"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިނާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން: މި މަހުގެ 30 އާ ހަމައަށް ފޮޓޯ އަދި ވީޑިއޯ މުބާރާތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 ސެޕްޓެމްބަރ 2020 - 21:33
ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ދަށުން، އާންމުންނަށް ހުޅުވާލައިގެން ފޮޓޯ އަދި ވީޑިއޯ ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން- ރައްޔިތުންގެ ކެމްޕެއިން" ނަމުގައި ފެށި މި ކެމްޕެއިނަށް ހުށަހަޅާ ފޮޓޯ އާއި ވީޑިއޯ އަކީ ކޮވިޑް ހުއްޓުވުމާ ގުޅޭ ގޮތުން ހޭލުންތެރިކުރަމުގެ މެސެޖެއް ހިމެނޭ ފޮޓޯ އަދި ވީޑިއޯއަކަށް ވާން ޖެހޭނެ އެވެ. މި މުބާރާތުން ވީޑިއޯ އާއި ފޮޓޯ އިން އެެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ލިބޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބޭނެ އެވެ. އެ ވަނަތައް ހޮވާނީ މުބާރާތް ނިމޭ އިރު އެންމެ ގިނަ ލައިކް އާއި ޝެއާ ލިބޭ ފޮޓޯ އާއި ވީޑިއޯ އަށެވެ.
ވީޑިއޯ މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ދޭން ނިންމާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދެވަނަ އަށް ދާ މީހަކަށް 10،000 ރުފިޔާ ލިބޭ އިރު ތިން ވަނަ އަށް ދާ މީހަކަށް ލިބޭނީ 7،000 ރުފިޔާ އެވެ.
ފޮޓޯ މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް ދޭން ކަނޑައަޅާފައި ވަނީ 10،000 ރުފިޔާ އެވެ. ދެވަނަ އަށް ދާ މީހަކަށް 5،000 ރުފިޔާ ދޭ އިރު ތިން ވަނައަށް ދާ މީހަކަށް ދޭނީ 3،000 ރުފިޔާ އެވެ.
މި މުބާރާތަށް ހުށަހަޅަން ވާނީ 30 ސިކުންތައް ވުރެ ދިގު ނޫން އެމްޕީ4 ފޯމެޓަށް ތައްޔާރުކޮށްފައި ހުރި ވީޑިއޯ އެވެ. ވީޑިއޯއާ އެކު އޯޑިއޯ ވޮއިސް އާއި ބެކް މިއުޒިކް ހިމަނާ ނަމަ، ހުށަހަޅަން ވާނީ ސާފުކޮށް އިވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެވެ.
ފޮޓޯ މުބާރާތައް ހުށަހަޅާ ފޮޓޯތަކުގައި ތީމްއާ ގުޅޭ މެސެޖެއް ހިމަނަން ވާނެ އެވެ. ފޮނުވަން ވާނީ ޕީއެންޖީ، ޖޭޕީއީޖީ ނުވަތަ ޖޭޕީޖީ ފޯމެޓްގެ ފޮޓޯ އެވެ.
މި މުބާރާތުގައި ބައިވެރިކުރަން ހުށަހަޅާ ތަކެތި، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން 7231002 އަށް ޓެލެގްރާމް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.
މުބާރާތަށް ހުށަހަޅާ ތަކެތި، ކެމްޕެއިންގެ ފޭސްބުކް ޕޭޖުގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕޯސްޓުކޮށް، ލައިކްސް އަދި ޝެއާ ހޯދުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މި ކަމަށް ހުޅުވާލާފައި ހުންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަސް އިއުލާން ކުރާނީ ވެސް އެ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާބަލަ
22 September 2020
ތިޔަ މުބާރާތަށް ލާންވާނެ ޒިންމާދާރު މަގާމުގައި ތިބޭ މީހުން ކަރަންޓީނުގަ ތިބެފަ ރަސްމީ ކަންކަމަށް ޚާއްސަ ހުއްދައިގެ ދަށުން ނިކުމެ މާސްކް ނާޅާ މައިކުން ވާހަކަ ދައްކައި ޑިސްޓެންސް ނުބަހައްޓައި ފޮޓޯނަގާ ހެދުމަކީ ކޮވިޑް ފެތުރުމަށް ކިހާވަރެއްގެ ރިސްކެއް އޮތްކަމެއްކަންވެސް.
މީސް
22 September 2020
ރާއްޖޭގެ މީޑިއާ ތައް ގުޅިގެންނޭ ލިޔުއްވި އިރުގައި މީޑިއާ ތައް ދެބައި ކުރީމާ ބޮޑު ބަޔަކީ ނުގުޅި ތިބި މީޑިއާ. ނުގުޅި ތިބީ ކެމްޕޭން ޖަމާއަތުން ބޭނުން ނުވާތީ. ރަނގަޅު ގޮތަކަށް ވެސް ވެދާނެ.
ފަހުދު
21 September 2020
ޑެޑްލައިން އަދިވެސް ތަންކޮޅެއް ލަސް. މާދަމާ ފަތިހު 5:30 އައް ހެދިނަމަ