14 ސެޕްޓެމްބަރ 2020 - 23:27
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް 70 މީހަކު ޕޮޒިޓިވްވެ، 210 މީހަކު ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެތަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޕޮޒިޓިވްވީ މިހުންގެ ތެރޭގައި ހިމެނެނީ 48 ދިވެއްސަކާއި 22 ބިދޭސީންނެވެ.
އެޑްމިޓްކޮށްފައިވާ މިހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައި އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން 253 މީހުން ވެސް ދޫކޮށްލި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑުގައި ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 9،243އަށް އަރައިފަ އެވެ. އަދި ރަނގަޅުވި މީހުންގެ އަދަދަކީ 7،536 އެވެ. މި ބަލީގައި 33 މީހަކު ވަނީ މަރުވެފަ އެވެ.
މިހާތަނަށް ރާއްޖޭގެ 21 ރަށަކުން މިބަލި ފެނިފައިވާއިރު، 32 ރިސޯޓަކުން 22 ޓޫރިސްޓުންނާއި، 50 މުވައްޒަފުން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައަފުރާސިޔާބު
15 September 2020
ތިޔަބަލިން މީހުން ރަނގަޅުވުމަކީ ބައެއްގެ ވިޔަފާރިއަށް ލިބޭ ވަރަށް ބޮޑުގެއްލުމެއް.
ރަބަރު
15 September 2020
ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ދެން ދާނީ ދަށަށް. الحمد لله
ސަންޕައްތަ
15 September 2020
އަޑިގަނޑަަކަށްފަހު އުސްގަނޑެއް އަންނާތީ ދެރައީ.