.
"މިކަމުގެ ހައްލަކީ ކޮބައިތޯ؟ މިނިސްޓަރު އަމީން މަގާމުން ވަކިކޮށް އާ ވަޒީރަކު މިއަދު އައްޔަން ކުރުންތޯ؟ ނުވަތަ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރެއްވުންތޯ؟،" އަދުރޭ ސުވާލު ކުރެއްވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި އަމީން އެންމެ ފަހުން ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބަ އޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންވެ ގާނޫނުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6 އާ ހަމައަށް އިތުރުކުރީ އެހެންވެ ކަމަށް ގަރާރުގައިވެ އެވެ.
ބަލިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ ޖޫން 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމުން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ރާއްޖޭގައި މިހާރު މި ބަލި ނެތް އަތޮޅެއް މަދެވެ.
މިދިޔަ މާޗު މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބައްޔަށް 8،000 އަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 29 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަތަރޭ
07 September 2020
ޢަދުރޭ ނުކިޔައި ބުނާމީހުންނަށް ނޭގޭތަ އަހަރުމެން ވެރިއަކަށް ހޮވައިގެން މިތިބީ ވަކިޢަދުރޭއަށް ވުރެ މަތީ ފާސް އޮތްމީހެއްތަwe ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ނޫސްވެރިޔާ
06 September 2020
ނޫސްވެރިން ފޭސްބުކުންނާއި ޓްވިޓާއިން ޚަބަރު ނަގާފަ ލިޔަނީކީއްވެ. އެގޮތައް ލިޔާއިރު މިލިޔަނީކީ އެއްވެސް މުހިންމު ޚަބަރުތަކެއްނޫން.
ާއުނިމާ
06 September 2020
މޮޅު ޤާނޫނީ ނުކުތާއެއް ތިޔަފާހަގަ ކުރެއްވީ، ސާބަސް! މުސަރުކާރަށް އަދި ރެޔަކާނުލަނީ
ބަރުހަންބާއީ
06 September 2020
ކުޑަކަތީބު އައްދުއްރަހީމްގެ ފެންވަރު އެއީ
ޢިބޫ
06 September 2020
ނޫސްތަކުގެ ކޮމެންޓް ތަކަށް ލައިކުދީ ޑިސްލައިކު ދޭގޮތް ބަލާލީމަ އެނގޭނެ ހެލްތް މިނިސްޓްރީގަ ކޮރަޕްޝަން އޮތްވަރު.
އަލްޖިބްރާ
06 September 2020
ކަލޭމެންގެ ބާރު އޮތްއިރު ކަލޭމެން ކަންތަށްކުރިގޮތް ހަދާން އެބަހުރިތަ ؟ މިސަރުކާރުން ކަންތަށް ކުރާނެގޮތް ކިއާދޭނީ އަދުރެމެޓިކްސް އެއް ނޫން ! ކަލެއާއި ބެހޭ ކަމެއް ނޫން ! މައިތިރިވެގެން ހުރޭ !
ޢާމާ ޢަދުރޭ
06 September 2020
އަދުރޭއަކަށްނޭގޭނެ މިވެރިކަމުގަ ކަންކަންކުރަންވީގޮތެއް
ގެދާނޯމޮސް
06 September 2020
24 ގަޑިއިރު ހަމައިގަ ނުތިބޭ މީހުން ކަންތައް ކުރާ ގޮތް ކަމުދާނީވެސް ހަމަ އެފަދަމީހުންނަށެވެ.
ގަމާ
06 September 2020
އެހެން ވެއްޖެޔާ މުދިމު ބަލިވީމަ މިސްކިތްވެސް ބަންދު ކުރަންތަ ޖެހޭނީ
ވަހީދާ
06 September 2020
(ގާނޫނުގައި އެގޮތަށް އޮތިއްޔާ.) ގާނޫނުގައިނެތް މުދިމު ބަލިވީމާ މިސްކިތް ބަންދު ކުރާކަށް.
ގާނޫނު
07 September 2020
ގާނޫނުގަ ކޮންތާކު އޮތީ މިނިސްޓަރު ނެތިއްްޔާ މިނިސްޓްރީ ބަންދުކުރާން
ުވައިސޫރި
06 September 2020
އަދުރޭއަކީ މަގުގެއްލި އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގި ހަތަރު އުދަރެސް ފެނުޖެހެމުންދާ ހަތަރުއަނގޮޅި މެދުގާ ވެރިކަމާހެދި ބޫތަކާފާހުރިމީހެއް
ރަދީފްއޮފިޝިއަލް
06 September 2020
އަދުރޭ ޕްލީޒް ޝަޓް ޔޯ މައުތު.ވ.ވެދުން