ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ފެސިލިޓީއެއްގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ.
16 ސެޕްޓެމްބަރ 2020 - 22:59
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އިތުރު 99 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 65 ދިވެހިންނާއި 34 ބިދޭސީން ޕޮޒިޓިިވްވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9،427 އަށް އެރީ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 81 މީހުން ބަލިން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ހުރީ 1،485 ގަ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި ކޮވިޑުގެ ޕޮޒިޓިވް މީހުން މިވަގުތު އެބަތިއްބެވެ. އެ ރަށްރަށުން 52 ދިވެހިންނާއި 14 ބިދޭސީންނަށް ކޮވިޑު ޖެހިފައި ވެ އެވެ. އޭގެ އިތުރުން 29 ރިސޯޓަކުން 47 މުވައްޒަފަކާއި 20 ޓޫރިސްޓަކަށް ބަލި ޖެހިފައި ވެ އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 115 މީހަކަށް ފަރުވާ ދެމުން އަންނައިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 727 މީހުން މިވަގުތު އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނު
17 September 2020
ދިވެހިންގެ އަދަދު ކުރިޔާއަޅާބަލާއިރު ދަށްވަމުން ދިޔަޔަސް ބޭރުމީހުންގެ އަދަދު އެދަނީ މަތިވަމުން. އެކަން ކޮންޓްރޯލު ނުވާނަމަ ނުރައްކާ ބޮޑު. ކަންތައް ގޯސް ނުވަނީސް ފިޔަވަޅު އަޅާ.
ރަބަރު
17 September 2020
ދެރަ ވަރަށް ދެރަ. ކިތަންމެވަރަކަށް ބުންޏަސް ބުނާ ބަސް އަޑުއިވޭ ބަޔަކު ނެތް.
ނަޖުމުއްދީން
16 September 2020
ރައްޔިތުންނޭ މައިތިރިވާށޭ. މިއަދުވެސް އެކަކު އިތުރުވިޔަސް 100 އަށް އެރީސް.
ސަންރައިޒް
16 September 2020
100 އިން އަދަދު މަދު ދުވަހެއް ކަމުގައި ހެޑްލައިން އަޅާލަން ރަނގަޅު އަދަދެއްދޯ